މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1153 ވަނަ ޞަފްޙާ

''ގިޔާމަތް ދުވަހަަށް ތައްޔާރުވޭ، އެދުވަހު ފައިދާ ކުރާނީ ދުނިޔޭގައި ކޮށްފައިވާ ހެޔޮއަމަލަކުން''

''ގިޔާމަތް ދުވަހަަށް ތައްޔާރުވޭ، އެދުވަހު ފައިދާ ކުރާނީ ދުނިޔޭގައި ކޮށްފައިވާ ހެޔޮއަމަލަކުން''

ގިޔާމަތް ދުވަހަށް ބިރުވެތިވެ، އެ ދުވަހަށް ތައްޔަރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ. ހުތުބާގައި ބުނީ އެދުވަހަކީ އެއްވެސް މީހަކު، އަނެކަކަށް އެހީތެރިވެދޭނެ ހާލެއްގައި ތިބޭނެ ދުވަހެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް ފައިދާ ކުރާނީ އެމީހަކު މިދުނިޔޭގައި ކޮށްފައިވާ ހެޔޮއަމަލަކުން ކަމަށެވެ. “އަޅުތަކުން ރުޖޫއަވާހުށީ ﷲގެ ހަޟުރަތަށެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ބުނީ ގިޔާމަތް ދުވަހު މަހުޝަރު ކުރެއްވުމަކީ ދެވަނަ ތާޅަފިލި ފުމެލެއްވުމުން ޚަލްގުތަކުން އަލުން ދިރުއްވަ...

މުޙައްމަދު އަފްރާޙް
ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ށ. ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ އިތުރުން އެ ސްކޫލްގެ ވަށާފާރު މަސައްކަތް ވެސް ބަޔަކާއި ހަވާލުކޮށްފައެވެ. އެ މިނިސްޓްރީން ވިދާޅުވިގޮތުގައި ފީވަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަދި ވަށާފާރުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީއާ، ޔެސް މޯލްޑިވްސް އާއި ދެމެދު ސޮއިކޮށްފައި ވަނީ މިދިޔަ ހޯމަ ދު...

ޔުމްނާ ޢަލީ
ރީހެބިލިޓޭޓް ނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލައިފި

ރީހެބިލިޓޭޓް ނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލައިފި

ރީހެބިލިޓޭޓް ނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދޫކުރުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. އެ އޭޖެންސީން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ވެލާކަހަނބުތަކުގެ ތެރެއިން އެކި ބާވަތުގެ އަނިޔާ ލިބުމުގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ، އަލުން އަނބުރާ އޭގެ ޤުދުރަތީ މާހައުލަށް ދޫނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރުގެ ‘އެކުއޭރިއަމްތަކަށް’ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީގޮތން މެދު ކަނޑާލާފައިވާ ކަމަށެވެ. އެ އޭޖެނ...

އިބްރާހިމް ޚަލީލް
ކުނި ވަކި ކުރުމާ ގުޅޭ ގޮތުން ދުވާފަރުގައި އެމްޑަބްލިއުއެސްސީ ހާއްސަ ހަރަކާތެއް

ކުނި ވަކި ކުރުމާ ގުޅޭ ގޮތުން ދުވާފަރުގައި އެމްޑަބްލިއުއެސްސީ ހާއްސަ ހަރަކާތެއް

ކުނި ވަކި ކުރުމާ ގުޅޭގޮތުން ރ. ދުވާފަރުގެ ރައްޔިތުން ހޭލުންތެރިކުރުމަށް ހާއްސަ ހަރަކާތެއް ފަށައިފިއެވެ. ކުނި ވަކިކޮށް އުކާލުމަކީ ވެމްކޯއިން ހާއްސަ އިސްކަމެއް ދީގެން ފަށާފައިވާ މަސައްކަތެކެވެ. މިއީ ކުނި ރައްކާތެރިކަމާއެކު ނައްތާލުމަށް އަޅާ ހާއްސަ ފިޔަވަޅެކެވެ. ވެމްކޯއިން ބުނި ގޮތުގައި ދުވާފަރުގައި އެ ކުންފުނިން ދަނީ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދޮރުން ދޮރަށް ގޮސް މައުލޫމާތު ދިނުމުގެ މަސައްކަތް ފަށައިފައެވެ. މި މަސައްކަތުގެ ދަށުން ކުނި ވަކި ކުރާނެ ގޮތާއި ކުނި ވަކިކުރާނެ ޑަސްބިންތައް ދިނުމާ […]

އަޙްމަދު ވަހީދު
ޗެލްސީ ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

ޗެލްސީ ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އާސެނަލްއާއި ސިޓީއާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 17 މެޗުން ލިބުނު 44 ޕޮއިންޓާއި އެކުގައެވެ. ސިޓީ ދެވަނާގައި އޮތީ 17 މެޗުން ލިބުނު […]

އިބްރާހިމް ޚަލީލް
ސާއްބަ އެނިވާސަރީ ކަޕްގެ ޗެމްޕިއަންކަން އަހުލީއަށް

ސާއްބަ އެނިވާސަރީ ކަޕްގެ ޗެމްޕިއަންކަން އަހުލީއަށް

ހދ.ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި “ސާއްބަ އެނިވާސަރީ ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އަހުލީ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗު އަހުލީ ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ރިއަލް ސްޓާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
ދެ ރަށެއްގެ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފި

ދެ ރަށެއްގެ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފި

ދެ ރަށެއްގެ ހޮސްޕިޓަލް ހެދުމުގެ މަސައްކަތް އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް އެވެ. މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލް ހަދަން ނިންމާފައިވަނީ ޅ. ހިންނަވަރާއި ނ. ކެނދިކުޅުދޫގައެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން މި ދެ ރަށުގައި ވެސް އަޅާނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. ދެ މަޝްރޫއުގެ މަސައްކަތް ވެސް ހެލްތު މިނިސްޓްރީން […...

އަޙްމަދު ވަހީދު
އަލިފުށީ އެއާޕޯޓް ޓާމިނަލުގެ ބިންގާ އަޅައިފި

އަލިފުށީ އެއާޕޯޓް ޓާމިނަލުގެ ބިންގާ އަޅައިފި

ރ. އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި، އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާންއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އަލިފުށީ ކައުނ...

އަޙްމަދު ވަހީދު
ސޮނީ އާއި ހޮންޑާ ގުޅިގެން އުފައްދާ ކާރު ބްރޭންޑަކީ "އަފީލާ"

ސޮނީ އާއި ހޮންޑާ ގުޅިގެން އުފައްދާ ކާރު ބްރޭންޑަކީ "އަފީލާ"

ސޮނީ އާއި ހޮންޑާ ގުޅިގެން އުފައްދާ ކާރު ބްރޭންޑްގެ ނަމަކީ “އަފީލާ” ކަން ހާމަކޮށްފި އެވެ. ސޮނީ އާއި ހޮންޑާ ގުޅިގެން އިލެކްޓްރިކް ކާރު ތަރައްގީކޮށް އުފެއްދުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރު މާޗްމަހުގެ ތެރޭގަ އެވެ. ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯގެ ތެރޭގައި ދިން ޕްރެޒެންޓޭޝަނެއްގައި ސޮނީ ހޮންޑާ މޮބިލިޓީގެ ޗީފް އެގްޒެކެޓިވް ޔަސުހިޑޭ މިޒޫނޯ ވަނީ އެކުންފުނީގެ ފުރަތަމަ ކާރުގެ ޕްރޮޓޯޓައިޕްއެއް ދައްކާލާފަ އެވެ. ހޮންޑާގެ ފެކްޓްރީއެއްގައި އުފެއްދުމަށް ނިންމާފައިވާ މި ކާރު، 2025 ވަނަ […]

އަލީ އާދިލް
ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ، އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަލުން ދޫކުރަނީ

ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ، އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަލުން ދޫކުރަނީ

ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ، އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަލުން ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ އެކު އަލިފުށީގައި ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި، ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސް އަށް އަރުވާފައެވެ. އެ އަތޮޅު ކައުންސިލުން ފ...

މުޙައްމަދު އަފްރާޙް
ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު އެކްސިޑެންޓްވުމުން ފިލައިފި

ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު އެކްސިޑެންޓްވުމުން ފިލައިފި

ހުޅުމޭގައި ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވާކަން ހާމަކުރައްވަމުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ދެ މީހުން ސައިކަލުގައި ދިޔައީ ހުޅުމާލޭ ނިރޮޅު މަގު 13 ނަންބަރު ގޯޅިން ކަމަށެވެ. މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މި ދެ މީހުން ފެނުމުން އެ މީހުން ވަނީ ފުލުހުންނަށް ފިލަން ބާރަށް ސައިކަލް ދުއްވާލާފައެވެ. އެވަގުތު ސައިކަލް ވަނީ އެ ގޯޅީގައި ޕާކުކޮށްފައި އޮތް […]

ޔުމްނާ ޢަލީ
ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ހިނގައްޖެ

ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ހިނގައްޖެ

ގއ. ދާންދޫ ކައިރިން ޑިންގީ އެއް އަަޑިއަށް ދިއުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދާންދޫ ކައިރިން ޑިންގީ އެއް އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު 15:45 ހާއިރު އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ޑިންގީ ގައި ތިބީ ދެ މީހުންނެވެ. އެ ދެ މީހުން ކުރެ އެކަކަށް ވެސް މި ހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ. ’’ޑިންގީ ނެގުމުގެ މަސައްކަތް އާންމު ރައްޔިތުންނާއި ފުލުހުން ދަނީ […]

ޔުމްނާ ޢަލީ
ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަނީ

ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަނީ

ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަން ނިންމައިފި އެވެ. މި ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ށ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، މި ކޯހަކީ ޝަހީބް މީޑިއާ އާ ގުޅިގެން ހިންގާ ކޯހެއް ކަމަށެވެ. މި ކޯސް ހިންގުމަށް ނިންމާފައިވަނީ މި ޖެނުއަރީ މަހުގެ 15 އިން 19 އަށް ށ. ފުނަދޫ ގައެވެ. ކޯހުގެ ކުލާސްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 2 ޖަހަންދެން ނެވެ. ހިލޭ […]

މުޙައްމަދު އަފްރާޙް
ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރު 25 އޮޕަރޭޝަނެއް

ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރު 25 އޮޕަރޭޝަނެއް

ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރު ހިންގުނީ 25 އޮޕަރޭޝަނެއްކަމަށާއި މި އޮޕަރޭޗަން ތަކުގައި ހައްޔަރުކުރެވުނީ 32 މީހުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެ...

އަލީ އާދިލް
އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ވަނީ ހަމަޖެހިފަ: ރައީސް

އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ވަނީ ހަމަޖެހިފަ: ރައީސް

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަލިފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި އަލިފުށި ކައުންސިލުން ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާ ކަމަށާއި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް އެރަށުގައި ހިނގަމުން...

މުޙައްމަދު އަފްރާޙް
ނައިވާދޫ ފުޓްބޯޅަ ދަނޑުތައް ވީރާނާވެ، ޒުވާނުން ކުޅެން ރުއްގަނޑަށް!

ނައިވާދޫ ފުޓްބޯޅަ ދަނޑުތައް ވީރާނާވެ، ޒުވާނުން ކުޅެން ރުއްގަނޑަށް!

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ އަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް އެރަށުގެ ޒުވާނުންނަކީ ފުޓްބޯޅައިގައި ހުނަރުން ފުރިގެންވާ ބައެކެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނި، ހާމަވެގެންދިޔައީ އެ ހުނަރުވެރިންގެ މުސްތަގުބަލެވެ. ފުޓްބޯޅައަށް މަރުދޭ، އެ ޒުވާނުންގެ ތަސައްވަރަށް ކުރާނެ ނޭދެވޭ އަސަރެވެ. އެ ފޮޓޯތަކަށް ބަލައިލުމުން ސުވާލު އުފެދުނީ ހުނަރުވެރިން ތިބޭ މިފަދަ ރަށްރަށުގައި މިގޮތަށް ކަންކަން ހިނގަމުންދާއިރުވެސް، ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް...

މުޙައްމަދު އަފްރާޙް
ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި، ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި، ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ 2023 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި އޮފާކުރާ 139 ކޯހުގެ ތެރެއިން ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ ކޯހަކީ އެންމެ ފާހަގަ ކޮއްލެވޭ އެއް ކޯހެވެ. އެމް އެން ކިޔު އެފް ލެވެލް 7 ގެ މި ކޯހަކީ ވިލާކޮލެޖުގެ އަމިއްލަ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ 3 އަހަރު ދުވަހެވެ. ބެޗްލަރ އޮފް […]

އިބްރާހިމް އަސްވާޤް
ރޭ ފެނިގެން ދިޔައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު: ފަޒުނާ

ރޭ ފެނިގެން ދިޔައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު: ފަޒުނާ

މި ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮތްކަން ރޭ ފެނިގެން ދިޔަ ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރައިޕަރީ ކެމްޕޭނު ޖަލްސާ އާއި ހަމަ އެ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމުން ވެސް އެއްވުމެއް ބާއްވާފައިވާތީ އެކަން ފާހަގަކުރައްވައި، ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވީ ރެއަކީ ތާރީހީ ރެއެއް ކަމަށާއި އެއް ސަރަހައްދެއްގައި އިދިކޮ...

މުޙައްމަދު އަފްރާޙް