ރާއްޖޭގެ ޖަލުތަކުގައި ކުށްކުރާ މީހުން ގިނަވެ، ޖަލު ތެރެއިން މުޖުތަމައަށް ދިމާވަމުން އަންނަ މައްސަލަތައް ވެސް އިތުރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އިމްރާން މިހެން ވިދާޅުވީ ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ، އެކަމާ ގުޅިގެން މުއައްސަސާތައް އެއް ތަނެއްގައި މަޝްވަރާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. 25 އަހަރަށް ޖަލަށްލާފައި ތިބޭ މީހުން، އެ މީހުން އަތުގައި ވަގުތު...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގެ އަންހެންބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ކްއީންސްއާއި ވިއޯރާ ސްޕަރ ކްއީންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޭލިއަންސް ކްއީންސްއެވެ. މި މެޗުގެ […]
އިބްރާހިމް ޚަލީލް
މަސް ކިރުމުގެ ގާބިލުކަން އިތުރުކުރުމަށް މިފްކޯއިން އިތުރު 3 ބޯޓު ގަނެފި އެވެ. އެ ކުންފުނިން ވިދާޅުވީ މިއީ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ގަތް ތިން ބޯޓު ކަމަށާއި މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ބޯޓުތައް މާލެ ގެނެވޭނެ ދުވަހެއް އަދި ބޯޓުތަކުގެ އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ އެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ. ރާއްޖޭގެ މަސްވެރިކަން، ހާއްސަކޮށް ދެކުނުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު، […]
މުޙައްމަދު އަފްރާޙް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ. ރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ބްރެޒިލް ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ […]
އިބްރާހިމް ޚަލީލް
06 ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އެ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނައަހަރުގެ ފެބްރުއަރީ 9 ގައި ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ސުކޫލްތަކުން މި ހިނގާ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ކުރީން އެ އެސޯސިއޭޝަނަށް ސިޓީފޮނުއްވުމަށް ވަނީ އެދިފަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން...
މުޙައްމަދު އަފްރާޙް
މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން ރިވެޓްމެންޓްގެ ޕްރޮފައިލިންގެ މަސައްކަތްތައް މި ހަފުތާ ތެރޭ ފަށަން ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކ...
އަޙްމަދު ވަހީދު
ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް މަޝްރޫއަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ޤާއިމުކުރުމަށްޓަކައި ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، އެ މަސައްކަތް ކުރާ އޯޝަން ކަނެކްޓް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިއްޔެ އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި، އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އޯޝަން ކަނެކްޓް މޯލްޑިވްސް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ...
އަޙްމަދު ވަހީދު
ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިން، ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ކިހިނެތް” ކެމްޕެއިން އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖުރިބާކާރ...
މުޙައްމަދު އަފްރާޙް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކްރޮއޭޝިއާއާއި ޖަޕާން ބައްދަލުކުރި މެޗު ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެހާފް ކުޅެ ނިމުނު އިރު ވެސް ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ވުމާއެކު މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ މޮޅުވީ […]
އިބްރާހިމް ޚަލީލް
ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 12، ޚަލީލް ޖަމާލެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު […]
އިބްރާހިމް ޚަލީލް
އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއަރުވާ ޢިލްމުވެރިންގެ ޖަމިއްޔާ، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ) އާއި، ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އައިއޯސީގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. އެވިޑް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ޗެއާމަން އަބުދުﷲ މުޝްތ...
ޔުމްނާ ޢަލީ
ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 71 އިންސައްތަ ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި...
އަޙްމަދު ވަހީދު
ސްކޭމްގެ މައްސަލަތައް ދެނެގަތުމަށް މުއައްސަސާތަކުން ބައިވަރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ “މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިން ދަ މޯލްޑިވްސް” ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގަ އެވެ. ސީޕީ ވިދާޅުވީ ސްކޭމްގެ މައްސަލަތަކަކީ އާންމުންގެ މެދުގައި ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް ކަމަށާއި މިއަހަރުގެ މިހައިތަނަށް މިފަދަ 998 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް […...
މުޙައްމަދު އަފްރާޙް
އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ނުފޫޒު ގަދަ އެއް ފެއާ ކަމަށްވާ “ބިގް 5” ގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ. އެސްޓީއޯއިން މި ފެއާގައި އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގްސަދަކީ އެ ކުންފުނީގެ ކޮންސްޓްރަކްޝަންސް ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއާގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެއްޔާއި،...
އަޙްމަދު ވަހީދު
މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ބާއްވަމުން އަންނަ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ދެވަނަ ކާނިވަލް ނިންމާލައިފިއެވެ. އެމްއެމްޑަބްލިއުއެމް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ހެލްތު ކޭމްޕަކާއި ލީގަލް އެވެއާނެސް ކޭމްޕެއް ވެސް ކުރިއަށްގެންދިޔައެވެ. މި ހަރަކާތް ބޭއްވީ މިދިޔަ ހުކުރު ދުވަހުއެވެ. މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު އާއި ހައިކޮމިޝަނާ އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރި...
އަޙްމަދު ވަހީދު
ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފި އެވެ. މިއީ މޯލްޑިވްސް ނެޝަނަލް އިންސިޓިޓިއުޓް އޮފް ސްޕޯޓްސް ގެ އެހީތެރިކަމާއެކު، ޔޫތް މިނިސްޓްރީ އާއި ހޭންޑްބޯލް މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހާއި ގުޅޭގޮތުން ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) “ތިލަދުން” އަށް ވިދާޅުވީ އިއްޔެ ފެށި މި ކޯސް ޑިސެމްބަރު 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އަދި ކިޔަވައިދޭނީ ހޭންޑްބޯލް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުން ކަމުގައިވާ […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ނިވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭ ތިރީގައި ހުރި ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗް ގެ އައިސީޔޫ ގައި ފަރުވާދެމުން ދިޔަ މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ރާއްޖޭގައި މިހައިތަނަށް ހިނގި އަލިފާނުގެ ހާދިސާއެއްގައި އެންމެގިނަ މީހުން ނިޔާވެފައިވަނީ މި ހާދިސާގަ އެވެ. އެގޮތުން އެ ގޭގައި ދިރިއުޅުނު 10 ބިދޭސީއެއް ވަނީ […]
މުޙައްމަދު އަފްރާޙް
ހުޅުމާލޭ ފަޅުގެ އެންމެ އުތުރުގައި ތަރައްގީކުރާ “އާބަން އައިލް” އާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަތުރުވެރިކަމަށް ހާއްސަ މަޝްރޫއެއް އިއުލާނުކޮށްފިއެވެ. ވަކި ރަށެއްގެ ގޮތުގައި ތަރައްގީ ކުރާ އާބަން އައިލް އަކީ ޖުމްލަ 23 ހެކްޓަރުގެ ރަށެކެވެ. މި ރަށް ވެގެންދާނީ ރާއްޖޭގެ އިގުތިސާދީ މައި ހަބު އަދި ރަސްމީ ވައިގެ ބަނދަރާއި ގުޅިފައިވާ ރަށެއް ކަމުން އާބަން އައިލް ވެެގެންދާނީ ކުރު އަދި ދިގު މުއްދަތުގެ ސްޓޭތަކަށް ވެސް އެކަށޭނަ މަންޒިލަކަށެވެ. […]
އަޙްމަދު ވަހީދު