މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1131 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (2)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (2)

ކުރީގެ ޢަދަދާއިގުޅޭ، ” ދަރިފުޅަށްވެސް އެނގޭނެ މަންމަ އަންހެން ދަރިއެއްވެސް ހުންނަ ނަމައޭ އަބަދުވެސް ކިޔައެއްނުދޯ! އެންމެ ފަހުން މިރަށުން އަންހެން ދަރިއެއް ހޯދައިފިއެއްނު!” ބައްޕަގެ އެ ޖުމްލަ އަޑުއަހަން ޒައިންއަށް އެހާ ފަސޭހައެއްނުވިއެވެ. ” ވަޓް؟ މިރަށުންނޭ؟” މަންމައާދިމާލަށް އޭނާއަށް ބަލާލެވުނީ ޤަބޫލުކުރަންދަތިވެފައި ހުރި ގޮތަކަށެވެ. ” އާނ! ކިހިނެއްވީ ދެލޯ ބޮޑުވީ؟ ދަރިފުޅު ގާތު ކުރިންވެސް ބުނީމެއްނު! ” ފަހުމީ އެހެން ބުނުމުން ޒައިން އާދައިގެ ގޮތަކަށް ހީލިއެވެ. ” ނޭނގޭނެ އެއްނު އެހެން […]

ސަލާމާ ޢަބްދުލް ޢަލީމް
އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުނުވެވި ބަޔާން ޕްރެޝަރަށް

އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުނުވެވި ބަޔާން ޕްރެޝަރަށް

ޖަރުމަނު ލީގުގައި ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބި ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލިދާނެ ކަމުގެ ބިރާއި ކުރިމަތި ވެއްޖެއެވެ. ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. ވޯލްޑް ކަޕަށް ފަހު ޖަރުމަނު ލީގުގައި ބަޔާން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އެ ތިން މެޗު ވެސް ވަނީ އެއްވަރުވެފައެވެ. ފުރަތަމަ މެޗުގައި ލެއިޕްޒިގް އަތުން އެއްވަރުވީއިރު، ދެވަނަ […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ހުނަރުވެރިން: އުދައިޝާން، ކުޅަދާނަ ނަރުހެއް! އުއްމީދީ ދުވުންތެރިއެއް!

ތިލަދުންމަތީ ހުނަރުވެރިން: އުދައިޝާން، ކުޅަދާނަ ނަރުހެއް! އުއްމީދީ ދުވުންތެރިއެއް!

މިއަދު އޭނާއަކީ ކުޅަދާނަ ނަރުހެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ޚިދުމަތްކުރަމުންދާ އަގުހުރި ޚިދުމަތްތެރިއެކެވެ. އަދި އެއީ އުއްމީދީ ދުވުންތެރިއެއްވެސްމެއެވެ. ލިބިފައިވާ ކުރިއެރުންތަކާއެކު، ށ. ފޯކައިދޫއަށް އުފަން އުދައިޝާން (އުދޭ) އެންމެ ފުރަތަމަވެސް ހަނދާންކުރަން ބޭނުންވީ އެހިސާބަށް އޭނާ ގެންދިޔުމުގައި މަންމަ ވެލެއްވި ޤުރުބާނީއެވެ. ބައްޕަގެ ޢުމުރުން 28 އަހަރުގައި މި ދުނިޔެ ދޫކުރުން ވެގެން ދިޔައީ މަންމައަށް ލިބުނު ވަރަށް ބޮޑު އެކަނިވެރިކަމާއި ހިތްދަތިކަމަކަށެވެ. އޭރު އެ އާއިލާގައި އޭނާގެ އިތު...

ސަލާމާ ޢަބްދުލް ޢަލީމް
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ. އެމްޑީޕީން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އެ ޕްރައިމަރީ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީ 61.10 އިންސައްތަ ވޯޓުންނެވެ. އެއީ 24،566 ވޯޓެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯ...

ޔުމްނާ ޢަލީ
ކުރިމަގުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޞާލިޙް ގޮވައިލައްވައިފި

ކުރިމަގުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޞާލިޙް ގޮވައިލައްވައިފި

ކުރިމަގުގައި ވެސް މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށާއި މި ޕްރައިމަރީއަށްވުރެ ފަސޭހަ ކާމިޔާބީއެއް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރައިމަރީއަށްފަހު، ‘ދަނޑިކޮށި’ ޖަގަހައަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވަނީ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރުމަށް ދައުވަތު ދެއްވައި، ޕާޓީގެ އެންމެހާ މެންބަރުން އެކުގައި މަސައްކަ...

މުޙައްމަދު އަފްރާޙް
ޕެޑްރީގެ ލަނޑުން މޮޅުވެ ބާސާ ލީޑު ފުޅާކޮށްފި

ޕެޑްރީގެ ލަނޑުން މޮޅުވެ ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު ހަނި ތަފާތަކުން ކާމިޔާބުކޮށް ބާސާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ. މިރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި ޖޯޑީ އަލަބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރީއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ޑެމްބެލޭގެ ފަލަމަސްގަނޑަށް އަނިޔާވުމުން […]

އިބްރާހިމް ޚަލީލް
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރާ ވާހަކައަކީ އެ ޕާޓީން ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ހޯދަން އެދުމުން އެޑިއުކޭޝަނުން އެންމެ ސްކޫލެއް ވެސް އެޕާޓީއަށް ދޫކޮށްފައިވާ ނުވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. ތޮލާލުގ...

މުޙައްމަދު އަފްރާޙް
ކޮންމެ ތަރިއެއް ވެސް އޮއްސޭނެ، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ: ނަޝީދު

ކޮންމެ ތަރިއެއް ވެސް އޮއްސޭނެ، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ: ނަޝީދު

ކޮންމެ ތަރިއެއް ވެސް އޮއްސޭނެ ކަމަށާއި، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބަހުގެ ހަމަލާ އަމާޒު ކުރައްވައިފިއެވެ. މޮސްޓާ، ނަޝީދަށް ބަހުގެ ހަމަލާ އަމާޒު ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވެފައިވަނިކޮށް މޮސްޓާ ވިދާޅުވީ، ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިއަސް އަރައިފި ކޮންމެ ތަރިއެއްވެސް އ...

އަލީ އާދިލް
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ބުނީ ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން ބޭރަށް ހިންގާނަމަ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭރަށް ހިންގުމުގެ އަލާމާތް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން...

މުޙައްމަދު އަފްރާޙް
އެމްޑީޕީ ރިޔާސީ ޕްރައިމަރީ: އެންމެ ތަފާތުބޮޑު ނަތީޖާއެއް މިލަދުންމަޑުލު އުތުރުން

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: އެންމެ ތަފާތުބޮޑު ނަތީޖާއެއް މިލަދުންމަޑުލު އުތުރުން

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ސާފުވި ނަތީޖައަށް ބަލާއިރު އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުމެފައި ވަނީ މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އިން ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މިލަދުންމަޑުލު އުތުރުބުރިން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވަނީ ވޯޓުލީ މީހުންގެ 80 އިންސައްތަ ވޯޓު ލިބިވަޑައިގެންފައ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ބޮޑު ނިންމުން ރައީސް ޞާލިޙް ކޮޅަށް

އެމްޑީޕީގެ ބޮޑު ނިންމުން ރައީސް ޞާލިޙް ކޮޅަށް

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާނެކަމަށް މިހާތަނަށް އާންމުކުރި ނަތީޖާތަކުން ދައްކައިފިއެވެ. މިއަދުގެ ވޯޓުގެ ނަތީޖާ އެމްޑީޕީގެ ވެބްސައިޓްގައި އަޕްޑޭޓް ކުރަމުން އަންނައިރު، މިހާތަނަށް ސާފުވި ނަތީޖާ ދައްކާގޮތުން ރައީސް ޞާލީހަށް ވަނީ 63 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 16462 ވޯޓެވެ. މިހާތަނަށް ނަސީދަށް ލިބިވަޑައިގަތީ 37 އިންސައްތަ ވ...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަނީ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަނީ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ ކަސްޓަމަރ ސަރވިސް ހިދުމަތްތައް ބަދަލުކޮށްފައިވަނީ ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ކަމަށެވެ. އެޗްޑީސީ ބިލްޑިންގ ގައި މީގެކުރިން ދެމުންދިޔަ ހުރިހައި ހިދުމަތެއް އައު އޮފީހުން ވެސް ލިބޭނެ ކަމަށާއި މާދަމާއިން ފެށިގެން އެ ހިދުމަތްތައް ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެކުންފުނީގެ އައު ކަސްޓަމަރ ސަރަވިސް އޮފީހުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. ކަސްޓަމަރުންގެ ސަމާ...

މުޙައްމަދު އަފްރާޙް
އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ހދ. ނޮޅިވަރަންފަރުގެ 100 އިންސައްތަ ވޯޓު ރައީސް ޞާލިޙަށް ލިބިވަޑައިގެންފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ނޮޅިވަރަންފަރުން ވޯޓުލީ 40 މީހުން ވެސް ވޯޓު ލާފައި ވަނީ ރައީސް ޞާލިޙަށެވެ. އެ ދާއިރާގައި ހިމެނޭ ނޮޅިވަރަމްގެ ނަތީޖާއަށް ބަލާއިރު އެރަށުން ވެސް ކުރި ހޯއްދެވީ ރައީސް ޞާލިޙެވެ. އެރަށުން ޞާލިޙަށް 108 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 108 ވޯޓެވެ. މުޅި...

ޔުމްނާ ޢަލީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ކުޅުދުއްފުށިން ކުރި ހޯއްދެވީ ނަޝީދު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ކުޅުދުއްފުށިން ކުރި ހޯއްދެވީ ނަޝީދު

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށީ ދެ ދާއިރާއިން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ. ”ތިލަދުން” އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ކުޅުދުއްފުށީ އުތުރާއި، ދެކުނު ދާއިރާގައިއިން ނަޝީދު ކުރި ހޯއްދަވާފައި ވަނީ 53 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެ ދެ ދާއިރާއިން  މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ،...

ޔުމްނާ ޢަލީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ތިލަދުންމަތީ ދާއިރާތަކުގެ ވަގުތީ ނަތީޖާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ތިލަދުންމަތީ ދާއިރާތަކުގެ ވަގުތީ ނަތީޖާ

ހއ. މާލެ ސާލިޙް ނަޝީދު ހއ. މާލެ 1 155 135 ހއ. މާލެ 2 195 145 ޖުމްލަ 350 280 ހއ. ދިއްދޫ ސާލިޙް ނަޝީދު  ދިއްދޫ 240 219 ޖުމްލަ 240 219 ހޯރަފުށި ދާއިރާ ސާލިޙް ނަޝީދު އުލިގަމު 27 7 ތުރާކުނު 55 5 ހޯރަފުށި 203 24 ޖުމްލަ 285 36 އިހަވަންދޫ ދާއިރާ ސާލިޙް ނަޝީދު މޮޅަދޫ 80 6 އިހަވަންދޫ 234 154 މާރަންދޫ 104 […]

ތިލަދުން
ތުޅާދޫގައި ހޮސްޕިޓަލެއް ތަރައްގީ ކުރަން އެމްޓީސީސީ އަށް

ތުޅާދޫގައި ހޮސްޕިޓަލެއް ތަރައްގީ ކުރަން އެމްޓީސީސީ އަށް

މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ރަށުގައި އަލަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސަތޭކަ ތޭވީސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި މި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އެއް އަހަރާއި ފަސް މަހުން ނިންމާ ސަރުކާރާއި ހަވާލުކުރުމަށްވަނީ ކަނޑައާޅާފައެވެ. 3000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫ...

މުޙައްމަދު އަފްރާޙް
ދިވެހި ޝެފް ޝިއުނާއަށް "ކޮންޓިނެންޓަލް ޖަޖު" ކަމުގެ ލައިސަންސް

ދިވެހި ޝެފް ޝިއުނާއަށް "ކޮންޓިނެންޓަލް ޖަޖު" ކަމުގެ ލައިސަންސް

ދިވެހި ޝެފް މަރްޔަމް ޝިއުނާއަށް “ކޮންޓިނެންޓަލް ޖަޖު” ކަމުގެ ލައިސަންސް ދީފިއެވެ. މި ލައިސަންސް އޭނާއަށް ދިނީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، “ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސް ސޮސައިޓީސް” (ވެކްސް) ގެ ފަރާތުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ކަލިނަރީ ޗެލެންޖުތަކުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް، ވެކްސްގެ ފަރާތުން އަރުވާ މި ލައިސަންސް ހޯދުމުގެ ކުރިން “ރޫކީ ޖަޖު” (އެސިސްޓެންޓް ޖަޖު) ގެ ގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި ވެކްސް އެންޑޯޒްކޮށްފައި ހުންނަ ކަލިނަރީ ޗެލެންޖުތަކުގައި [...

މުޙައްމަދު އަފްރާޙް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ގއ. ވިލިނގިލީގެ ފޮއްޓަށް ނަން ނެތް ބަޔަކު ވޯޓުލީ މައްސަލައެއް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ގއ. ވިލިނގިލީގެ ފޮއްޓަށް ނަން ނެތް ބަޔަކު ވޯޓުލީ މައްސަލައެއް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓާސް ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓު ލާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ގއ. ވިލިނގިލީގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށްޓަކަށެވެ. މި މައްސަލައާ ގުޅިގެން އެޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ވިދާޅުވީ އެ ފޮށްޓަށް ލިސްޓްގައި ނަން...

މުޙައްމަދު އަފްރާޙް