މީސް މީޑިޔާގައި ދައުރުކުރަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ. މެމްބަރު އަހުމަދު އަބްދުﷲ އާއި ގުޅޭ ގޮތުން ބައެއް ނޫސްތަކުގައި އެފަދަ ވާހަކަ ތަކެއް ރިޕޯޓް ކުރުމާއި ގުޅިގެން “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެއީ، “އަބުރު ކަތިލުމުގެ އަމަލެއް” ކަމަށެވެ. “އިންޝާﷲ އަޅުގަނޑު އެކަމުން ބަރީއަ ވެގެންވަން” އަހުމަދު އަބްދުﷲ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ. Alhugandaa […...
އަލީ އާދިލް
ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ހޭންޑްބޯލް ޓީމުން ހޯދައިފިއެވެ. މިއަދު ހަވީރު ޅައިމަގުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ކަނޑިތީމެވެ. މި މެޗު 15 ލަނޑު 3 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލާފައި ވަނީ ފޭދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު […]
އިބްރާހިމް ޚަލީލް
2022 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި، ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 367 މިިލިއަން ރުފިޔާ ލިބިއްޖެއެވެ. އެބޭންކުން ބުނީ ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 694 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 17 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެބޭންކުން ބުންޏެވެ. އެ ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ […]
އަލީ އާދިލް
ހއ. ހޯރަފުށީގައި ހަދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިއަދުއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ […]
އަޙްމަދު ވަހީދު
ހއ ދިއްދޫ ކައުންސިލްގެ 1 ވަނަ ވެޓަރަންސްކަޕް ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މެޗުގައި ހިންގާފައިވާ ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތައް ހިންގިފަރާތާއި ޓީމަށް ފިޔަވަޅު އަޅައިފި އެވެ. ހަމަނުޖެހުން ހިނގީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުޅެވުނު އެމުބާރާތުގެ 8 ވަނަ މެޗުގައެވެ. މި މެޗުގައި ބައްދަލުކުރީ ނާޑް ސްޕޯޓްސް ކުލަބް އަދި ޔޫތު ޗެލެންޖު ޓީމެވެ. އެ މެޗުގައި ކަން ހިނގާދިޔަގޮތާއި ބެހޭ ގޮތުން ދިއްދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓް އެކައުންސިލުން މިއަދު ވަނީ އާންމު […]
އަލީ އާދިލް
ރަޝިއާގެ ޗާޓަރު އެއާލައިނެއް ކަމަށްވާ، އަޒުރު އެއާގެ ދަތުރުތައް އަނެއްކާ ވެސް ރާއްޖެއަށް ފަށައިފި އެވެ. މި އެއާލައިން ރަޝިއާގެ ވެރިރަށް މޮސްކޯއިން، ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި އެއާލައިން ހަފްތާގެ ހަތް ދުވަހުވެސް ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، މިދަތުރުތަކުގައި ބޭނުން ކުރަނީ ބޮއިން 767 މަރުކާގެ 336 މީހުންގެ ޖާގައިގެ ބޯޓު ތަކެވެ. ރާއްޖެގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ރަޝިއާގެ ފަތުރުވެރިންގެ މ...
ޔުމްނާ ޢަލީ
މީންޒަމާނަކު ނުހިންގާވަރަށް، އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި ތަރައްޤީގެ މަޝްރޫޢުތައް މިހާރު ކުރިއަށްދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެކައުންސިލުން މިފަދައިން ވިދާޅުވެފައިވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުވުމުގައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށ...
އަލީ އާދިލް
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް ރަސްމީ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އެކައުންސިލުން އިޢުލާންކޮށްފި އެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ދުވަހުގެ 10:15 ގެ ކުރިން އެއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ފޯމް ހުށަހެޅުން އެދެ އެވެ. އަނ...
އަލީ އާދިލް
ތަމްރީނު ހަދަމުންދިޔަ ކަރެކްޝަންގެ އަންހެން އޮފިސަރަކު ނިޔާވެއްޖެ އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ނިޔާވެފައިވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިންގ ކޯސް ހަދަމުންދިޔަ ޓްރޭނީ އާމިނަތު ނަޝްވާ ނަސީމް (18 އަހަރު) ކަމަށެވެ. މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފުށީގައި ޓްރެއިނިންގ ހަދަމުންދިޔަ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ މިއ...
މުޙައްމަދު އަފްރާޙް
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ދާދިފަހުން ހެޔޮބަދަލު ގެނައި ނަމަވެސް އެ ދާއިރާއިން ރިޓަޔާވާ މީހުންގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙުއަށް ފެޓިޝަނެއް ހުށަހަޅައިފި އެވެ. 560 މީހުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނުގައި އާންމުގޮތެއްގައި ސޮއިކޮށްފައިވަނީ މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ޓީޗަރުން ނެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގެ ޓީޗަރުން ވެސް މި ޕެޓިޝަނުގައި ސޮއިކޮށްފައި ވެއެވެ. އެ ޕެޓިޝަންގައި ފާހަގަކުރައްވާފައިވ...
މުޙައްމަދު އަފްރާޙް
ޑްރަގް މައްސަލައެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައި ކޯޓުން ނެރުނު އަމުރު ގޯސް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ނުވަ ކިލޯގެ ޑްރަގް މައްސަލައެއްގެ އިސް މީހާ ކަމަށް ތުހުމަތުކުރާ އަރުޝަދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު މިމަހު ކުރީކޮޅު ރާއްޖެ އައުމުން އޭނާ ހައްޔަރުކުރީ ނުވަ ކިލޯ ޑްރަގް މައްސަލާގައި ކުށް ސާބިތުނުވި މައްސަލާގައި ހައި ކޯޓަށް ހާޒިރުކުރަން އޭނާ ހައްޔަރު ކުރަން އެ […]
ހުސައިން ހަބީބް
އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓު މާދަމާ މަޖިލިހަށް ހުށަހަޅަން ނިންމައިފި އެވެ. ދައުލަތުން އަންނަ އަހަރަށް ލަފާކުރައްވާފައިވާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވާނީ މިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މިިނިސްޓަރ މަޖިލީހަށް ވަޑައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، ހަރަދު ވާނެ ގޮތާއި، މަޝްރޫއުތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލު، ދެއްވާނެ އެވެ. ދައުލަތުގެ ފަރާތުން މާދަމާ ބަޖެޓް ހުށަހެޅުމުން، އެއަށް ބަހުސްކޮށް ދިރާސާކުރާނެ ތާރީހެއް...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ފައިނޭންޝިއަލް ޖާނަލިޒަމް ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. އެމްއެމްސީން ވިދާޅުވީި މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި ވޯކްޝޮޕް އޮންނާނީ މެންހަޓަން ބިޒްނަސް ސްކޫލުގައި އެދުވަހުގެ 09:00 އިން ފެށިގެން 05:00 އަށް ކަމަށެވެ. މާލީ ދާއިރާގެ ފަންނީ ތަޖުރިބާކާރުން މި ވޯކްޝޮޕްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ ކ...
މުޙައްމަދު އަފްރާޙް
ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ޖެހޭގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ފާސް ނުކުރަން އެ ބިލު ދިރާސާ ކުރުމަށް ފޮނުވި ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ. މިއީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ބިލެކެވެ. އޭނާ މި ބިލު ހުށަހެޅުއްވީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވެ، ދައުލަތުގެ ހަރަދު ބޮޑުވަމުންދާތީ […]
މުޙައްމަދު އަފްރާޙް
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސ) ީއިން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަޙުޤީޤަކަށް ވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި “އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022” މަހާސިންތާ ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރެ...
ޔުމްނާ ޢަލީ
ރާއްޖޭގެ ކުޅިވަރު މަޝްހޫރު ޝަހްސިއްޔަތު، ޑރ. ހުސެން ހަލީމް (ކުޑަ ހުސެއިން) ގެ ފޮއްޓެއް ވަގަށް ނަގާފައިވާތީ، އެ ފޮށި ހޯދައިދިނުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އޭނާ އެކަމަށް އެދިވަޑައިގެންނެވީ ފޮށި ޓްރޮލީއަކަށް ލައިގެން މީހަކު ދާ މަންޒަރު ފެންނަ ދެ ފޮޓޯއަކާއެކު ކުރައްވާފައިވާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އެ ފޮޓޯއިން ފެންނަ މީހާއާއިގުޅޭ މައުލޫމާތެއް އެނގޭނަމަ އޭނާއަށް އެކަން އަންގާލަދިނުމަށް އެދޭ ކަމަށް ވަނީި ވިދާޅުވެފަ އެވެ. ރާއްޖޭގެ އޮންލައިން […]
މުޙައްމަދު އަފްރާޙް
”ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ޤަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި “އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022” ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުނ...
އަލީ އާދިލް
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށާއި އެތަނުގައި ބަނޑަހަ ޖަހައިގެން ފުވައްމުލައް މީހުން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ “ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް” މި މައުޟޫއަށް އާންމު ކުރެއްވި ލިޔުއްވުމެއްގަ އެވެ. އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރަށްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިޔާ އާއި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް، ފޯއްޅަވަހީގެ ސިޔާދަތީ...
މުޙައްމަދު އަފްރާޙް