މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1226 ވަނަ ޞަފްޙާ

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރާނަމަ ފިޔަވަޅުއަޅާނަން: އެޗްޕީއޭ

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރާނަމަ ފިޔަވަޅުއަޅާނަން: އެޗްޕީއޭ

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ދުންފަތުގެ ބާވަތްތައް ރަމްޒު ކޮށްދޭ ނަންބޯޑުތަކާއި އިލެކްޓޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އަދި އެހެނިހެން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރަމުންދާ ދުންފަތުގެ އިޝްތިހާރުތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ. މީގެ އިތުރުން އޮންލައިން ވަސީލަތްތައް ބޭނުންކޮށް...

މުޙައްމަދު އަފްރާޙް
އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ. މިއީ 15,660,758.00 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުން 220 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ. މި މަސައްކަތުގެ ދަށުން 45 މީޓަރުގެ 8 (އަށެއް) ޓީ-ޕްރޮއިން ޤާއިމްކުރުމާއި އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށް ޕްލޭ...

މުޙައްމަދު އަފްރާޙް
ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 168 މިލިއަން ރުފިޔާގެ ސާފު ފައިދާ

ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 168 މިލިއަން ރުފިޔާގެ ސާފު ފައިދާ

މިއަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 168 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެއެވެ. އެ ކުންފުނިން އާއްމު ކުރި ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާގެ ސާފު ފައިދާއަކީ 205 މިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓާގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނު އިރު، ތިންވަނަ ކުއާޓާގައި ސާފު ފައިދާ ވަނީ 8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާއިއެކު ފައިނޭންސް […]

އަޙްމަދު ވަހީދު
ށ. އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޔުނިޓެއް ގާއިމުކޮށްފި

ށ. އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޔުނިޓެއް ގާއިމުކޮށްފި

މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ)ގެ ޔުނިޓެއް ގާއިމުކޮށް މިއަދު އެ ޔުނިޓް ރަސްމީކޮށް ހުޅުވައިފިއެވެ. އެ ޔުނިޓް ގާއިމުކޮށްފައި ވަނީ ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ހުންނަ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އެ ޔުނިޓް ރަސްމީކޮށް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިޓް ހުޅުއްވައިދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ. ށ. އަތޮޅު ކައުންސިލުން ”ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި އެ އަތޮޅުގައި […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ޕޯޓުގެ ވޯކްޝޮޕާއި ގަރާޖުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ޕޯޓުގެ ވޯކްޝޮޕާއި ގަރާޖުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، އިމާރާތް ކުރެވޭ ވޯކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް […]

އަޙްމަދު ވަހީދު
ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކޮށް ޔޫނިއަން ބާލިން ތާވަލުގެ އެއްވަނައަށް

ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކޮށް ޔޫނިއަން ބާލިން ތާވަލުގެ އެއްވަނައަށް

ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު، ޔޫނިއަން ބާލިންއިން ކާމިޔާބު ކޮށްފިއެވެ. ޔޫނިއަން ބާލިންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކޮށްގެންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 30 ވަނަ މިނެޓުގައި ޔޫނިއަން ބާލިންއިން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ ކެންސަލް ކޮށްފައެވެ. […]

އިބްރާހިމް ޚަލީލް
ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި

ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި

ނ. ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) ހަވާލުކުރައްވައިފި އެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި “ޑިޒައިން އެންޑް ބިލްޑް އޮފް މޭޖަރ ރޯޑްސް އެޓް ނ. ހޮޅުދޫ” ގެ ނަން ދީފައިވާ މި މަޝްރޫއު އާރްޑީސީ އާ ހަވާލުކުރެއްވި 71,089,120.65 (ހަތްދިހަ އެއްމިލިއަން އަށްޑިހަ ނުވަހާސް އެއްސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ. މި މަޝްރޫޢުގެ ދަށުން […]

މުޙައްމަދު އަފްރާޙް
ރަޝްފޯޑް ޔުނައިޓެޑަށް 100 ވަނަ ލަނޑު، ވެސްޓް ހޭމް އަތުން ޔުނައިޓެޑަށް ހަނި މޮޅެއް

ރަޝްފޯޑް ޔުނައިޓެޑަށް 100 ވަނަ ލަނޑު، ވެސްޓް ހޭމް އަތުން ޔުނައިޓެޑަށް ހަނި މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 38 ވަނަ މިނެޓުގައި އެރިކްޝަން ވެސްޓް ހޭމްގެ ގޯލު ކުރުމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ. މިއީ އުމުރުން […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރައްވާފައިވަނީ 47،621,920.40 ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުން 22,323 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށި...

މުޙައްމަދު އަފްރާޙް
އަތޮޅުތެރޭގެ ރަަށްތަކުގައި ވައިގެ ބަނދަރު ތަރައްގީ ކުރުމަށް 235 މިލިއަން ރުފިޔާގެ ބަޖެޓެއް

އަތޮޅުތެރޭގެ ރަަށްތަކުގައި ވައިގެ ބަނދަރު ތަރައްގީ ކުރުމަށް 235 މިލިއަން ރުފިޔާގެ ބަޖެޓެއް

އަތޮޅުތެރޭގެ އެކިރަށްތަކުގައި ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައްދަނީ ހިނގަމުން ކަމަށާއި މިކަމަށް  235.6 މިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ފަރާތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެއާޕޯޓްތައް ތަރައްގީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށެވެ. އަދ...

މުޙައްމަދު އަފްރާޙް
ޓޮރިނޯ އަތުން މިލާން ބަލިވެއްޖެ

ޓޮރިނޯ އަތުން މިލާން ބަލިވެއްޖެ

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ޓޮރިނޯ ބައްދަލުކުރި މެޗު، ޓޮރިނޯއިން ކާމިޔާބު ކޮށްފިއެވެ. ޓޮރިނޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓޮރިނޯއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ލަޒާރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކޮފީ ޑިޑްޖީއެވެ. ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ނިކޮލާ […]

އިބްރާހިމް ޚަލީލް
މިއަހަރުގެ ބަޖެޓާއި ހަމައަށް އާދެވުނީ އިޤްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހު: އަމީރު

މިއަހަރުގެ ބަޖެޓާއި ހަމައަށް އާދެވުނީ އިޤްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހު: އަމީރު

ކޮވިޑް-19އިން އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓް ކަމަށާއި މިބަޖެޓާއި ހަމައަށް އާދެވުނީ އިޤްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރުކުރިއަށްދާ ޖަލްސާގަ އެވެ. އަމީރު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ގޮންޖެހުން އަދިވެސް ބޮޑު ކަމަށާއި މުޅި ދުނިޔޭގެ އިޤްތިސާދީ ތަ...

މުޙައްމަދު އަފްރާޙް
ކްރޫސްއަށް ކެރިއަރުގައި ފުރަތަމަ ރަތްކާޑު ދެއްކި މެޗުން ރެއާލަށް ޕޮއިންޓެއް

ކްރޫސްއަށް ކެރިއަރުގައި ފުރަތަމަ ރަތްކާޑު ދެއްކި މެޗުން ރެއާލަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ރެއާލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބިފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފޯވާޑް ރޮޑްރިގޯ ފިނުވާލި ހަމަލާއެއް ޖިރޯނާގެ ގޯލުގެ ދަނޑިއަށް އަމާޒުވީއުރު، ޖިރޯނާގެ ހެރޭރާ ފޮނުވާލި ބާރު ހަމަލާއެއް ވަނީ […]

އިބްރާހިމް ޚަލީލް
ޝަރުތުތަކަކާއި އެކު ރަޝިއާއިން ހަނގުރާމަ ހުއްޓާލާނެ ކަމުގެ އިޝާރާތެއް

ޝަރުތުތަކަކާއި އެކު ރަޝިއާއިން ހަނގުރާމަ ހުއްޓާލާނެ ކަމުގެ އިޝާރާތެއް

ޔޫކްރެއިން ހިފަން ކުރަމުންދާ ހަނގުރާމަ ޝަރުތުތަކަކާއި އެކު ހުއްޓާލާނެ ކަމުގެ އިޝާރާތެއް ރަޝިއާއިން ދީފި އެވެ. އަސްކަރީ ހާއްސަ އޮޕަރޭޝަންގެ ނަމުގައި ޔޫކްރެއިން ހިފުމަށް ރަޝިއާއިން ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. ހަނގުރާމައިގަ ދެ ގައުމަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް ރަޝިއާއިން އުންމީދު ކުރިގޮތަށް މިހާ ދުވަސްވީއިރުވެސް ޔޫކްރެއިންގެ ކޮންޓްރޯލް ނެގިފައެއް ނުވެ އެވެ. ރަޝިއާގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވިދާޅުވީ [...

މުޙައްމަދު ވަސީމް
ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭހެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މުބާރާތުގައި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ވެސް އަދި އަމިއްލަ ފަރުދުންގެ ނަމުގައި ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހ...

އިބްރާހިމް ޚަލީލް
އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ ނަސޭހަތްތެރިވެވަޑައިގެންފި

އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ ނަސޭހަތްތެރިވެވަޑައިގެންފި

އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ މެންކް ނަސޭހަތްތެރިވެވަޑައިގެންފި އެވެ. އޭނާ މިފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވީ އާދިއްތަ ދުވަހުގެރޭ، އައްޑޫ ސިޓީގައި ބޭއްވި ދަރުހުގައި ތަޤްރީރުކުރައްވަމުން ނެވެ. “އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށް” މި މައުޟޫއަށް ކުރިއަށްގެންދެވި ދަރުހުގައި މުފްތީ ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު، އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން އަޅުކަމާއި ދިރިއުޅުމ...

މުޙައްމަދު އަފްރާޙް
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޑެންމާކް

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޑެންމާކް

މިފަހަރުގެ ވޯލްޑް ކަޕަކީ، ޑެންމާކް ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. 2022 ވޯލްޑް ކަޕްގައި ގްރޫޕް ޑީ ގައި ހިމެނޭ، ޑެންމާކް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ 1986 ގަ އެވެ. އެ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދި އެވެ. އޭގެ ފަހުން 1998، 2002 އަދި 2010 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް ޑެންމާކް ވާދަކުރި އެވެ. މީގެ ތެރެއިން 1998 ގެ […]

ތިލަދުން
ހާރޓް އެޓޭކެއް ޖެހިގެން ކޭއާރުއެޗްގައި ފަރުވާދެމުންދިޔަ މީހަކު މާލެ ފޮނުވާލައިފި

ހާރޓް އެޓޭކެއް ޖެހިގެން ކޭއާރުއެޗްގައި ފަރުވާދެމުންދިޔަ މީހަކު މާލެ ފޮނުވާލައިފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ފޮނުވާލައިފި އެވެ. ކޭއާރުއެޗް އިން ވިދާޅުވީ އެއީ ހާރޓް އެޓޭކެއް ޖެހިގެން އެހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެއްކަމަށެވެ. އެއީ ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ. ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ވަނީ ލަފާދެއްވާފަ އެވެ. އެމްއެންޑީއެފް ނޮދަން އޭރިއާގެ އ...

އިބްރާހިމް އަސްވާޤް