މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,454 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1189 ވަނަ ޞަފްޙާ

ބާރަށު ކައުންސިލް ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއަށް

ބާރަށު ކައުންސިލް ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއަށް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހުކުރު ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ސްޕޯޓްސްއާއި ވިއޯރާ ސިޓީއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 7-7 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީން 11-10 […]

އިބްރާހިމް ޚަލީލް
ހީލަތުން ދެ ލައްކައާއި ގާތްކުރާ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ހީލަތުން ދެ ލައްކައާއި ގާތްކުރާ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ޢިއުލާން ކޮށްފިއެވެ. އެމީހާގެ ވީޑިއޯ އާންމުކޮށް، ފުލުހުންގެ ހިދުމަތުން ވިދާޅުވީ، އެ ވިޑިއޯ އިން ފެންނަ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި -/180,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ މި...

ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު

އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު

އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެ އެެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފް) މިހެން ވިދާޅުވީ އެ ބަނދަރު ހެދުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހު ބިން ހިއްކަން ފަށާނެ ކަމަށެވެ. ގާތްގަޑަކަށް ތިން ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ މި މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމަނައިގެން […]

މުޙައްމަދު އަފްރާޙް
އިމަގު ޖަމިއްޔާގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އިމަގު ޖަމިއްޔާގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ “ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި ދިރިއުޅޭ ޒުވާނުން ފުޓްބޯޅައަށް އޮންނަ ޝައުގުވެރިކަން އިތުރު...

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ޙައްޤުގައި (5)

ސިލްސިލާ ވާހަކަ: ޙައްޤުގައި (5)

ކުރީގެ ޢަދަދާއިގުޅޭ، އަވަސް ކޮށްގެން ޝާމިން ފާޚާނާއިން ނިކުތް އިރުވެސް މުނާ އޮތީ ގަދަޔަށް ނިދާފައެވެ. ޑްރެސިންގޓޭބަލް ކައިރި ހުރެގެން ޝާމިން ތައްޔާރުވަމުން ދިޔައީ ނުތަނަވަސް ވެފައިވާ ހިތަކައިގެން ލޯގަނޑުން މުނާ އާއި ދިމާލަށް ބަލަމުންނެވެ. ކޮންމެގޮތެއްވިޔަސް މިއީ އޭނާ އުއްމީދުކުރި ގޮތެއް ނޫނެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓް ބުރުވާލުމަށްފަހު އޭނާ އެނބުރިލީ ދޮރާއި ދިމާއަށެވެ. މުނާގެ އަރާމު ނިދިގަނޑު ހަރާބުކުރާކަށް ޝާމިން ބޭނުމެއް ނުވިއެވެ. ސައިބޯން އެއްޗެއް ބޭރުން ގެންނާނީއޭ ހިތާ އޭނާ، […]

ސަލާމާ ޢަބްދުލް ޢަލީމް
ވޭތުވެދިޔަ 24 ގަޑި އިރު، އެންމެގިނައިން ވާރޭ ވެހުނީ ދަރަވަންދޫއަށް

ވޭތުވެދިޔަ 24 ގަޑި އިރު، އެންމެގިނައިން ވާރޭ ވެހުނީ ދަރަވަންދޫއަށް

ވޭތުވެދިޔަ 24 ގަޑި އިރު، އެންމެގިނައިން ވާރޭ ވެހުނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ. އެގޮތުން 58 މިލިމީޓަރުގެ ވާރޭ، އެރަށަށް ވެހިފައިވާ ކަމަށް އެ އިދާރާ އިން ހާމަކުރައްވަ އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ އިން “ތިލަދުން” އަށް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް  ބޯކޮށް ވާރޭ ވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އެ […]

މުޙައްމަދު އަފްރާޙް
އަންނަ އަހަރު، އިންފްލޭޝަން 5.4 އިންސައްތައަށް އިތުރުވާނެ: އެމްއެމްއޭ

އަންނަ އަހަރު، އިންފްލޭޝަން 5.4 އިންސައްތައަށް އިތުރުވާނެ: އެމްއެމްއޭ

އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 5.4 އިންސައްތައަށް އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވިދާޅުވެއްޖެ އެވެ. އެމްއެމްއޭ ގެ ކްއާޓަރލީ އިކޮނޮމިކް ބުލެޓިން ގައި ވާގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 7.6 އިންސައްތައިގަ އެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 18 އިންސައްތައަށް އިތުރުވާނެ ކަމަށް ވެސް އެ އިދާރާ އިން ވަނީ ލަފާ ކުރައްވާފަ އެވެ. އެއީ މިދިޔަ އަހަރަށްވުރެ 10 އިންސައްތައިގެ އިތުރުވުމަކަށްވާއިރު، ކަރަންޓް […]

މުޙައްމަދު އަފްރާޙް
އޮސްޓްރޭލިއާ ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް

އޮސްޓްރޭލިއާ ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނިގެންދިޔައީ ލިބޭ ބޯޅަ ހިފަހައްޓައިގެން ގޭމް ޑޮމިނޭޓް ކުރަން މަސައްކަތް ކުރި ތަނެވެ. މިގޮތުން ފުރަތަމަ ހާފުގެ ބޮޑުބައި ކުޅެވުނު އިރު […]

އިބްރާހިމް ޚަލީލް
ބ. މާޅޮހުގައި ފެން ބޮޑުވެއްޖެ

ބ. މާޅޮހުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބ. މާޅޮހުގައި ފެން ބޮޑުވެއްޖެ އެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްްވަމުން އެރަށު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ މާބޮޑު ގެއްލުންތަކެއް ލިބިފައިވާކަން އަދިފާހަގަ ނުކެރެވޭ ކަމަށާއި އެހެންނަމަވެސް ބައެއް ގޭގެއަށް ފެން ވަނުމުގެ ސަބަބުން ޑީފްރީޒަރ ފަދަ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މާދަމާ، ގޭގެއަށް ޒިޔާރަތްކޮށް ލިބުނު ގެއްލުމުގ...

މުޙައްމަދު އަފްރާޙް
"އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

"އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ. މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީ...

އިބްރާހިމް ޚަލީލް
މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ އަކްރަމްގެ ކެމްޕެއިން ވައިކަރަދޫން ފަށައިފި

މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ އަކްރަމްގެ ކެމްޕެއިން ވައިކަރަދޫން ފަށައިފި

އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، (މއ. އެވަރލާސްޓް / މާލެ ސިޓީ) ގެ ކެމްޕެއިން ހދ. ވައިކަރަދޫން ފަށައިފި އެވެ. އަކްރަމް ކަމާލުއްދީންގެ ކެމްޕެއިން ރަސްމީކޮން ފައްޓަވާފައި ވަނީ އިއްޔެ އެވެ. ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތަށްފަހު މީސް މީޑިޔާގައި އަކްރަމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރަށު ރައްޔިތުންގެ އަޑު އަހައިފި ކަމާއި، އިރާދަ ކުރެއްވިއްޔާ އެ ޕްރޮވިންސްގެ ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދޭނެކަމަށެވެ....

އަލީ އާދިލް
އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސްއަށް

އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސްއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އެމެރިކާ ބަލިކޮށް ނެދަލެންޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ނެދަލެންޑްސް ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނެދަލެންޑްސް އިން ކުޅުނު ނަމަވެސް، މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތު ލިބިފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެމެރިކާގެ ޕުލިސިޗަށް ވަނީ ނެދަލެންޑްސްގެ […]

އިބްރާހިމް ޚަލީލް
ލޯފަންކުދިންގެ ޖަމިއްޔާގެ އަހަރީ ކޭމްޕަށް އއ. އަތޮޅުން ބޮޑު ތަރުހީބެއް

ލޯފަންކުދިންގެ ޖަމިއްޔާގެ އަހަރީ ކޭމްޕަށް އއ. އަތޮޅުން ބޮޑު ތަރުހީބެއް

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ މިއަހަރުގެ އަހަރީ ކޭމްޕަށް އއ. އަތޮޅުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ޖަމިއްޔާ އިން ވިދާޅުވެއްޖެ އެވެ. އެ ޖަމިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅުގެ ބައެއް ރަށްތަކުގައި ވަނީ ތަފާތު ހަރަކާތްތައް ބާއްވާފަ އެވެ. އެގޮތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަކުން މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނު 9:00 ން 12:00 އަށެވެ. […]

މުޙައްމަދު އަފްރާޙް
މަކުނުދޫ ޝަވަން އަަށް ރަނިން ބްލޭޑް ހަމަޖައްސައިދީފި

މަކުނުދޫ ޝަވަން އަަށް ރަނިން ބްލޭޑް ހަމަޖައްސައިދީފި

ހދ. މަކުނުދޫ އަހުމަދު ޝަވަން މުހައްމަދަށް ރަނިންގ ބްލޭޑް ހަމަޖައްސައިދީފި އެވެ. އެކަން ހާމަކުރައްވާފައިވަނީ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު، މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިންގ ބްލޭޑް ހަމަޖައްސާދެވުން ކަމަށެވެ. އަދި ރާއްޖޭގެ ފުރަތަމަ ރަނިންގ ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކ...

މުޙައްމަދު އަފްރާޙް
ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީގައި އިފްތިތާހްކޮށްފި

ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީގައި އިފްތިތާހްކޮށްފި

ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީ ސިޓީގައި މިއަދު އިފްތިތާހްކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް މިއަދު އެ ސިޓީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފާއިވާއިރު، މިހަރަކާތް އިފްތިތާޙް ކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. ދުނިޔޭގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅުވައިގެން އަފީފުއްދީން ސްކޫލުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހް ކުރެވުނު މިހަރަކާތުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ހާއްސަ އެހީއަށް ބޭނ...

ޔުމްނާ ޢަލީ
ސައުދީން ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ތަރައްގީ ކުރަނީ

ސައުދީން ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ތަރައްގީ ކުރަނީ

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަގުބޫލު މަންޒިލަށް ސައުދީ އަރަބިއްޔާ ހެދުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ތަރައްގީ ކުރަން ނިންމައިފިއެވެ. ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުން ނަން ދޭ މި އެއާޕޯޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ވެރިރަށް ރިޔާދުގައެވެ. އެ އެއާޕޯޓުގައި ހަ ރަންވޭ ހަދާއިރު އަހަރެއްގެ ތެރޭގައި 185 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ސައުދީ ސަރުކާރުން މި އެއާޕޯޓް ހަދަން […]

އަޙްމަދު ވަހީދު
ގައުމު "ދުއްވަންވީ'' ކާކުކަން، ނިންމުމުގެ ވަގުތު ޖެހިއްޖެ: އަސްލަމް

ގައުމު "ދުއްވަންވީ'' ކާކުކަން، ނިންމުމުގެ ވަގުތު ޖެހިއްޖެ: އަސްލަމް

ގައުމު “ދުއްވަންވީ” ކާކުކަން، ނިންމުމުގެ ވަގުތު ޖެހިއްޖެ ކަމަށް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ ސަރުކާރުން އިމާރާތް ކުރި 165 ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކާއި ރަސްމީކޮށް ހަވާލުކުރުމަށް މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ. އަސްލަމް ވިދާޅުވީ މިހާރު މިދާ މިސްރާބުގައި ކަންކަން ކުރިއަށް ގެންދަން ބޭނުންވާނަމަ، ކަން ކުރަންވީ […]

މުޙައްމަދު އަފްރާޙް
ކުރުވާހަކަ: ކަޅުހަންޑި

ކުރުވާހަކަ: ކަޅުހަންޑި

ސިއްސައިގެން ގޮސް ޢުޘްމާނަށް ބަލާލެވުނީ، ”ހެރީ“ އޭ ކިޔާ ގޮވާލުމުންނެވެ. އެއިރު ހެމާނީއާއި ރޮން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން، އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. ހައިރާންވެފައި ހުރި ޢުޘްމާނަށް ފަހެއް ބަލާލެވުނީ އިތުރު މީހަކު އޭނާގެ ފަހަތުގައި ހުރިތޯ ޔަގީން ކޮށްލުމަށެވެ. އެވަގުތު އިހުނަށްވުރެ ބާރަށް ”ހަރީއަޕް ހެރީ“ އޭ ކިޔާ ހެމާނީ ގޮވާލުމުން، އެމީހުން އެގޮވަނީ ޢުޘްމާނަށް ކަން އެނގުނެއެވެ. ކުރިޔަށް ހިނގައިގަންނަމުން އޭނާއަށް ލައިގެން ހުރެވުނު ހެދުމަށް ނަޒަރު ހިންގާލުމުން އިހުނަށް ވު...

ރޫހީ މިތުރު