މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,453 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1200 ވަނަ ޞަފްޙާ

ސައުދީ އިން އާޖެންޓީނާގެ މައްޗަށް ހޯދި ތާރީހީ މޮޅާއެކު، ކޯޗު ރެނާޑް ބަތަލަކަށް

ސައުދީ އިން އާޖެންޓީނާގެ މައްޗަށް ހޯދި ތާރީހީ މޮޅާއެކު، ކޯޗު ރެނާޑް ބަތަލަކަށް

ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި އިއްޔެއަކީ މުޅި ދުނިޔެ ވެސް ސިއްސުވާލި ދުވަހެކެވެ. ސަބަބަކީ، ގްރޫޕް ސީ ގައި ހިމެނޭ ފުޓްބޯޅައިގެ ގަދަބާރު އަދި އެމީހަކަށްޓަކައި ފުޓްބޯޅަ ސަޕޯޓަރުން “މަރުދޭ” ލިއޮނަލް މެސީ އާއިއެކު ނުކުތް އާޖެންޓީނާގެ މައްޗަށް ފަހަތުން އަރައި، ސައުދީން ކާމިޔާބު ހޯދުމުން ނެވެ. ދެކުނު އެމެރިކާގެ ގަދަބާރެއް ގޮތުގައި އޮތް އަދި ބައިނަލްއަގްވާމީ ފުޓްބޯޅާގައި ކުލަގަދަ ކާމިޔާބުތަކެއް ހޯދާފައިވާ އާޖެންޓީނާ ތަފާތު ބޮޑުނަތީޖާއަކުން މޮޅުވާނެ ކަމަށް ގިނަ...

މުޙައްމަދު އަފްރާޙް
އެމްޑީޕީއަށް ރައްޔިތުން ކުރި އުއްމީދަކީ ''ބަނދަރެއް'' ކަމުގައި ހަދާފައި ނިންމައެއްނުލެވޭނެ: އީވާ

އެމްޑީޕީއަށް ރައްޔިތުން ކުރި އުއްމީދަކީ ''ބަނދަރެއް'' ކަމުގައި ހަދާފައި ނިންމައެއްނުލެވޭނެ: އީވާ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއިމެދު ދިވެހި ރައްޔިތުން ކުރި އުންމީދަކީ ”ބަނދަރެއް ކަމުގައި ހަދާފައި” ނިންމައި ނުލެވޭނެކަމަށް  ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. އީވާ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ...

އަލީ އާދިލް
ބަޖެޓަށް ވޯޓަށް އެހުން އަންނަ ހޯމަ ދުވަހު، އެއަށްފަހު މަޖިލިސް ޗުއްޓީއަށް

ބަޖެޓަށް ވޯޓަށް އެހުން އަންނަ ހޯމަ ދުވަހު، އެއަށްފަހު މަޖިލިސް ޗުއްޓީއަށް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރިޕޯޓަށް ވޯޓަށް އެހުމަށް ނިންމަވާފައިވާ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް އެވަގުތާއި ހަމައަށް 37 މެންބަރަކު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން...

އަލީ އާދިލް
ފްރާންސްގެ ޑިފެންޑަރ ލޫކަސް ހެނާންޑޭޒްއަށް އަނިޔާވެ މުބާރާތް ނިމިއްޖެ

ފްރާންސްގެ ޑިފެންޑަރ ލޫކަސް ހެނާންޑޭޒްއަށް އަނިޔާވެ މުބާރާތް ނިމިއްޖެ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ގްރޫޕް ޑީގައި ފްރާންސާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގައި، އަނިޔާވެ އެ ޓީމްގެ ޑިފެންޑަރ ލޫކަސް ހެނާންޑޭޒްއަށް މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެކަން ޔަޤީނެ ވެއްޖެއެވެ. ރޭ ގްތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. ބަޔާން މިއުނިކަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ހެނާންޑޭޒްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ މެޗުގެ […]

އިބްރާހިމް ޚަލީލް
ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް

ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް

ރާއްޖޭގެ ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ “ޕީއެސްއެމް ނިއުސް” ގައި ވާހަކަ ދައްކަވަމުން ނެެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ކުރިއްސުރެ، ކުރަމުން އަންނަކަމެއް ކަމަށާއި ފެށުނީއްސުރެއް މޫ ލާފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ޖަލު އޮފިސަރުންގެ އަތެއް ވެސް [...

މުޙައްމަދު އަފްރާޙް
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވަޒީފާގެ ފުރުޞަޠު ހުޅުވާލައިފައި ވަނީ ފުލުހުންގެ “ކޮންސްޓަބަލް” ގެ މަޤާމަށް މީހުން ހޯދުމަށެވެ. މި ވަޒީފާއަށް ހޮވޭ މީހުންގެ މަސްއޫލިއްޔަތަކީ ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުމެވެ. މިވަޒީފާގައި ލިބޭ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 4،650 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގަ...

ޔުމްނާ ޢަލީ
ހެލްތު މިނިސްޓްރީއަށް 13 ސްޕީޑު ބޯޓު ގަތުމަށް ގަލްފް ކްރާފްޓާއެކު ސޮއި ކޮށްފި

ހެލްތު މިނިސްޓްރީއަށް 13 ސްޕީޑު ބޯޓު ގަތުމަށް ގަލްފް ކްރާފްޓާއެކު ސޮއި ކޮށްފި

މިނިސްޓްރީ އޮފް ހެލްތަށް 13 ސްޕީޑު ބޯޓު ގަތުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއެކު ސޮއި ކުރައްވައިފި އެވެ. މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި މި އުޅަނދުތައް ފޯރުކޮށްދޭން ޖެހޭ ކަމަށާއި މިކަމަށް 31 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެ އެވެ. މިއީ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި، މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންކުރާ އުޅަނދުތައް ކަމަށް ވެސް ވިދާޅުވި […]

މުޙައްމަދު އަފްރާޙް
މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ގަޑިއަށް ހާޒިރު ނުވާތީ، ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި

މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ގަޑިއަށް ހާޒިރު ނުވާތީ، ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ގަޑިއަށް ހާޒިރު ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލިސް ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވެސް 22 މެންބަރުން ހާޒިރުވެފައި ވަނީ ޖަލްސާ ފަށަން އޮތް ވަގުތު ފަހަނަހަޅައި ދިއުމަށް ފަހު ކަމަށެވެ. އަދި ރަނގަބީލު ޖެހުމަށް ފަހު ކަމަށެވެ. ނަޝީދު ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް އިންތިހާ އަށް މުސާރަ ލިބިވަޑައިގަންނަވާ […]

މުޙައްމަދު އަފްރާޙް
ބަނގުރޫޓުވި މިލިއަނަރަކަށް ތަޢުރީފު، 6.4 މިލިއަންގެ ދަރަނި އަދާކުރުމަށް ނިކުތީ ސޮސެޖު ވިއްކަން

ބަނގުރޫޓުވި މިލިއަނަރަކަށް ތަޢުރީފު، 6.4 މިލިއަންގެ ދަރަނި އަދާކުރުމަށް ނިކުތީ ސޮސެޖު ވިއްކަން

ޗައިނާގެ ޒީޖިއަންގ ޕްރޮވިންސްގައި ޓަންގ ޖިއަން އަކީ މަޝްހޫރު މީހެކެވެ. މިހާރު އުމުރުން 52 އަހަރުގެ ޖިއަން މަޝްހޫރުވީ އުމުރުން އެންމެ 36 އަހަރުގައި އެތައް ރެސްޓޯރެންޓެއް ހިންގާ ވެރިއެއްގެ ގޮތުގައި މިލިއަނަރަކަށް ވުމުންނެވެ. އޭނާ ވަނީ އެ ޕްރޮވިންސްގެ އެކި ސަރަހައްދުތަކުގައި ގިނަ ރެސްޓޯރެންޓުތަކެއް ހިންގާފައި އެވެ. ނަމަވެސް ޖިއަން ދަރަނިވެރިވެ ބޭންކްރަޕްޓްވާން ދިމާވި މައިގަނޑު ސަބަބަކީ 2005 ވަނަ އަހަރު އެނާ އެއްކުރި ފައިސާއިން އެހެން ދާއިރާއެއްގައި އިންވެސްޓު ކުރަން ނިންމި ހިސާބުންނެވެ. ރިޕޯތުތައް...

މުޙައްމަދު ވަސީމް
ވ. އާރަށް ކުއްޔަށް ދިން މައްސަލަ: އަޑުއެހުންތައް ނިމުމަކަށް އައިސް ހުލާސާ ބަޔާން ހުށަހެޅުމާ ހަމައަށް

ވ. އާރަށް ކުއްޔަށް ދިން މައްސަލަ: އަޑުއެހުންތައް ނިމުމަކަށް އައިސް ހުލާސާ ބަޔާން ހުށަހެޅުމާ ހަމައަށް

ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސައިގެ އަޑުއެހުންތައް ނިމުމަކަށް އައިސް، ހުލާސާ ބަޔާން ހުށަހެޅުމާއި ހަމައަށް ހިނގައްޖެ އެވެ. ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނު މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް [...

މުޙައްމަދު އަފްރާޙް
ކަރާޓީ ޗެމްޕިއަންޝިޕްގައި އިސްރާލް ބަލިކޮށް، މިސްރު ކުދިން އުފުލާލީ ފަލަސްތީނު ދިދަ

ކަރާޓީ ޗެމްޕިއަންޝިޕްގައި އިސްރާލް ބަލިކޮށް، މިސްރު ކުދިން އުފުލާލީ ފަލަސްތީނު ދިދަ

ދުނިޔޭގެ ޓްރެޑިޝަނަލް ކަރާޓީ ޗެމްޕިއަންޝިޕްގައި އުމުރުފުރާއިން އެއް ވަނަ އަދި ދެ ވަނައަށް ދިޔަ ކުދިންތަކެއް ފަލަސްތީނާއި އެކު ތިބިކަން ދައްކާލުމަށް އެ ގައުމުގެ ދިދަ އުފުލާލައިފި އެވެ. މި މުބާރާތުގެ 15 އަހަރުން ދަށުގައި ބައިވެރިވި މި ދެ ކުދިންނަކީ މިސްރު ކުދިންނެވެ. އެ ކުދިން އެއް ވަނަ އަދި ދެ ވަނަ ހޯދީ އިސްރާއީލް ކުއްޖަކާ ވާދަކޮށްގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ކުދިން ވަނީ ވަނަ ހޮވުމުގެ ރަސްމިއްޔާތުގައި ކައިރީގައި ތިން ވަނަ ލިބުނު އިސްރާއީލް […]

މުޙައްމަދު ވަސީމް
ކުޅުދުއްފުށީގައި "އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް" ކޭމްޕެއް ބާއްވަނީ

ކުޅުދުއްފުށީގައި "އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް" ކޭމްޕެއް ބާއްވަނީ

ބައިނަލް އަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި “އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް” ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ. މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސޭބިލިޓީސް (އެމްއޭޕީޑީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގުޅިގެން، ދިރާގުގެ އެހީތެރިކަމާއެކު ބާއްވާ ކޭމްޕެކެވެ. އެމްއޭޕީޑީ އިން “ތލަދުން” އަށް ވިދާޅުވީ މިކޭމްޕް ބޭއްވުމުގައި ވާސޯ މެޑިކަލް ސެންޓަރާއި އިންޑިޔާގެ ޖޮޝުއާ ކްލިނި...

މުޙައްމަދު އަފްރާޙް
އިންޑިއާއަށް ދާއިރު "އެއާ ސުވިދާ" ފޯމް ފުރަން ނުޖެހޭގޮތް ހަދައިފި

އިންޑިއާއަށް ދާއިރު "އެއާ ސުވިދާ" ފޯމް ފުރަން ނުޖެހޭގޮތް ހަދައިފި

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ތައާރަފު ކުރި “އެއާ ސުވިދާ” ފޯމު ފުރަން ނުޖެހޭ ގޮތް ހަދައިފި އެވެ. އެ ފޯމު ތައާރަފު ކުރީ ކޮވިޑް ކޮންޓްރޯލް ކުރުމަށް، އިންޑިއާއަށް އެތެރެވާ މީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށެވެ. އެ ފޯމް ފުރަން ހަމަޖައްސާފައި އޮތީ އޮންލައިންކޮށެވެ. ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން ވަނީ އެ ނިންމުން އަލުން ރިވިއު ކުރުމަށް ފަހު އިއްޔެއިން ފެށިގެން އެ ފޯމް ފުރަން ނުޖެހޭ ގޮތަށް ނިންމާފައި އެވެ. […]

މުޙައްމަދު ވަސީމް
އދ. ގެ ދެ ކައުންސިލަކަށް ރާއްޖެއިން ވާދަކުރަން ނިންމައިފި

އދ. ގެ ދެ ކައުންސިލަކަށް ރާއްޖެއިން ވާދަކުރަން ނިންމައިފި

އދ ގެ ދެ ކައުންސިލަކަށް ރާއްޖެއިން ވާދަކުރަން ނިންމަވާފައިވާ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ކުރިމަތިލާން ނިންމާފައިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަށް ކަމަށެވެ. ރާއްޖެއިން ވާދަކުރައްވަނީ 2033 އިން 2034 ވަނަ އަހަރަށް ހިންގާ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށާއި 2027 އިން 2028 ވަނަ އަހަރަށް ހިންގާ، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް […]

މުޙައްމަދު އަފްރާޙް
ރަޝިއާއަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް ނޭޓޯއިން ކަނޑައަޅައިފި

ރަޝިއާއަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް ނޭޓޯއިން ކަނޑައަޅައިފި

ރަޝިއާގައި އޮތީ ޓެރަރިސްޓު ދައުލަތެއް ކަމަށް ނޭޓޯގެ ޕާލަމެންޓްރީ އެސެމްބްލީން ނިންމައިފި އެވެ. މިގޮތަށް ނިންމީ މެމްބަރު 30 ގައުމުގެ މަޖިލީސް މެމްބަރުން ތަމްސީލް ކުރާ ބައްދަލުވުމުގައި ނެގި ވޯޓެއްގައި އެވެ. މި ހުށަހެޅުމާއި ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓެއް ނުލަ އެވެ. މި ނިންމުމުގައި ބުނެފައިވަނީ ރަޝިއާއަކީ ނުރައްކާތެރި ހަނގުރާމަވެރި ގައުމެއް ކަމަށެވެ. އަދި އެ ގައުމުގައި އޮތް ލަޑިމިއާ ޕުޓިންގެ ސަރުކާރާއި ރަޝިއަން ފެޑަރޭޝަނަކީވެސް ޓެރަރިސްޓުންގެ ގޮތުގައި ވަނީ ނިންމާފައި އެވެ. މި ވޯޓުގައި ކުރިން […...

މުޙައްމަދު ވަސީމް
ޕޮލެންޑާއި މެކްސިކޯ މެޗަށް ހަމަހަމަ ނިމުމެއް

ޕޮލެންޑާއި މެކްސިކޯ މެޗަށް ހަމަހަމަ ނިމުމެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގަތަރުގެ ދޯހާގައު ހުންނަ ސްޓޭޑިއަމް 974 ގައި މިރޭ ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި މެޗުގައި ލަނޑުޖަހާނެ ފުރުޞަތު ތަނަވަސް ކުރުމުގައި ދެ ޓީމަށް ވެސް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ފުރަތަމަ ހާފުގައި ޕޮލެންޑަށް […]

އިބްރާހިމް ޚަލީލް
ސައުދީން، އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކުރަނީ

ސައުދީން، އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކުރަނީ

ގަތަރުގައި މިހާރު ކުރިއަށްދާ ފިފާ ވޯލްޑް ކަޕް 2022 ގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާ އިން ހޯދި ކާމިޔާބީ، ސައުދީގައި ކުލަގަދަކޮށް ފާހަގަކުރަމުން އެބަދެ އެވެ. މި ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުން އުފާފާޅުކުރުމަށް ފުރރުސަތު ދިނުމުގެ ގޮތުން ސައުދީ ރަސްގެފާނު ރަސްގެފާނު ކިންގް ސަލްމާން ވަނީ މާދަމާ އަކީ ގައުމީ ބަންދު ދުވަހެއް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ. މިގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ […]

މުޙައްމަދު އަފްރާޙް
ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ބާރުގަދަ ގޮވުންތައް ގޮއްވާލަން ބޭނުންކުރާ ކެމިކަލް ފެނިއްޖެ

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ބާރުގަދަ ގޮވުންތައް ގޮއްވާލަން ބޭނުންކުރާ ކެމިކަލް ފެނިއްޖެ

ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރު ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ބާރުގަދަ ގޮވުންތައް ގޮއްވާލަން ބޭނުންކުރާ ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގާ ހައްޔަރުކުރެވުނު މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލްކަމަށް ސައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް ޗެކް ކޮށްފައިވާ ކަމަށެވެ. އަދި އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހި...

މުޙައްމަދު އަފްރާޙް