އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ސަސުއޯލޯ ބައްދަލުކުރި މެޗުގައި، ސަސުއޯލޯ އަތުންތަފާތު ބޮޑުކޮށް މިލާން ބަލިވެ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް އެ ޓީމް ވެއްޓިއްޖެއެވެ. މިއަދު މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމް ބަލިވެފައި ވަނީ 5-2 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭ މިލާނުގެ ތަޖުރިބާކާރު ފޯވާޑް ޖިރޫޑް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑްގައި ހުރުމުން […]
އިބްރާހިމް ޚަލީލް
އަހަރުގެ ފުރަތަމަ ގްރޭންޑްސްލޭމް ޓެނިސް މުބާރާތްކަމަށްވާ، އޮސްޓްރޭލިއަން އޯޕަން މި އަހަރުގެ މުބާރާތް ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ. މިއަދު ކުޅުން ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބު ކޮށްފައި ވަނީ ގްރީސްގެ ސިޓްސިޕާސްއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗް ސެޓްތައް ގެންގޮސްފައި ވަނީ 3-6، 6-7، 6-7 އިންނެވެ. މިއީ އުމުރުން 35 އަހަރުގެ ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް އޭނާގެ ކެރިއާގައި ކާމިޔާބުކުރި […]
އިބްރާހިމް ޚަލީލް
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓް ފަރުމާ ކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމުގެ މަޤުޞަދަކީ އެ ރަށަށް އަރާފައިބާ ފަރާތްތަކަށް ރަށް ފަސޭހައިން ދެނެގަނެވޭނޭ މަގު ފަހިކޮށްދިނުމާއިއެކު އެ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދިނުމެވެ. ފޭދޫއަކީ މަސްވެރި، މަސައްކަތްތެރި، ހިތްހެޔޮ ހީވާގި ރައްޔިތުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެ ރަށުގެ ގިނަ ޒުވާނުން ޓްއަރިޒަމް ދާއިރާތަކުގަ...
އިބްރާހިމް ޚަލީލް
މާލެއިން ގެއްލިގެން މިއަދު ހޯދި އަންހެންކުއްޖާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ތ. ދިޔަމިގިލި، އާޤިސާމަންޒިލް، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާކަން ހާމަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް މިއަދު 3:37 ހާއިރު އެދިލައްވާފައެވެ. މިރޭ 18:17 ހާއިރު ފުލުހުން ވަނީ އެ ކުއްޖާ ފެނިފައިވާކަން ހާމަކުރަށްވާފައެވެ. ގެއްލިގެން ހޯދަމުންދިޔަ ޒީކް ބިންތި...
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަންގައި ވަނީ 33 ފަރާތެއް ބައިވެރިވެފައެވެ. މި މުބާރާތުގެ އިޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 27، 28 މި ދެ ދުވަހުއެވެ. މި […]
އިބްރާހިމް ޚަލީލް
މި އަހަރުގެ ފެބުރުވަރީ މަހުގެ 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. ފެބްރުއަރީ މަހުގެ 6 ވަނަ ދުވަސް ސަރުކާރު ބަންދުކަމަށް ކަނޑައަޅުއްވާފައި ވަނީ އެއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީއެވެ. ކޮންމެ އަހަރެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ އެ އަހަރެއްގެ ފުރަތަމަ ދައުރަށް މަޖިލިސް ހުޅުވާ ދުވަހުއެވެ. އަދި އެދ...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އެންމެ އިސް ދެ ލީޑަރުންކަމަށްވާ، އެޕާޓީގެ އިސް ލީޑަރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދާ ދެ ބޭފުޅުންނަކީ ވެރިކަންކުރުމުގެ ގާބިލުކަން ހުރި ދެބޭފުޅުން ނޫންކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް، ދުންޔާ މައުމޫން ވިދާޅުވުމުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ރައްދު ދެއްވައިފި އެވެ. މިމަހުގެ 25 ވަނަ ދުވަހު ދުންޔާ […]
އިބްރާހިމް އަސްވާޤް
މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން، 5,575 ކިއު ިބކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4,108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި، 518 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ބޭރުތޮށި ލުމުގެ […]
އަޙްމަދު ވަހީދު
މާދަމާއަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަހެވެ. މިދިޔަ 38 އަހަރުގެ ތެރޭގައި އެލައިޑްގެ އަމާޒަކަށް ވެފައި ވަނީ ރާއްޖޭގައި ރައްޔިތުންނާއި ވިޔަފާރިތަކާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމުގައި އެންމެ ގާތް އެހީތެރިޔަކަށް ވުމަށެވެ. މި އަހަރަކީ އެލައިޑަށް ވަރަށް ހާއްސަ އަހަރެކެވެ. މި އަހަރަށް ހާއްސަކޮށްގެން އެލައިޑުން އުފެއްދި ކަލަންޑަރުގެ ބޭނުންތެރިކަމާއި ފަސޭހަކަމާ ގުޅިގެން ތައުރީފު ވަރަށް ބޮޑެވެ. ފަންނުވެރިކަން އިސްކޮށް އޮފ...
އަޙްމަދު ވަހީދު
މާލެއިން އަންހެންކުއްޖަކު ގެއްލިގެން ހޯދަންފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތ. ދިޔަމިގިލި، އާޤިސާމަންޒިލް، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒު ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. ‘’2023 ޖެނުއަރީ 25 ވަނަ ދުވަހު 17:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ 18:17 އެހައިކަންހާއިރު.’’ ފުލުހ...
ޔުމްނާ ޢަލީ
ހުޅުމާާލޭގެ ހާންޖީ ރެސްޓޯރެންޓުގައި ބަންގްލަދޭޝް ވެއިޓަރަކު މަރާލި މައްސަލާގައި ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް ނިމުމަކާ ގާތަށް ހިނގައްޖެ އެވެ. މިއަދު އޮތީ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި ފުލުހެއްގެ ހެކިބަސް ނެގުމެވެ. އެ ފުލުސް އޮފިސަރުގެ ހެކިބަސް ނެގުމުން، ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ޝަފައީ ހެކިންގެ ހެކިބަސް ނަގާ ނިމުނީ އެވެ. ދިފާއީ ހެއްކެއް ނެތުމުން ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ. […]
ހުސައިން ހަބީބް
އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ. ލައިސަންސްގެ އެންމެހާ ޚިދުމަތތައް ވަގުތީގޮތުން ހުއްޓާލިކަން އެންގުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވަނީ އިޢުލާނެއްކޮށްފަ އެވެ. ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ، ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގ...
އިބްރާހިމް އަސްވާޤް
ފިރުޢައުނުގެ ނަމުން މަޝްހޫރުވެފައި ވަނީ ސަލާމް ލެއްވި މޫސާގެފާނުގެ ޒަމާނުގައި މިޞްރުގައި އުޅުއްވި ރަސްގެފާނެވެ. ފިރުޢައުނުންނަކީ ކުރީ ޒަމާނެއްގައި މިޞްރުގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންނަށް ދެވިފައި އޮންނަ ލަޤަބެކެވެ. ސަލާމްލެއްވި މޫސާގެފާނުގެ ޒަމާނުގައި އުޅުއްވި ފިރުޢައުނުގެ ވާހަކަ އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ޤުރުއާނުންނެވެ. އެއީ ފަސާދަކުރުމުގައި އަރާހުރި މީހެކެވެ. ކީރިތި ޤުރުއާނުގެ 10 ވަނަ ސޫރަތް ކަމުގައިވާ ޔޫނުސް ސޫރަތުގެ 90 ވަނަ އާޔަތާއި 91 ވަނަ އާޔަތާއި 92 ވަނަ އާޔަތުގައި މާތްﷲ ވަ...
ޢަބްދުﷲ ސަޢީދު
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވާނީ ގެންދިޔައީ ޕާޓީގެ އަސާސީ ގަވައިދާއި އިންތިހާބާ ބެހޭ ގަވައިދާ އެއްގޮތަށް ކަމަށް އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އޮފީހުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގަޑިއަށް އައުމަކީ މަންދޫބުގެ ޒިންމާއެއް ކަމަށާއި މަންދޫބުން ފޮނުވައިގެން އިންތިހާ...
މުޙައްމަދު އަފްރާޙް
އަލަށް ކޭބަލްޓީވީގެ ޚިދުމަތް ފަށާ އެސްއެސްނެޓުން ސަތޭކައަށްވުރެ ގިނަ ޓީވީ ޗެނަލް ފާސްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފިއެވެ. އެސްއެސްނެޓުން ހާމަކުރިގޮތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗެނަލްތައް ފާސްކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުހައްމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި މިހާތަނަށް ބްރޯޑްކޮމްއަށް ހުށަހެޅި ޗެނަލްތަކުގެ ތެރެއިން 48 ޗެނަލެއް ބްރޯޑްކޮމް އިން ވަނީ ފާސްކޮށްދެއްވާފައެވެ. އޭގެ ތެރޭގ...
އިބްރާހިމް އަސްވާޤް
ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މާލެ އަތޮޅު ތުލުސްދޫގައެވެ. އަދި އެއީ ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެކެވެ. ސްޕެއިނަށް ނިސްބަތްވާ މި ފަތުރުވެރިޔަކީ ފިރިހެނެއް ކަމަށާއި އޭނާ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައީ އަނބިމީހާ އާއި އެކު ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އެ ހާދިސާ ހިނގުމާއެކު އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އެހެންނަމަވެސް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މަޢުލޫމާތު […]
މުޙައްމަދު އަފްރާޙް
އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފަސްވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު އެ ޓީމުން ވަނީ 3-1 ގެ ނަތީޖާއިން ރެޑިންގެ މައްޗަށް ކުރި ހޯދާފައެވެ. މެޗުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މިވަގުތު […]
އިބްރާހިމް ޚަލީލް
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ. އަލީ ޞާލިޙަކީ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރު ތަމްސީލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 2018 ވަނަ އަހަރު އައު ސަރުކާރު ހުވާކުރުމާއެކު، އަލީ އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ އޭރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް...
ޔުމްނާ ޢަލީ