މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުގެ ރޯދަ އިނާޔާތުގެ އިތުރަށް 2،000 ރުފިޔާ ދޭން ނިންމައިފިއެވެ. އެމްޕީއޭލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުންގެންދާ ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭ 3000 ރުފިޔާގެ އިތުރަށް “ރޯދަ ހަދިޔާ” ގެ ގޮތުގައި އިތުރު 2000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ. އެމްޕީއެލުން ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމީ އެ ކުންފުނިން ނިންމީ […]
އަޙްމަދު ވަހީދު
ސްޕެނިޝް ލީގުގެ ސެވިއްޔާގެ ކޯޗްގެ މަގާމުގައި ހުރި ޖޯޖް ސަމްޕޯލީ އެ މަގާމުން ވަކިކޮށްފިއެވެ. އާޖެންޓީނާގެ ގައުމީ ޓީމަށާއި ޗިލީއަށް ވެސް އިރުޝާދުދިން އުމުރުން 63 އަހަރުގެ ސަމްޕޯލީ ދެވަނަ ފަހަރަށް ސެވިއްޔާއާއި ހަވާލުވެފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. ސަމްޕޯލީގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިވަގުތު އެ ޓީމް އޮތީވެސް ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 26 މެޗުން 28 ޕޮއިންޓް […]
އިބްރާހިމް ޚަލީލް
ދިވެހި ރާއްޖެ އަށް ވެސް ރޯދަ މަހުގެ ފުރަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. ރާއްޖޭގައި ހަނދު ސާބިތު ކުރުމަށް މިރޭ ވެރިރަށް މާލޭގައި ބޭއްވި އިހްތިފާލަށްފަހު ނެރުނު ހަނދާއި ބެހޭ ގަރާރުގައި ބުނެފައި ވަނީ މާދަމާ އަކީ މި އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި މިއަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށެވެ. ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ކަމަށް ކަނޑައެޅިއިރު، […]
ޔުމްނާ ޢަލީ
ސަޢޫދީ އަރަބިއްޔާ އަށް 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސްކަމަށް އެ ޤައުމުން ކަނޑައަޅައިފިއެވެ. ސައޫދީ މީޑިއާއިން ބުނީ އެ ޤައުމަށް ހަނދު ފެނިފައިނުވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. https://twitter.com/haramaininfo/status/1638197192040288256?s=52&t=hIpg_lDhBPC5q11xHhJEiw އެހެންކަމުން ތަރާވީޙް ނަމާދު އޮންނާނީ މާދަމާ ރޭ ކަމަށް ވެސް އެ ޤައުމުގެ މީޑިއާއިން ބުނެފަ...
ޔުމްނާ ޢަލީ
ފްރާންސްގެ ގައުމީ ޓީމުގެ އާ ކެޕްޓަނަކަށް އެ ޓީމްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ހަމަޖައްސައިފިއެވެ. ފްރާންސް ގައުމީ ޓީމްގެ ކެޕްޓަންކަން ކުރަމުން އައި އެ ޓީމްގެ ތަޖުރިބާކާރު ގޯލް ކީޕަރ ހޫގޯ ލޮރިސް ވަނީ ފާއިތުވި އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓީގައި ބަލިވި ފްރާންސްގެ ކެޕްޓަންކަން ލޮރިސްވަނީ ފާއިތުވި ދިހަވަރަކަށް އަހަރު ކޮށްފައެވެ. ވޯލްޑް ކަޕަށް ފަހު […]
އިބްރާހިމް ޚަލީލް
ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރުކުރި އެމެރިކާ މީހަކަށް ދައުވާ ނުކޮށް, އޭނާ ޑީޕޯޓް.ކޮށްލަން ނިންމައިފި އެވެ. މިދިޔަ އަހަރުގެ މެއި މަހު ވައިގެ މަގުން 1.87 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެމެރިކާ އަންހެނަކު ހައްޔަރުކޮށް، އޭނާ މައްޗަށް އޮތީ ދައުވާކޮށްފަ އެވެ. .ޕީޖީ އޮފީހުން މިއަދު ބުނީ އޭނާ ގައުމަށް ޑީޕޯޓްކޮށްލަން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް […]
ހުސައިން ހަބީބް
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ފަށަން އެކަމުގެ އެއްބަސްވުމުގައި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) އާއެކު އެ ކައުންސިލުން އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ. އަދި އެމްއައި ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބުދުލް ހާދީ އެވެ. މި ޕްރޮގްރާމްގެ ދަށުން ދެ ކޯހެއް ހިންގާނެ ކަމަށް […]
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެ ޕާޓީން ވަކިވެއްޖެއެވެ. ހަނަފީ ޖޭޕީން ވަކިވެ، ޖޭޕީގެ ލީޑަރަށް ސިޓީއެއް މިއަދު ފޮނުއްވާއިރު، އޭނާ އެ ޕާޓީން ވަކިވެފައި މިވަނީ އިއްޔެ އޭނާއަށް ޖޭޕީގެ ލީޑަރު، ގާސިމްގެ އެޑްވައިޒަރުގެ މަގާމު ވެސް ހަމަޖައްސާފައި ވަނިކޮށެވެ. ޖޭޕީން ވަކިވާން ނިންމައި ފޮނުވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ޖޭޕީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް […]
ޔުމްނާ ޢަލީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބަުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރުން މެއި 5 ގައި ބޭއްވުމަށް ނިންމައިފިއެވެ. އެ ޕާޓީން ބުނީ މިގޮތަށް ނިންމީ ރޭ އެ ޕާޓީން ބޭއްވި ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި ކަމަށެވެ. މި ޖަލްސާގެ ރިޔާސަތު އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ބެލެހެއްޓެވިއިރު، ރިޔާސީ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެ ޕާޓީގެ ނާއިބު ރައީސް ހުސޭން އިސްމާއިލް […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާޙީމް މުޙައްމަދު ސާލިހުގެ ސެކިއުރިޓީ ފެއިލްވި މައްސަލަ އެމްއެންޑީއެފާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންބަލަން ފަށައިފިއެވެ. 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމިޓީން މައްސަލަ ބަލަނީ އަމިއްލަ އިސްނެގުމަށް ކަމަށާއި އެ ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:00 ގައި ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައިވަނީ ޖެންޑަރ މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި ރަސްމީ ޖަލްސާ ނިންމާލެއްވުމަށް ފަހ...
މުޙައްމަދު އަފްރާޙް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ޗެމްޕިއަންކަން ހިޔަލަ ޓީމުން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ހަނިމާދޫ އިޖްތިމާއީ މަރުކައޒު މަލްޓިޕާޕަސް ޓާފް ވޮލީ ކޯޓުގައި ކުޅުނު ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ހިޔަލައާއި ރެއަރ ސްކޮޑެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީ އިސްތިއުފާ ދެއްވުމަށް ގޮވައިލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. އޭނާ މި މައްސަލަ ހުށަހަޅުއްވާފައިވަނީ ރައީސް ސާލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ މި މަސައްލައިގާ ވަނީ ރައީސް ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްކޮށް، ޕީޕީއެމްގެ އިހުތި...
މުޙައްމަދު އަފްރާޙް
މާލެއިން 46 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު ކަމަށެވެ. އޭނާ މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެއީ އުމުރުން 46 އަހަރުގެ މީހެއް ކަމަށާއި 2023 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ރިފޯޓްކޮށްފައިވަނީ މާރިޗު […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ހަތަރު ފިރިހެނުން ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަދި ފޮޓޯ އިން ފެންނަގޮތުގައި ރައީސްގެ މޮޓޯކޭޑު ބޮޑުތަކުރުފާނު މަގުން ދަތުރުކުރަނިކޮށް ހުރަސްއަޅާފައިވަނީ އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއިން ބައެކެވެ. އެއީ މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ އިދިކޮޅު ޕްރޮގްރެސިވް ކޯ...
މުޙައްމަދު އަފްރާޙް
އަންހެނުން ބާރުވެރިކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވަނީ މި އަހަރުގެ ރެހެންދި އެވޯޑް މިރޭ ޙާޞިލުކުރެއްވި ފަރާތްތަކަށް އެ ވޯޑު ހަވާލުކޮށް ދެއްވާފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ ވެސް ހިމެނ...
ޔުމްނާ ޢަލީ
ދެން މަސައްކަތް ކުރަންވީ، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ހުރިހާ ދާއިރާއެއްގައިވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ މަޤާމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަނު ކުރެއްވިކަން އިއްޔެ މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައި ޢިއުލާން ކުރެއްވީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމެވެ. ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި އިއްޔެ ހަމަޖެއްސެވީ ކުރިން އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅެކެވެ. އެއީ ވިލިމާލެ ދާއިރާ...
ޔުމްނާ ޢަލީ
ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީން ބުނީ ގުޅީ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، 10.15 ހެކްޓަރުގެ ބިންހިއްކުމާއި، 940 މީޓަރުގެ ހިލަ ރިވެޓްމެންޓެއް ޖެހުން ހިމެނޭ ކަމަށެވެ. އަދި 362 މީޓަ...
އަޙްމަދު ވަހީދު