ފީފާ ވޯލްޑް ކަޕް ގަތަރު 2022™އަށް ތައްޔާރުވުމުގެ ގޮތުން ކޮކާ-ކޯލާ ކުންފުނީގެ ތާޒާ ބުއިންތަކަށް ދިވެހިން އިންސާފު ކުރަމުން ދާ ދިއުން ފާހަގަކުރުމަށް ކޮކާ-ކޯލާ އިން ކުރިއަށް ގެންދިޔަ ޝައުގުވެރި ޕްރޮމޯޝަން ނިންމާލައި ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ދީފި އެވެ.

ސެޕްޓެމްބަރު 1، 2022 އިން އޮކްޓޯބަރު 31، 2022އަށް، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ސަބަބުން، ރާއްޖޭގައި ތިބި ކޮކާ-ކޯލާގެ ބުއިންތަކަށް ލޯބިކުރާ ފަރާތްތަކަށް އެ މީހުންގެ ޓީމު މޮޅުވާނެ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ލިބި، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ގެ މެޗެއް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. 'އަންކެޕް. ބިލީވް. ފްލައި'ގެ ނަން ދީފައިވާ މި ޕްރޮމޯޝަންގެ ނަސީބުވެރިން ހާމަކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) މެދުވެރިކޮށް ވަގުތުން ގެނެސްދިން ގުރުއަތެއްގަ އެވެ.

Ad
rt

މި ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފައި ވާއިރު، އަށް ފަރާތަކަށް ވަނީ އިތުރު މީހަކާ އެކު ހުރިހާ ހަރަދެއް ލިބޭ ގޮތަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022™ގެ މެޗެއް ލައިވްކޮށް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބިފަ އެވެ.

އިތުރު އަށް ނަސީބުވެރިއަކަށް މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ 'އަލް ރިހްލާ ޕްރޯ' މަރުކާގެ ބޯޅަ ލިބިފައިވެ އެވެ. އެހެން ނަސީބުވެރިންނަށް ގޭމިން ކޮންސޯލާއި ފީފާ '22 ގޭމު ހިމެނޭ ބަންޑްލްއެއް ވެސް ދިނެވެ. މީގެ އިތުރުން، ދެން ހޮވުނު ނަސީބުވެރިންނަށް ދީފައި ވަނީ، ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު ކޮކާ-ކޯލާގެ މީރު ރަހައަށް އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތަކެވެ.

ނޮވެމްބަރު 20، 2022ގައި ގަތަރުގައި މި މުބާރާތް ފަށާފައި ވާއިރު، ކޮކާ-ކޯލާ އިން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް މެޗުތައް ދެއްކުމާއި ޝައުގުވެރި ޕްރޮމޯޝަންތަކާ އަދި މި ނޫން ވެސް އެތައް ކަމެއް މެދުވެރިކޮށް ފީފާ ވޯލްޑް ކަޕް™ގެ ތަޖުރިބާ ގެނެސް ދެމުން ދާނެ އެވެ. ހަމަ އެއާ އެކު، 'ކޮކާ-ކޯލާ ފޭން ޒޯން'ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ ވައުދުތައް ވެގެން އެ މީހުންގެ އެންމެ ލޯބިވާ ޓީމަށް އޮތް ލޯބި ދައްކާލެވޭނެ އެވެ.

ރާއްޖެ މަޝްހޫރުވެފައި ވަނީ ފުޓްބޯޅައަށް އޮތް ޝައުގެއްގެ ބޮޑުކަމުން ކަމަށް ވާއިރު، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަންގެ ކޮންމެ ހަރުފަތެއްގައި ވެސް ކޮކާ-ކޯލާ އިން ރާއްޖޭގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދެމުން ގެންދާނެ އެވެ. އިތުރު މައުލޫމާތު ހޯދުމަށް ފޭސްބުކް އަދި އިންސްޓަގްރާމްގައި @cocacolamaldives އަދި @spritemaldives ފޮލޯކޮށްލާށެވެ.

ކޮކާ-ކޯލާ ކުންފުންޏަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހިގެން ދިޔަ މި ގުޅުމުގެ ތެރެއިން، ކޮކާ-ކޯލާ އިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް™ގެ ކޮންމެ މުބާރާތެއް ވެސް ސްޕޮންސާކުރަމުންނެވެ. ކޮކާ-ކޯލާ އިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕް™މުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފަ އެވެ.

ކޮކާ-ކޯލާ އިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ އިންތިޒާމްކޮށްފަ އެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާ އެކު ދިވެހިންނަށް މި ތަފާތު ތަޖުރިބާ ލިބުމުގެ ޝަރަފު ވަނީ ލިބިގެން ގޮސްފަ އެވެ. މި ސީޒަނަށް، ފީފާ ވޯލްޑް ކަޕް™ ކާމިޔާބުކޮށްފައިވާ ކުޅުންތެރިން ކަމަށްވާ އިކަ ކަސިއެލާސް އާއި ކަކާ ވަނީ، ފުރަތަމަ ފަހަރަށް މި މުބާރާތަށް ކޮލިފައިވި 32 ގައުމު ހިމެނޭ ދަތުރެއްގައި ފީފާ ވޯލްޑް ކަޕް™ގެ އޮރިޖިނަލް ޓްރޮފީ ފުރުވާލާފަ އެވެ. ފީފާ ވޯލްޑް ކަޕް™ ޓްރޮފީގެ އޮރިޖިނަލް ޓްރޮފީ ދުބާއީގެ ކޮކާކޯލާ އެރީނާގައި ދައްކާލާފައި ވަނީ، 51 ގައުމަކާއި ސަރަހައްދަކަށް ދަތުރުކޮށް، ފަސް ވަނަ ދަތުރު ފެށުމުގެ ކުރިންނެވެ.