މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1085 ވަނަ ޞަފްޙާ

''މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ ލިބޭ މަތިވެރިކަމެއް، ޝަރަފެއް''

''މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ ލިބޭ މަތިވެރިކަމެއް، ޝަރަފެއް''

އިންސާނެއްގެ އަޅަކަށްވުމަކީ ނިކަމެތިކަމެއް، ދެރަކަމެއް ކަމަށާއި އެހެންނަމަވެސް މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ އެ އަޅަކަށް ލިބޭ މަތިވެރިކަމެއް އަދި ޝަރަފެއްކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ”ލޮބުވެތި ނަބިއްޔާގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް، އައްޑޫ ހައި ސްކޫލު ހޯލުގައި ހުކުރު ދުވަހުގެ ރޭ  ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރައްވަމުންނެވެ. ޑރ. އަލީ ޒާހިރު ވިދާޅުވީ ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމަށެވެ....

މުޙައްމަދު އަފްރާޙް
"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ފީޗާ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ފީޗާ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ފީޗަރ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ޖެންޑަރ މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ، އެ ފިލްމު ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުމަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވެއެވެ. މި ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި […]

މުޙައްމަދު އަފްރާޙް
"ރަންތާޖު" ޤުރުއާން މުބާރާތް އިފްތިތާޙްކޮށްފި

"ރަންތާޖު" ޤުރުއާން މުބާރާތް އިފްތިތާޙްކޮށްފި

ރާއްޖެ ޓީވީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓް ގުޅިގެން މިރޯދަމަހު ކުރިޔަށް ގެންދާ “ރަންތާޖު” ޤުރުއާން މުބާރާތް މިރޭ އިފްތިތާޙްކޮށްފިއެވެ. މިއީ ރިއަލިޓީ ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. މިމުބާރާތުގެ ފުރަތަމަ ޝޯވ މިރޭ ވަނީ ރާއްޖެޓީވީން ދައްކާފައެވެ. ރަންތާޖު ޤުރުއާން މުބާރާތް މިރޭ އިފްތިތާހްކޮށް ދެއްވީ، ނައިބު ފައިޞަލް ނަސީމްމެވެ. މި މުބާރާތް ހުޅުއްވައި ދެއްވައި، ނައިބު ރައީސް ފައިސ...

ޔުމްނާ ޢަލީ
ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަހަށް ނިންމައިދޭން އެމްއެންޕީން ރައީސަށް ދައްނަވައިފި

ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަހަށް ނިންމައިދޭން އެމްއެންޕީން ރައީސަށް ދައްނަވައިފި

ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަހަށް ނިންމައިދޭން ގޮވައިލާ މޯލްޑިވިސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހަށް ސިޓީއަކުން ދަންނަވައިފިއެވެ. މިދިޔަ ބުދަ ދުވަހު ފޮނުއްވާފައި މި ސިޓީގައި އެމްއެންޕީން ބުނެފައި ވަނީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭކަމަށް ދެކޭ ކަމަށެވެ. މި ސިޓީއާއި ގުޅިގެން އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ  ސިޓީއަކީ ޝަރީޢަތް ނިމެން...

ޔުމްނާ ޢަލީ
އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކޮށްފި

އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކޮށްފި

އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު މެންދުރުފަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިނ...

ޔުމްނާ ޢަލީ
ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށް: އިސްލާމިކް މިނިސްޓަރު

ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށް: އިސްލާމިކް މިނިސްޓަރު

ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. “ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫއަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތްﷲ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔ...

މުޙައްމަދު އަފްރާޙް
ކުރުވާހަކަ: ކައުންޓަރު

ކުރުވާހަކަ: ކައުންޓަރު

ކޮންމެ ދުވަހަކުވެސް ހެނދުނު އިރު އަރާނީ ދޮށި ހިފައިގެން މަސްބާނަން ހުއްޓައެވެ. ގޮނޑުދޮށުން މަސްބޭނުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ބައެއް ދުވަސް ދުވަހު ހަވީރުވެސް މަސްބާނަން ދަމެވެ. ކުދި ކޮރަކައްޔާ، އޮރި އަދި ހަންޖަކީ ގޮނޑުދޮށުން އެންމެ ތިޔާގިކޮށް ބޭނޭ މަސްމަހެވެ. އަހަރެން ގެންގުޅޭ ބާލިދީގަނޑު ފުރާ، މަސްބޭނުނަސް، މީހުންނަށް ބަހާފައި ގެއަށް ގެންދަނީ އެންމެ މަހެކެވެ. މަގުމަތިން ފެންނަ މީހަކަށް ވިއްޔާ، އަހަރެންގެ މަސްބާލިދީއަށް ބޯކޮށްޕާނުލާ މީހަކު ނުދާނެއެވެ. ކޮންމެ މީހަކު ބުންޏަސް މަސް [...

ސަލާމާ ޢަބްދުލް ޢަލީމް
ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށްފި

ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށްފި

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދި ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ގެންދާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، މާލޭގެ ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ހިތާމައާއި އެކު ފާހަގަކުރާ ކަމަށެވެ. އެހެންވެ، ބޯގަން ވިލާ ގަސްތައް ވަގަށް ނުގެންދިޔުމަށް ނަސޭހަތްތެރިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ”ޗާ...

ޔުމްނާ ޢަލީ
ޖޭޕީގެ ރިޔާސީ ކެމްޕޭން ރާވަން އަމީން އާއި ހަވާލުކޮށްފި

ޖޭޕީގެ ރިޔާސީ ކެމްޕޭން ރާވަން އަމީން އާއި ހަވާލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ހިންގާ ކެމްޕޭން ރާވާ ހިންގުމުމުގެ އެންމެ އިސް ބޭފުޅެއްގޮތުގައި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާޙީމް ހަމަޖައްސަވައިފިއެވެ. ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަމީން އެ މަގާމަށް ހަމަޖެއްސިކަން ޖުމްހޫރީ ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. މިހާރު ޕީއެޗްޑީއަށް ކިޔެވުމުގެ މަރުހަލާ ވެސް ފުރިހަމަ ކުރައްވާފައިވާ އަމީން އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް ޖޭޕީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ […...

ޔުމްނާ ޢަލީ
''އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް، އެކަމުގެ ގެއްލުން ސިއްހީގޮތުންނާއި މާލީގޮތުން ފޯރާނެ''

''އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް، އެކަމުގެ ގެއްލުން ސިއްހީގޮތުންނާއި މާލީގޮތުން ފޯރާނެ''

އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް ކަމަށާއި އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީގޮތުން ފަރުދުންނާއި މުޖުތަމައަށް ފޯރާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ. ޚުތުބާގައި ބުނީ ކީރިތި ރަސޫލާގެ އިރުޝާދަށް ތަބާވެ، އިސްރާފު ނުވާގޮތަށް ކެއުމާއި ބުއިމުގެ ކަންތައްތައް ހަމަޖައްސައިލެވިދާނެ ކަމަށެވެ. ރަމަޟާން މަހަކީ ޘަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެއް ކަމަށާއި ހެޔޮކަމާއި ދަރުމައިގެ ފޯވައްސެއް ކަމަށް ވެސް ޚުތުބާގައި ވެއެވެ. އެހެންނަމަވެސް ބައެއް މުސްލިމުންގެ ތ...

މުޙައްމަދު އަފްރާޙް
ރޯދަ ޕްރޮމޯޝަނާއެކު އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިން ކޮށްފި

ރޯދަ ޕްރޮމޯޝަނާއެކު އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިން ކޮށްފި

ރޯދަ ޕްރޮމޯޝަނާއެކު އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިން ކޮށްފިއެވެ. އެއްގަމު އުޅަނދުފަހަރަށް ހާއްސަ މޮޓޯ އިންޝުއަރެންސަކީ މަގުމަތީގައި ކުރިމަތިވާ ހާލަތެއްގެ ސަބަބުން އުޅަނދަށާއި އޭގެ ވެރި ފަރާތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި؛ އެލައިޑު އިންޝުއަރަންސަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި މޮޓޯ އިންޝުއަރަންސްގެ 2 ހިދުމަތެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ ސަރުކާރުން ލާޒިމްކުރާ “ތާޑް ޕާޓީ މޮޓޯ” އަދި “ކޮ...

އަޙްމަދު ވަހީދު
ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް މިއަދުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ. މީގެ އިތުރުން ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިން ކަމަށާއި މީގެތެރޭގައި އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެން ވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. “ފައިސާ ބަލައިގަންނަން ޑެސްްކް...

މުޙައްމަދު އަފްރާޙް
ނިގާބު އެޅިޔަސް، ކިޔެވުމުގެ ހައްގު ލިބެންވާނެ: އަނާރާ

ނިގާބު އެޅިޔަސް، ކިޔެވުމުގެ ހައްގު ލިބެންވާނެ: އަނާރާ

ނިޤާބު އެޅިޔަސް، ކިޔެވުމުގެ ޙައްޤު ލިބެންވާނެ ކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ. ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު އަދި ބާ ކައުންސިލްގެ ނިމުނު ދައުރުގެ އެގްޒެކް ކޮމެޓީގެ މެންބަރުކަން ވެސް ކުރެއްވި އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ ޑރ. އަނާރާ ވިދާޅުވީ، ނިޤާބު އެޅިޔަސް، ކިޔެވުމުގެ ޙައްޤު ލިބެންވާނެ ކަމަށެވެ. އަދި އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު […]

ޔުމްނާ ޢަލީ
ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބާރަށު ކައުންސިލާއި ސްވިމިން އެސޯސިއޭޝަނާއި ބާރަށު ޕޮލިސްޓޭޝަން އަދި ބާރަށު ސްކޫލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް ސްވިމިން އިންސްޓްރަކްޓަރުންގެ ގޮތުގައި 12 ބައިވެރިން ސެޓްފިކެޓް ހާސިލް ކޮށްފައެވެ. މި ޕްރޮގްރާމްގައި ފަތަން ދަ...

އިބްރާހިމް ޚަލީލް
ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށާނީ މި މަހު 26 ގައި

ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށާނީ މި މަހު 26 ގައި

ސައުދީ އަރަބިއްޔާއިން މިއަހަރު ދިވެހިރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށާނީ މި މަހު 26 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ، 06 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަދުރު ބަހާނެ ކަމަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12 ޖަހަންދެން، އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން ކަދުރު ބަލައި އަންނައިރު، އައިޑީ ކާޑު ގެންނަންވާނެ ކަމަށް ވެސް […]

މުޙައްމަދު އަފްރާޙް
ކުރިމަތިލީ ގޮނޑި ހޫނުކުރާކަށް ނޫން، ތަރައްގީ ފޯރުކޮށްދޭން: ޝާޒް

ކުރިމަތިލީ ގޮނޑި ހޫނުކުރާކަށް ނޫން، ތަރައްގީ ފޯރުކޮށްދޭން: ޝާޒް

ދާއިރާގެ ތަރައްގީގައި ވަކި ޕާޓީއަކަށް ބެލުމެއް ނޯންނާނެ ކަމަށާއި އޭނާއަކީ ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނިކުންނަ ‘އެޖެންޓެއް’ ކަމަށް މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އިބްރާހީމް ޝާޒު ވިދާޅުވެއްޖެއެވެ. އޭނާގެ ކެމްޕޭން ފެށުމަށް މާލެއަތޮޅު ގުޅީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝާޒު ވިދާޅުވީ އޭނާ އެ ދާއިރާއަށް ކުރިމަތިލަނީ މަޖިލީހުގެ ގޮނޑި ހޫނުކުރުމަށް ނޫން ކަމަށެވެ. މީގެ އިތުރުން ގުރައިދޫ އާއި މާފުއްޓަށް ބޭނުނ...

މުޙައްމަދު އަފްރާޙް
"ކެމްޕޭން ފަންސައާހި"ގެ ނަމުގައި މީރާއިން ކެމްޕޭނެއް

"ކެމްޕޭން ފަންސައާހި"ގެ ނަމުގައި މީރާއިން ކެމްޕޭނެއް

“ކެމްޕޭން ފަންސައާހި” ގެ ނަމުގައި މީރާއިން ކެމްޕޭނެއް ފަށައިފިއެވެ. މިއީ ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރާ މިންވަރު (ޓެކްސް ކޮމްޕްލަޔަންސް) އިތުރު ކުރުމުގެ ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅާ ނިސްބަތް (އޮންޓައިމް ފައިލިންގ ރޭޓް) އިތުރު ކުރުމުގެ ޚާއްސަ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުމެވެ. ޓެކްސް ބަޔާން ސުންގަޑިއަށް ހުށަނޭޅުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނ...

މުޙައްމަދު އަފްރާޙް
ކުރުވާހަކަ: ދެން ކެތެއްނުވާނެ!

ކުރުވާހަކަ: ދެން ކެތެއްނުވާނެ!

ހިތްތެޅެނީއެވެ. ވިންދު އަވަސްވަނީއެވެ. ހީބިހި ނަގަނީއެވެ. ތުރުތުރުލަނީއެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރެވެނީ މިރޭ އަހަންނަށް އޭނާ ފެންނާނެ އިރަކަށެވެ. ފޮޓޯގްރާފަރުގެ އެދުމަށް އަހަރެން ހުރީ ދޮރަށް ފުރަގަސްދީގެންނެވެ. އަދި ހަމަ އޭނާގެ އިޝާރާތަށް އަހަރެން ދެލޯވެސް މަރާލީމެވެ. ފުޅާ ހިނިތުންވުމެއްގައި އެނބުރިލުމަށްފަހު ލޯ ހުޅުވާލީ، އެސިފައެއް ދުށުމަށް ކެތްމަދުވެފައިވާ އަހަރެންގެ ވާންއުޅޭ އަނބިމީހާ މިރޭ ދެކިލާހިތުންނެވެ. ދެލޯ ބޮޑުވެގެން ދިޔައީ މިއަދު އޭނާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައި...

ސަލާމާ ޢަބްދުލް ޢަލީމް