ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022" ގެ އަންހެންބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ކްއީންސްއާއި ވިއޯރާ ސްޕަރ ކްއީންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޭލިއަންސް ކްއީންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އޭލިއަންސް ކްއީންސްގެ ޖޯޒީ ނަމްބަރު 3، އަމްސޫދާ އަބާސް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
- ފާތިމަތު ހިޔަލަ – އޭލިއަންސް ކްއީންސް
- އައިމިނަތު އަބޫބަކުރު – އޭލިއަންސް ކްއީންސް
- މަރިޔަމް ތަހްމީނާ – ވިއޯރާ ސްޕަރ ކްއީންސް
- އައިޝަތު ސަހުލާ – ވިއޯރާ ސްޕަރ ކްއީންސް
- އައިމިނަތު ސާމިހާ – ވިއޯރާ ސްޕަރ ކްއީންސް
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރުއަކަށް ވިއޯރާ ސްޕަރ ކްއީންސްގެ އައިމިނަތު ސާމިހާ ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިއާއަށް ހޮވިފައި ވަނީ ޓީމް ފެހިތަރީގެ ރިސްފާ ރަޝީދެވެ.
މި މުބާރާތުގެ އަންހެން ކެޓަގަރީގައި ބައިވެރިވެފައި ވަނީ ތިން ޓީމެކެވެ. އެ ޓީމްތަކަކީ އޭލިއަންސް ކްއީންސް، ވިއޯރާ ސްޕްރ ކްއީންސްގެ އިތުރުން ފެހިތަރިއެވެ.
މިއީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ބާރަށުގައި ފުޓްސަލް ކުޅުމުގެ ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހި ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!