މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,459 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1132 ވަނަ ޞަފްޙާ

ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ކެލާ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ، މޮނިއުމެންޓް ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިން އޮރިޖިނަލް ޑިޒައިނަކަށް ވާނެ ޖެހޭނެކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށާއި އަދ...

އިބްރާހިމް ޚަލީލް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

ވެެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. އެމްޑީޕީ އިން ބުނެފައި ވަނީ މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި 49 ވޯޓު ފޮއްޓާއި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އެ […]

މުޙައްމަދު އަފްރާޙް
އެފްއޭ ކަޕް: އާސެނަލް ބަލިކޮށް ސިޓީ ފަސްވަނަ ބުރަށް

އެފްއޭ ކަޕް: އާސެނަލް ބަލިކޮށް ސިޓީ ފަސްވަނަ ބުރަށް

އިނގިރޭސި އެފްއޭކަޕް ހަތަރުވަނަ ބުރުގައި މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ސިޓީގެ ގޯލަށް ނުރައްކާ ވެސް ކޮށްފައެވެ. މިގޮތުން އާސެނަލްގެ ޓްރޮސާޑް ސިޓީގެ ގޯލު ކުރިމައްޗަށް ތިރިން […]

އިބްރާހިމް ޚަލީލް
ބޮޑު މަންޒަރު ދައްކާލައިފި، ދެން އޮތީ ބޮޑު ނިންމުން

ބޮޑު މަންޒަރު ދައްކާލައިފި، ދެން އޮތީ ބޮޑު ނިންމުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙް ދެން އެނބުރޭން އޮތް ގޮތުގެ ފެށުމަށް ނުވެ ނުދާނެއެވެ. މާދަމާގެ ނަތީޖާއިން ދިވެހި ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރެންފަށާނެއެވެ. އެ ނަތީޖާއިން ރާއްޖޭގެ ސިޔާސީ މަންޒަރު އަލުން ކުރެހެން ފަށާނެއެވެ. ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މި ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކ...

ޔުމްނާ ޢަލީ
މިއީ ހިންމަތާއި މިންނަތުގެ އުންމަތެވެ.

މިއީ ހިންމަތާއި މިންނަތުގެ އުންމަތެވެ.

ކާމިޔާބަކީ ހިންމަތާއި މިންނަތްކުރާ ބަޔަކަށް މާތް ﷲ މިންވަރުކުރައްވާ ކަމެކެވެ. ކާމިޔާބަކީ ދެއަތްއުރައިލައިގެން ތިބޭ ބަޔަކަށް ލިބޭ އެއްޗެއް ނޫނެވެ. މުސްލިމުންނަކީ ހީވާގިވާން ޖެހޭ ބައެކެވެ. ހިންމަތާއި މިންނަތް ކުރަންޖެހޭ ބައެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރިގެން ދިޔައީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީން ވަރުބަލިފުޅުކަމެއް ނެތި ކުރެއްވި މިންނެތް މަސައްކަތްޕުޅުންނެވެ. މާތް ﷲ ގެ ތައުފީޤާއި މަދަދާއި ހިދާޔަތު ލިބޭނީ އެފަދައ...

ޝެއިޚް ޝަފީއު އަބްދުﷲ
ހަނިމާދޫ ބަނދަރުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ހަދަނީ

ހަނިމާދޫ ބަނދަރުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ހަދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރު ޞަރަޙައްދުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ޑިޒައިންކޮށް ބީއޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ 11:00 ގައި ހަނިމާދޫ ކައުންސިލުގެ ޖަލްސާ...

އިބްރާހިމް ޚަލީލް
އެސްޓީއޯގެ ހިންގުމުގެ ފައިދާ ބިލިއަނަކަށް، މިހާތަނަށް ކުންފުނީގެ ރެކޯޑެއް

އެސްޓީއޯގެ ހިންގުމުގެ ފައިދާ ބިލިއަނަކަށް، މިހާތަނަށް ކުންފުނީގެ ރެކޯޑެއް

ނިމުނު 2022 ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިންގުމުގެ ފައިދާ އެއް ބިލިއަން ރުފިޔާއަށް އަރައި އެ ކުންފުނިން ރެކޯޑެއް ހަދައިފިއެވެ. އެ ކުންފުނިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުނީގެ 2022 ވަނަ އަހަރުގެ ހިންގުމުގެ ފައިދާ ވަނީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 400 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު ނިމުނުއިރު ހިންގުމުގެ ފައިދާ ހުރީ 600 […]

އަޙްމަދު ވަހީދު
އުރީދޫގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު

އުރީދޫގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު

އުރީދޫގެ މިއަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. މި ފުރުސަތު އެ ކުންފުނިން ހުޅުވާލައިފައިވަނީ ޓްވިޓާ އާއި ފޭސްބުކް ގައެވެ. އެގޮތުން، ޓްވިޓާގައި ކުރިއަށްގެންދާ ގިވްއަވޭގައި 30 ނަސީބުވެރިން ހޮވާއިރު ފޭސްބުކް ގައިވެސް 30 ފަރާތްތަކަށް ކަލަންޑަރު ލިބޭނެއެވެ. ކަލަންޑަރު ހޯދަން ބޭނުންވާ ފަރާތްތަކުން ޓްވިޓާގައި އުރީދޫއިން ކޮށްފައިވާ ޓްވީޓަށް ލައިކް ކުރުމަށްފަހު ރިޓްވީޓް ކުރަން ޖެހޭނެއެވެ. އަދި ކޮމެންޓުގައި ރައްޓެއްސަކު ޓެގް ކުރުމަށްފަހު ގްރޯ ވިތު އުރީދޫ ހޭޝްޓެގް ބޭނުން ކު...

އަޙްމަދު ވަހީދު
މައުސޫމް ވިދާޅުވެދެއްވި ހިސާބު އަދަދުތައް: ރައީސް ޞާލިޙް ބޮޑުތަނުން ކުރީގައި

މައުސޫމް ވިދާޅުވެދެއްވި ހިސާބު އަދަދުތައް: ރައީސް ޞާލިޙް ބޮޑުތަނުން ކުރީގައި

ކުރީގެ ތިން ރައީސުންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދާއި ރައީސް ޞާލިޙް ވެރިކަމުގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދު ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. މައުސޫމް ވިދާޅުވެދެއްވައި، އެއީ ”ލައްކަވާހަކަ” ކަމަށް ވިދާޅުވެއްޖެއެވެ. މައުސޫމް މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވީ، 3 ރައީސުންގެ ވެރިކަމުގައި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ތަރައްގީ ކުރެވުނީ 521 ގެސްޓު ހައުސް ކަމަށެވެ. އަދި އެ ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަ...

ޔުމްނާ ޢަލީ
އެމްއެންޕީގެ ސަރުކާރެއްގައި ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރާނަން: ނާޒިމް

އެމްއެންޕީގެ ސަރުކާރެއްގައި ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖޭގައި ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރަށްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ފެންނަމުން ދަނީ ރާއްޖޭގެ ބޭންކްތަކުން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ...

ޔުމްނާ ޢަލީ
ޞާލިހަށް ޕްރައިމަރީ ގެއްލިއްޖެނަމަ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ހުއްޓިދާނެކަމުގެ ބިރު އެބައޮތް: ޝަރީފް

ޞާލިހަށް ޕްރައިމަރީ ގެއްލިއްޖެނަމަ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ހުއްޓިދާނެކަމުގެ ބިރު އެބައޮތް: ޝަރީފް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގެއްލިއްޖެނަމަ 1.5 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ގަން ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ މަސައްކަތް ހުއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމާލެވުމަށް ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައ...

ޔުމްނާ ޢަލީ
''މުދަލު ޒަކާތް ނުދައްކާނަމަ، އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެ''

''މުދަލު ޒަކާތް ނުދައްކާނަމަ، އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެ''

މުދަލު ޒަކާތް ނުދައްކާނަމަ، އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދުމަކޮށްދީފިއެވެ. ‘ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ.’ މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމުކަންބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި ކަމުގެ މުހިންމުކަން ބޮޑުކަމުން އެއީ ދީނުގެ ރުކުނެއް ކަމުގައި ﷲ ކަނޑައަޅުއްވާފައިވާ ކަމަށެވެ. “މުދަލު ޒަކާތް ދިނުން އިސްލާމް ދީނުގެ ރުކުނެއް ކަމުގައި ކަނޑައެޅިފައި ވީހިނދު،...

މުޙައްމަދު އަފްރާޙް
ވެރިކަމަށް އާދެވޭނީ އިބޫ ހޮވައިގެން، ވެރިކަން ނުލިބިއްޖެނަމަ މެންބަރުން މަގުމަތިވާނެ: ރޮޒައިނާ

ވެރިކަމަށް އާދެވޭނީ އިބޫ ހޮވައިގެން، ވެރިކަން ނުލިބިއްޖެނަމަ މެންބަރުން މަގުމަތިވާނެ: ރޮޒައިނާ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކާމިޔާބު ކުރެވޭނީ ހޮނިހިރު ދުވަހުގެ ޕްރައިމަރީގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހޮވައިގެން ކަމަށާއި، ވެރިކަން ނުލިބިއްޖެނަމަ ޕާޓީގެ އާންމު މެންބަރުން މަގުމަތިވާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމާލެވުމަށް ރޭ އައް...

ޔުމްނާ ޢަލީ
ތަކެތީގެ އަގު ކުޑަކޮށްދީ ޓެކްސްތައް ކުޑަކުރާނަން: ނަޝީދު

ތަކެތީގެ އަގު ކުޑަކޮށްދީ ޓެކްސްތައް ކުޑަކުރާނަން: ނަޝީދު

އެމަނިކުފާނުގެ ވެރިކަމެއްގައި ތަކެތީގެ އަގު ކުޑަކޮށްދީ ޓެކްސްތައް ކުޑަކުރާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ރޭ  މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގަޑިއެއްހާ އިރަށް ރޭ ދެމިގެން ދިޔަ މި ޖަލްސާ ގެންދެވީ ތަފާތުކޮށެވެ. އެ ޖަލްސާގައި ވާހަކަ ދެއްކެވީ ނަޝީދު ހަމައެކަނި ނަޝީދެވެ. ނަޝީދުގެ ވާހަކަފުޅ...

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީގެ އެމްޑީޕީ މެންބަރުން ތިބީ ޞާލިޙަށް ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައި: ޝާހިދު

ބޮޑުތިލަދުންމަތީގެ އެމްޑީޕީ މެންބަރުން ތިބީ ޞާލިޙަށް ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައި: ޝާހިދު

ބޮޑުތިލަދުންމަތީގެ ހއ. ހދ. އަދި ށ. އަތޮޅުގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ތިބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައި ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ޞާލިޙްގެ ކެމްޕޭނުގެ ފަރާތުން އެ އަތޮޅުތައް ބެލެހެއްޓެވުމާއި އިސްކޮށް ހަވާލުވެހުންނެވި ޝާހިދު މިހެން ވިދާޅުވީ އެ އަތޮޅުތަކުގެ އަތޮޅުގެ މާލޭގެ ފޯކަލް ޕޮއިންޓުންނާ އިއްޔެ ބައްދަލު ކުރެއްވު...

ޔުމްނާ ޢަލީ
ނަޝީދަށް ނުރައްކަލެއް އަތުވެދާނެ ކަމުގެ މައުލޫމާތު ލިބަފައެއްނެތް: އެމްއެންޑީއެފް

ނަޝީދަށް ނުރައްކަލެއް އަތުވެދާނެ ކަމުގެ މައުލޫމާތު ލިބަފައެއްނެތް: އެމްއެންޑީއެފް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މާލޭގެ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް އަތުވެދާނެކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުގެ ސަލާމަތީކަންކަން ބަލަހައްޓަވަމުން ގެންދަވަނީ އެމްއެންޑީއެފުންނެވެ. އެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރޭގެ ޖަލްސާގައި...

ޔުމްނާ ޢަލީ
އުލިގަމު ދަނޑުވެރިންނަށް ފަންނީ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ހިންގަނީ

އުލިގަމު ދަނޑުވެރިންނަށް ފަންނީ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ހިންގަނީ

ހއ. އުލިގަމު ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. އުލިގަމު ކައުންސިލު އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިއީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އާއި ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މައުލޫތާތު ދެއްވާނީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ބޭފުޅުން އެރަށަށް ވަޑައިގެން ކަމަށެވެ. އެ ބޭފުޅުން އެރަށުގެ ދަނޑުބިންތަކަށް ޒިޔާރަތްކޮށް، ދަނޑުވެރިންނާ ބައްދަލުކޮށް ދަނޑުވެރިން ހައްދާ އަދި ހައްދަން ބޭނުންވާ ބާވަތްތަކުގެ ފަންނީ ލަފާ ދެ...

މުޙައްމަދު އަފްރާޙް
އެމްއެންޕީގެ ސަރުކާރެއްގައި 15.42ރ އަށް ޑޮލަރު ގަންނަން ލިބޭނެ: ނާޒިމް

އެމްއެންޕީގެ ސަރުކާރެއްގައި 15.42ރ އަށް ޑޮލަރު ގަންނަން ލިބޭނެ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި އާންމުކޮށް ޑޮލަރު ގަންނަން ލިބޭ ރޭޓް 15.42 އަށް ހަދާނެކަމުގައި  އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، މިއަދުގެ ހަޤީޤީ ޑޮލަރު ރޭޓަކީ 17.35 ރުފިޔާ ކަމަށެވެ. އެހެންކަމުން ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާ މީހާއަށް ފައިދާ އެވަނ...

ޔުމްނާ ޢަލީ