މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

Ad
rt

މީގެ އިތުރުން ރިވެޓްމެންޓްގެ ޕްރޮފައިލިންގެ މަސައްކަތްތައް މި ހަފުތާ ތެރޭ ފަށަން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ބޭރުތޮށި ލުމާއި، 519 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.