ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ 2023 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި އޮފާކުރާ 139 ކޯހުގެ ތެރެއިން ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ ކޯހަކީ އެންމެ ފާހަގަ ކޮއްލެވޭ އެއް ކޯހެވެ. އެމް އެން ކިޔު އެފް ލެވެލް 7 ގެ މި ކޯހަކީ ވިލާކޮލެޖުގެ އަމިއްލަ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.

Ad
rt

ބެޗްލަރ އޮފް ޓީޗިންގ (ޕްރައިމަރީ) ޕްރޮގްރާމްގެ މަޤްޞަދަކީ ޤައުމީ ޕްރައިމަރީ މަންހަޖުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހުނަރުތައް ކިޔަވައިދިނުމަށް ގާބިލް، ހުނަރުވެރި، އަދި ކަމަށް ކަމޭހިތާ ޕްރައިމަރީ ޓީޗަރުން ތަމްރީނުކުރުމެވެ. މި ޕްރޮގްރާމަކީ ޕްރައިމަރީ ގްރޭޑްތަކުގައި އާ ގައުމީ މަންހަޖު ކިޔަވައިދީ ތަންފީޒުކުރުމަށް ގްރެޖުއޭޓް ދަރިވަރުން ތައްޔާރުކުރާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ޓީޗިން ވޯކްޝޮޕްގެ ވަރުގަދަ ކޮމްޕޯނެންޓްތަކުގެ ތެރެއިން ޕްރޮފެޝަނަލް ތަޖުރިބާގެ ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

މި ކޯހުގެ ފުރަތަމަ އަހަރުގެ ކިޔެވުންނިމި، ފާސްވެފައިވާނަމަ، ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިންގެ ސެޓްފިކެޓު ލިބޭނެއެވެ. އަދި މި ކޯހުގެ ދެވަނަ އަހަރުގެ ކިޔެވުންނިމި، ފާސްވެފައިވާނަމަ، އެޑްވާންސްޑް ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިންް ސެޓްފިކެޓް ލިބޭނެއެވެ.

މި ކޯހަށް ވަނުމަށް ބޭނުންވާ ޝަރުތަކީ އޭލެވެލް ނުވަތަ އެޗް.އެސް.ސީގެ 2 ފާސް (ޖީ.ސީ.އީ. އޭލެވެލްގެ ފާހެއްގެ ގޮތުގައި ބަލާނީ ދަށްވެގެން އީ ފާހެއް ލިބިފައިވާނަމަ. އަދި އެޗް.އެސް.ސީ ފާހެއްގެ ގޮތުގައި ބަލާނީ ދަށްވެގެން ސީ ފާހެއް ލިބިފައިވާނަމަ) ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާ އަކުން ލެވެލް 4 (ފައުންޑޭޝަން ލެވެލް) ގެ ފާހެއް ލިބިފައިވުމެވެ.

ޖެނުއަރީ އިންޓޭކުގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 21 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކުރެވިފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.