ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް އެ މައްސަލާގައި ލޯންޑާ ކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދޭން ކޯޓުން މިދިޔަ މަހު އަމުރެއް […]
ހުސައިން ހަބީބް
ގދ. މަޑަވެލި – ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން، ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރަމުން ދަނީ ބްރިޖުގެ ފައުންޑޭޝަން ޕައިލް ޖެހުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 […]
އަޙްމަދު ވަހީދު
ޖަލުގެ އާބާދީގެ 80 އިންސައްތަ ގައިދީންނަކީ އެންޑީއޭގެ ފަރުވާނުލިބި ތިބި މީހުން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅިގެން ކުރި މަސައްކަތުން، ޖަލުތަކުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭ 300 މީހުން، އެ ޕްރޮގްރާން ފުރިހަމަނުކޮށް އެބަތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މަސްތުވާތަކެތި ހާލަތު ގެނެގަތުމަށް ހެލްތު މިނިސ...
މުޙައްމަދު އަފްރާޙް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. ބީއެމްއެލުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރެވޭނެ ކަަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނި ގޮތުގައި...
އަޙްމަދު ވަހީދު
މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ސްޕެއިން ކެޓުމާއި ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ލުއިސް އެންރީކޭ އެ މަގާމުން އިސްތިއުފާ ދިނުމާއިއެކު ސްޕެއިންގެ އައު ކޯޗަކަށް ހަމަޖެއްސި ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ސްޕެއިންއާއި ނޯވޭ ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ރޭގެ […]
އިބްރާހިމް ޚަލީލް
ގއ. ވިލިނގިލީ ބަނދަރު ތަރައގީ ކުރުމުގެ މަޝްރޫއޫގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 45 އިންސައްތަ ފުރިހަމަކޮށްފައެވެ. އަދި، އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަ ބޭސިން ފުންކުރުމާއި، 275 […]
އަޙްމަދު ވަހީދު
އާދެ، “ރޯދަކުރުކުރުމޭ” ބުނުމަކީ އެންމެ ރަނގަޅު ޢިބާރާތަކަށް ފަހަރެއްގައި ނުވެދާނެއެވެ. އެހެނީ، “ރޯދަކުރުކުރުން” ޢާންމުކޮށް ބޭނުންކުރެވެނީ ރޯދަ ހިފައިގެން ހުރެ އެ ދުވަހެއްގެ ވަގުތު ދުއްވައިލުމުގެ މާނައިގައެވެ. ނުވަތަ ރޯދަ ހިފައިގެން ހުރެ މުނިފޫހިފިލުވުމަށް ކުރެވޭ ކަންކަމަށެވެ. އެހެނަސް އެ ޢިބާރާތް ހަމަ އެ ގޮތުގައި ބޭއްވުމަށް ފަހު، މި ތަނުގައި އޭގެ މާނައަށް ބަދަލުތަކެއް ގެނެސް، ރަނގަޅު މާނައެއްގައި ބޭނުން ކުރުމަކީ މައްސަލައެއް ކަމަކަށް ނުފެނެއެވެ. މި ލިޔުމުގައި “ރޯދަކުރުކުރުން” މި މާނަކުރަނީ ރޯދަ...
ޝެއިޚް ޝަފީއު އަބްދުﷲ
ރަނގަބީލްގެ އަޑާއެކު ހުރިހާ ކުދިންވެސް ތެޅިގަތީ، އަވަހަށް ގެއަށްދާށެވެ. އިންޓަވަލަށް ލިބޭ ބައިގަޑި އިރުގެ ތެރޭގައި ރަނގަޅަށް ސައިބޮއިގެން ނާދެވިދާނެތީއެވެ .އަދި ސްކޫލާ ދުރުގައި އުޅޭ ކުދިންނަށް އަވަހަށް ގެއަށް ނުދެވިދާނެތީއެވެ. އެހެން ކުދިން ފަދައިން އަހަރެންވެސް އަވަސް އަވަހަށް ގެއާދިމާލަށް މިސްރާބުޖެހީމެވެ. ފަޔަށް ލެވުނުހާ ބާރެއްލައިފައި އަހަރެން ހިނގީމެވެ. ގެއާއި ހަމައަށް އާދެވޭއިރު ހުންނަނީ ވަރުބަލިވެފައެވެ. އަދި މުޅިމީހާ ދާހިއްލާ ފޯވެސްވެފައެވެ. އެހެންކަމުން އާދައިގެ މަތިން މިއަދުވެސް އަހަރ...
ސަލާމާ ޢަބްދުލް ޢަލީމް
މޯލްޑިވްސް ރީޕޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ފާޅު ކުރައްވައިފިއެވެ. ފާރިސް މިކަން ހާމަކުރެއްވީ ކްލަބްހައުސްގައި “މާއްދާ27” ގްރޫޕުގައި ވާހަކަ ދައްކަވަމުންނެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފާނަންތޯ ބައިވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނަމަ، ވާދަކު...
މުޙައްމަދު އަފްރާޙް
ކުރީގެ ޢަދަދާއިގުޅޭ، ” ސަޕްރައީޒް!….” ހެވިފައި އެތެރެއަށް ވަތް ނަދާފެނި ޒައިންއަށް ތެޅިގަނެވުނެވެ. އުޝާއަށްވެސް ކުއްލިއަކަށް ދުރަށް ޖެހިލެވުނެވެ. ނަދާގެ ފަހަތުން ހެވިފައި އަމީރާއާ ފަހުމީވެސްވަނީ ހެމުންނެވެ. ޒައިންއާ އުޝާ އެހާ ގާތުން ފެނުމުން ނަދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހެވިފައިވާ އޭނާގެ މޫނުމަތި ބަދަލްވެގެން ދިޔަގޮތް އުޝާއަށް ރަނގަޅަށް ފެނުނެވެ. ޒައިން އަވަސް އަވަހަށް އުޝާއާ ދުރަށް ޖެހިލަމުން ކޮޅަށް ތެދުވިއެވެ. ކުއްލިއަކަށް ނަދާ ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހުއްޓުން އަރާފައި ހ...
ސަލާމާ ޢަބްދުލް ޢަލީމް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބު އޮބްޒާވްކޮށް، މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކާއި ބޭރުގެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މާރިޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ ސިޔާސީ ހަރަކާތް، ”ފިކުރެއްގެ ދިރުން” އަކީ އަމާޒެއް ނެތި ދަތުރުކުރާ ބޮއްކުރައެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ޝަރީފް މި މޭރުމުން ވިދާޅުވީ، ރައީސް ޞާލިޙް ދެވަަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނުގެ ވެރިކަންކުރައްވާ މިހާރުގެ އިއްތިހާދުގައި ހިމެނޭ ބައެއް ޕާޓީތައް އާނބަސް ނުބުނުމުން އެކަމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މ...
ޔުމްނާ ޢަލީ
މިިދިޔަ އަހަރު އެންމެ ހޫނު ގަދަ ދުވަސްތައް އައީ ހދ. ހަނިމާދުއަށާއި ލ. ކައްދު އަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ. އެ އިދާރާ އިން ހާމަކުރި ރާއްޖޭގެ މިދިޔަ އަހަރުގެ މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ދެ ރަށަށް ވެސް އެންމެ ހޫނު ގަދަ ވި ދުވަހު، 33.8 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން އަރާފައި ވެއެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި ހަނިމާދުއަށް ހޫނު ގަދަވީ މިދިޔަ އަހަރުގެ އޭޕްރިލް […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޮކޭޑަށް ހުރަސް އެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގާ މީގެ ކުރުން ވެސް 4 މީހަކު ހައްޔަރުކޮށްފައިވާއިރު، އިއްޔެ ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފައެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވ÷ޑު ހަފުލާއަށް ފަހު، މޭލެ ވަޑައިގަންނަވަނިކޮށެވެ. އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ، ސެކިއުރިޓީ ބް...
މުޙައްމަދު އަފްރާޙް
ތިން ރަށެއްގެ ބައި އިލެކްޝަން ބާއްވާ ތާރީޚު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފިއެވެ. އީސީ އިން އިއުލާން ކޮށްފައިވަނީ ވ. ރަކީދޫ، ވ. ތިނަދޫ އަދި އދ. ދިއްދޫ ގެ ބައި އިލެކްޝަން މެއި 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ […]
މުޙައްމަދު އަފްރާޙް
ބ. އަތޮޅު ފަރެސްގައި ތަރައްގީކުރާ ރިސޯޓު މެއި މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. އަވާނީ ހޮޓެލްސް އިން ތަރައްގީ ކުރާ މި ރިސޯޓު ހުޅުވުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. ގާތްގަޑަކަށް 70 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އަދި އޯވަރ ވޯޓަރ ވިލާތައް ހުންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާ އަދި ބޮޑު ސްވިމިންގ ޕޫލެއް […]
މުޙައްމަދު އަފްރާޙް
ޔޫރޯ 2024، ކޮލިފައިން ގްރޫޕް ބީގެ ފުރަތަމަ މެޗުތައް ރޭ ކުޅެފައިވާއިރު، މި ގްރޫޕުގައި ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗަށް ނެދަލެންޑްސް ނުކުމެފައި ވަނީ ކާނާ ވިހަވުމުގެ ސަބަބުން އެ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. ކާނާވިހަވެ މެޗުގެ ކުރިން ޓީމްގެ ކޭމްޕް ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ކޯޑީ ގަކްޕޯ، މަތައިސް ޑި ލިޓް، ޖޯއީ ވާމެން، ބާޓް ވާބްރުގެން ހިމެނެއެވެ. ރޭ ފްރާންސްގައި ކުޅުނު […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސް އިން މި ރޯދަމަހު ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދޭން ނިންމައިފިއެވެ. އެ ކުންފުނިން ވަނީ”ކޮމިއުނިޓީ އިފްތާރު” ގެ ފުރަތަމަ ރޯދަވީއްލުން އިއްޔެ ސަލްމާން މިސްކިތުގައި ބާއްވާފައިފައެވެ. “ކޮމިއުނިޓީ އިފްތާރު” އަކީ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ “ހަދިޔާ” ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލު...
އަޙްމަދު ވަހީދު