އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 38 މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 2023 ވަނަ އަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެކި ރަށްތަކުގައި ގާއިމްކުރެވިފައިވާ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކުރުމަށް ބަޖެޓުގައި ހިމެނިފައިވާނެ ކަމަށެވެ. މީގެ އިތުރުން ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އުމްރާނީ އަދި އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށް މި އަންނަ...
މުޙައްމަދު އަފްރާޙް
ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާ ބޭނުން ކުރާ މީހުންގެ ތެރެއިން “ބްލޫ ޓިކް” ނުވަތަ ވެރިފައި އެކައުންޓުތަކުން މަހު ފީއެއް ނަގަން މަސައްކަތް ފަށައިފި އެވެ. ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ދި ވާރޖްއިން ރިޕޯޓު ކުރާ ގޮތުގައި މި ބަދަލަކީ ޓުވިޓާގެ އައު ސީއީއޯ އެލޮން މަސްކުގެ ނިންމުމެކެވެ. ޓުވިޓާގެ މުވައްޒަފަކާއި ހަވާލީ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަސްކު ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ ނިންމުން ތަންފީޒު ކުރާށެވެ. އެގޮތުން ބްލޫ ޓިކް ނުވަތަ ވެރިފައިޑް […]
މުޙައްމަދު ވަސީމް
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިސްމާޢީލް މެންކް އަކީ ދިވެހިން ވަރަށް ބޮޑު އިޙްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދެވި ބައްދަލުވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ދީނީ ޢިލްމު ފެތުރުއްވެވުމުގައި ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ތަޢުރީފުކުރެއްވިއެވެ. އެމަނިކު...
އިބްރާހިމް އަސްވާޤް
ކޮންމެ ކަމަކުންވެސް ދުނިޔޭގެ ރެކޯޑެއް ހެދޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ހާއްސަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި، އާންމުންނާއި ތަފާތު ދާއިރާތަކުން ކިޔަވައިގެން ތިބި އެކި އުމުރުގެ މީހުންނަކީ ރެކޯޑު ހެދުމާއި އެހެން މީހުންގެ އަތުގައި އޮންނަ ރެކޯޑު މުގުރާލުމުގައި ކޮންމެ ފަދަ ހަރުފަތަކަށްވެސް އަރާފާނެ ބައެކެވެ. މިފަހަރު މިއީ އެފަދަ ދެ އެކުވެރިއަކު ކަނޑައެޅި އަޒުމަކުން ނުކުތް ނަތީޖާއެއްގެ ވާހަކަ އެވެ. 1963 ވަނަ އަހަރު އެމެރިކާގެ އުމުރުން 17 އަހަރުގެ […]
މުޙައްމަދު ވަސީމް
“މަނިކޭ މަގޭ ހިތޭ” ލަވައިން މަޝްހޫރުކަން ހޯދައިވާ އަވަށްޓެރި ސްރީލަންކާގެ މަޝްހޫރު ކަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ، ހއ. ދިއްދޫ އަށް މިއަދު ދިއުމަށް ހަމަޖެހިއްޖެ އެވެ. އެެރަށު ކައުންސިލުން ވިދާޅުވީ ޔޮހާނީ އަށް މަރުހަބާ ކިޔުން މިއަދު ހަވީރު 3 ޖަހާއިރު، އެރަށު ދެކުނު ސިޑި ސަރަހައްދުގައި އޮންނާނެ ކަމަށާއި ޔޮހާނީ އާއެކު ފޮޓޯ ނެގުން އޮންނާނީ ހަވީރު 5 ޖަހާއިރު ކަމަށެވެ. ފޮޓޯ ނެގުން އޮންނާނީ ސްވިމިންގ ޓްރެކް ސަރަހައްދުގައި ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ. […]
މުޙައްމަދު އަފްރާޙް
މިދިޔަ އަހަރު ގއ. މާމެންދޫގައި އަހުމަދު އުދައްޔުގެ މަރާލުމުގައި ބައިވެރިވި ކުޑަކުއްޖާ 25 އަހަރަށް ޖަލަށްލައި، އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔަ ދައްކަން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ. ގްރޫޕް މަރާމާރީއެއްގައި އުދައްޔުއަށް ހަމަލާދީ މަރާލުމުގެ އިތުރުން އުދައްޔުގެ ބޭބެއަށް ހަމަލާދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރި 17 އަހަރު މީހާގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވިޔަސް، އޭނާގެ މައުލޫމާތު ގާނޫނު އޮންނަ ގޮތުން އޮތީ ސިއްރުކޮށްފަ އެވެ. ޖުވެނައިލް ކޯޓުން އެ މައްސަލާގައި […]
ހުސައިން ހަބީބް
މިދިޔަ އަހަރު ލޯބީގެ މައްސަލައެއްގައި މަރާލި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، މޭރީގެ މެޑިކަލް ޗާޓު ނެތް ކަމަށް ދައުލަތުން ބުނާ ބުނުން އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދޮގުކޮށްފި އެވެ. ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކޯޓުން އޮތީ މޭރީއަށް ފަރުވާ ދިން މެޑިކަލް […]
ހުސައިން ހަބީބް
2022 ވޯލްޑް ކަޕްގައި ގްރޫޕް ޑީ ގައި ހިމެނޭ، ފްރާންސަކީ ޔޫރަޕްގެ ފުުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނެވެ. ފްރާންސް އަކީ ހުނަރުން ފުރިގެންވާ ގިނަ ތަރިންތަކެއް ތިބި ގައުމެކެވެ. ވޯލްޑް ކަޕެއްގައި ފްރާންސަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕާއި އެންމެ ފަހުން 2018 ވަނަ އހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. ފްރާންސް ވަނީ 2006 ގެ ވޯލްޑް […]
ތިލަދުން
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރެވުމުން އެ އެއާޕޯޓުގެ ފުލް ކެޕޭސިޓީގައި އެވްރެޖްކޮށް ދުވާލަކު 1180 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް ބެލެވޭ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފުރަތަމަ އަހަރު ޖުމްލަ ކެޕޭސިޓީގެ %20 ގައި އޮޕަރޭޓުކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެގޮތުން 300 ފަސިންޖަރުން އަންނާނެ ކަމަށެވެ. އަދި މިހާރު ހުރި ބެޑު ކެޕޭސިޓީ އާއި އިތުރުވާނެ ބެޑު ކެޕޭސިޓީން އެމިންވަރަށް [...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް އައްޔަން ކުރައްވައިފި އެވެ. އެ އޮފީހުގެ އެކްޓިންގ ސީއީއޯގެ މަގާމުގައި ހުންނެވި ސުޖާތާ، ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޕެންޗަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. 2015 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމް އަދާ ކުރައްވާފައިވާ ސުޖާތާއަކީ ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި...
މުޙައްމަދު އަފްރާޙް
މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ލޯގޯއާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. އެ ޖަމިއްޔާއިން ވިދާޅުވީ ލޯގޯގައި ހިމަނަންޖެހޭ ކުލަތަކަކީ ރަތް ކުލައާއި ފެހިކުލަ ކަމަށާއި މި ކުލަތަކުގެ އިތުރުން ރަތާއި ފެއްސާ ގުޅޭ އެހެން ކުލައެއް ޑިޒައިންއާ ގުޅޭނަމަ ބޭނުންކުރެވިދާނެކަމަށެވެ. ދިހަ ހާސް ރުފިޔާގެ އިނާމެއް ލިބޭ ގޮތަށް، ލޯގޯ ފަރުމާކުރުމަށް ހުޅުވާލާފައިވާއިރު، ލޯގޯ ފަރުމާކުރުމުގައި ދިދައާ ގުޅޭގޮތަށް ފަރުމާކުރުމަށް ސަމާލުކަން ދިނުމަށާއި ދިދައާއި ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓ...
މުޙައްމަދު އަފްރާޙް
ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާންކޮށް، އާއިލާއާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ. ”އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް” މި މައުޟޫއަށް ހޯމަ ދުވަހުގެރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮތް ދަރުހުގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް އެކަކު އަނެކަކަށް މަސައްކަތްކުރަންޖެހެނީ އިޚްތިރާމާއިއެކު ކަ...
މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ދެ އަހަރުތެރޭގައި ހދ. ދިއްޕަރުފުށި އަދި ހދ. ނާގޯށީގެ ފުރަތަމަ ފޭސް ހުޅުވި، ކުރިއަށް އޮތް 3 އަހަރުތެރޭގައި އިތުރު 4 ރިސޯޓު ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްދުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ގެސްޓު ހައުސްތަކުން އިތުރުވާނެ ފަތުރުވެރިކަމުގެ އެނދުގެ އަދަދާއެކު ކުރިއަށް އޮތް 3 އަހަރުތެރޭ އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ އެނދުގެ […]
މުޙައްމަދު އަފްރާޙް
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަޤާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ އުތުރުބުރީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ އެންޑް ޑެކަރޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ މަސް ތެރޭކަމަށާއި، ނަމަވެސް ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 20 ބައިވެރިން ލިބިގެން ކަމަށެވެ. ކޯހުގެ ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން 1...
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު (ނަންބަރު 2020/26) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފި އެވެ. މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 17 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ މި ޤާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުން […]
މުޙައްމަދު އަފްރާޙް
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ބިލް ހުށަހެޅި ގޮތަށް އެބިލް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މިގޮތަށް ފާސް ކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ މުޅި މަޖިލީހުގެ ކޮމިޓީގައެވެ. އެގޮތުން، މި ބިލް ފާސްކޮށްފައިވަނީ ބިލަށް އިދިކޮޅުންނާއި އެމްޑީޕީ ތެރެއިން ހުށަހެޅި އެއްވެސް އިސްލާހެއް ފާސް ނުކުރެއެވެ. އިދިކޮޅުން އިސްލާހު ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ. އެއީ މިހާރު ޓ...
އަޙްމަދު ވަހީދު
ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އަންނަ އަހަރަށް ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާގެ އެންމެ މުހިންމު ވަސީލަތަކީ އިންސާނީ ވަސީލަތް ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބަޖެޓުގ...
މުޙައްމަދު އަފްރާޙް