ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ފެންހިންދާ ޓޭންކް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ސެޓްލްމެންޓް ޓޭންކް ހަރުކުރުމުގެ މަސައްކަތުގެ 55 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަހައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުުގެ މަސައްކަ...
އަޙްމަދު ވަހީދު
ތާރީޚަށް މާލީ ރިޕޯޓު ހުށަ ނޭޅި ކަމަށްބުނެ އިލެކްޝަން ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ޖޫރިމަނާކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް އެ ޕާޓީން ބުނެފިއެވެ. މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް، ހުށަހަޅަންޖެހޭ ތާރީޚަށް އީސީއަށް ހުށަހަޅާފައި ނުވާތީ ހަތް ޕާޓީއެއް، އެއިން ކޮންމެ ޕާޓީއެއް 20،000 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަން އީސީން ހާމަކުރެއްވީ ހުސްވި ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ. މާލީ ރިޕޯޓްގެ މައްސަލާގައި އީސީން ޖޫރިމަނާކޮށްފައި ވަނީ […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކެންޕެއިން ކުރުމަށް، އިދިކޮޅުން ނ. އަތޮޅަށް ދަތުރެއް ކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފި އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރައީސް ޔާމީން 2023 ގެ ކެމްޕެއިން ދަތުރެއް ޖެނުއަރީ 6 އިން 10އަށް ނ.އަތޮޅަށް ކުރުމަށްވަނީ ހަމަޖެހިފައިކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމީ ޕްރައިމަރީއަކާ ނުލައި ދެ […...
އަލީ އާދިލް
މިފްކޯގެ ދެ ސައިޓުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފްކޯގެ ސައިޓުތަކުން ތެޔޮ ވިއްކުމަށް ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއެކު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްއެވެ. މިފްކޯއިން ކުރި ޓުވީޓެއްގައި ބުނީ އެފްއެސްއެމްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިއްޔެއިނ...
އަޙްމަދު ވަހީދު
ޑްރަގް އެންފޯސްމަންޓުން މަލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްކަމަށެވެ. ފުލުހުން ބުނެފައިވަނީ، އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޗަންގައި މާލޭގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ދެމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ...
އަލީ އާދިލް
ބްރިޖުގައި އެކްސިޑެންޓެއްވެ ކާރެއް ފުރޮޅާލައިފި އެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ބުރިޖު މަތިން ދުއްވާފައިދިޔަ ކާރެއް ފުރޮޅާލާފައިވާކަމުގެ މަޢުލޫމާތު މިއަދު 14:47 ހާއިރު ލިބިފައިވާކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ކާރު ފުރޮޅާލި ވަގުތު ކާރުގައި ތިބީ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވި އެވެ. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެސަރަހައްދުގައި ފުލުހުން މިވަގުތު...
އަލީ އާދިލް
ހދ. ކުޅުދުއްފުށި ސިޓީ އައުޓްޑޯ ޖިމް އިތުރަށް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމް އެންޑް އެމް އިންވެސްޓްމަންޓާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 572،585.50 ( ފަސް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ފަންސާސް ލާރި) އަށް، 35 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. […]
އަލީ އާދިލް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި (3.4 މިލިއަން ޑޮލަރު) 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފް ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ […]
ހުސައިން ހަބީބް
ހދ. ނޮޅިވަރަމްގައި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު ޢިއުލާންކޮށްފިއެވެ. ނޮޅިވަރަމްގައި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ކުރި ޢިއުލާންގައިވާ ގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވ...
ޔުމްނާ ޢަލީ
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ޢިއުލާން ކުރަށްވައި، ކެމްޕޭންގެ ނުރަސްމީ މަސައްކަތްތައް ފައްޓަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. އުމަރުގެ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން ބޭއްވިކަން ހާމަކުރައްވަމުން އެކަމަށް އިޝާރާތް ކުރަށްވަމުން އުމަރު ވިދާޅުވެފައި ވަނީ، ޑްރަގާއި، ގޭންގް ތަކާއި އަދި ބިދޭސީ ސިފައިންގެ ނުރައްކަލުން މި ޤައުމު ސަލާމަތް ކޮށް، މިރާއްޖެ މުޅިން އާމިސްރާ...
ޔުމްނާ ޢަލީ
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެޕަލްގެ މާކެޓް ވެލިއު އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެ އެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރ އަށް ފަހުން ފުރަތަމަ ފަހަރަށް އެޕަލްގެ މާކެޓް ކެޕިޓަލްގެ އަގުވަނީ ދެ ޓްރިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. އެއާއި އެކު އެ ކުންފުނީގެ އަގު މިވަނީ ތިން ޓްރިލިއަން ޑޮލަރުގެ ވެއްޓުމެއް ކުރިމަތިވި ފުރަތަމަ ޕަބްލިކް ޓެކް ކުންފުންޏަކަށް ވެގެން ގޮސްފަ އެވެ. މިދިޔަ އަންގާރަ ދުވަހު ނިމުނުއިރު، އެޕަލް […]
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި އެވެ. ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ވިދާޅުވީ 20 ޑިސެމްބަރ 2022 ގައި ކޮށްފައިވާ އިޢުލާނުގެ ބިޑް ހުށަހެޅުން އަދި ބީލަންތައް ހުޅުވުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ބިޑު ހުށަހެޅުމާ ބީލަންތައް ހުޅުވުމުގެ ސުންގަޑިއަކީ 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އެ […]
މުޙައްމަދު އަފްރާޙް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު، އެމްޑީޕީ ހަރުގޭގަ އެވެ. ސާލިހުގެ ކެމްޕެއިން ޓީމުން ވަނީ މި ޖަލްސާއަށް ވީހާވެސް ގިނަ އެމްޑީޕީގެ މެމްބަރުންނާއި ތާއީދު ކުރައްވާ ފަރާތްތަކުން ދިއުމަށް ދައުވަތު އަރުވާފަ އެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ސ...
މުޙައްމަދު އަފްރާޙް
މިއަހަރު ފެށުނު އިރު ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަކީ ފްރާންސްގެ ބާނާޑް އާނައުލްޓް ކަމަށް ފޯބްސްއިން ބުނެފި އެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު ފޯބްސްއިން އާންމު ކުރި ރިއަލް ޓައިމް ލިސްޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އާނައުލްތްގެ މިލްކިއްޔާތުގައި 181.6 ބިލިއަން އެމެރިކާ ޑޮލަރު އެބަ ހުއްޓެވެ. އެ ލިސްޓުގެ ގަދަ 10 ގައި ހިމެނޭ ފްރާންސްގެ ހަމަ އެކަނި މީހާ އަކީވެސް އާނައުލްޓެވެ. އެންމެ […]
މުޙައްމަދު ވަސީމް
މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ހިންގަނީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ނެވެ. މިއީ މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް “ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެނ...
މުޙައްމަދު އަފްރާޙް
ގއ. ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހެއްގެ ޚަބަރެއްނުވެގެން އެމީހާ ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. އެމީހާ ހޯދަނިކޮށް ފެނިފައި ވަނީ ދެއްވަދޫއާއި 1.5 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެމީހާ ދެއްވަދޫ […]
ޔުމްނާ ޢަލީ
މުޅި އިސްލާމީ ޝަރީޢަތް ބިނާވެފައި ވަނީ ފަސް މަޤްޞަދެއް ޙާސިލު ކުރުމުގެ މައްޗަށެވެ. ފަސް ކަމެއް ހިމާޔަތް ކުރުމަށެވެ. އެ ގޮތުން، ނަފްސާއި މުދަލާއި ބުއްދިއާއި ދީނާއި އަބުރު ރައްކައުތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް ޟަރޫރިއްޔާތުގެ ތެރޭގައި ހިމެނޭ ފަސް ކަންތަކެވެ. މި ފަސްކަންތަކަށް ބަލާއިރު، އަބުރާއި ޢިއްޒަތް ހިމާޔަތް ކުރުމަށް އިސްލާމްދީނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. އަނެކާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ބޮޑު ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ޖަރީމާއެކެވެ. އެއީ ބޮޑެތި […]
ޝެއިޚް ޝަފީއު އަބްދުﷲ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް އެންމެ ގިނަ ފުރުސަތުތައް ހޯއްދަވައިދެއްވައި، އެންމެ ގިނަ ވަޢުދު ފުއްދަވައިދެއްވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޞާލިޙަކީ ނުހަނު މަޑުމައިތިރި ވެރިއެއް ކަމަށެވެ. އަދި ރައީސް ޞާލިޙް އެމްޑީޕީގެ މެންބަރުން ލަދުގަންނަ ޒާތުގެ ބޭކާރު އަނގަތަޅުއްވައި ނޫޅުއްވާ ކަމަށް ވ...
ޔުމްނާ ޢަލީ