އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ “ޕްރިމިއަމް ފޯ ގުޑް” ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލައިފިއެވެ. އެލައިޑް ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައަށް ފައިދާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަމާއޮ އިޖުތިމާއީ ހިދުމަތާއި، ތިމާވެށި ރައްކާތެރިކުރުމާ...
އަޙްމަދު ވަހީދު
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ)ގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަދި ވޯލްޑް ބޭންކުގެ ފ...
އަޙްމަދު ވަހީދު
ހދ.އަތޮޅުގައި ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ރަށަކީ ހަނިމާދޫއާއި ކުޅުދުއްފުއްޓެވެ. މި ވާދަވެރިކަމަކީ އައްޑިހައިގެ ފަހުކޮޅު ނުވަތަ ނުވަދިހައިގެ ކުރީކޮޅުން ފެށިގެން މިއަދާ ހިސާބަށް ވެސް ދަނޑުމަތީގައި ބަދަލެއް ނާންނަ ވާދަވެރިކަމެކެވެ. ވާދަވެރިކަން އެކަންޏެއް ނޫނެވެ. ފާއިތުވެދިޔަ ދިގު މާޒީގައި ހދ އަތޮޅުގައި ބޭއްވުނު ގިނަ ފުޓްބޯޅަ މުބާރާތްތަކުގެ ތަށިތައް ވެސް ހުރީ މި ދެ ރަށުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާ...
އިބްރާހިމް ޚަލީލް
ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި.އެމްވީއާ ގުޅި އޮންލައިންކޮށް މި ހިދުމަތަށް އޯޑަރު ކުރެވޭނެ ގޮތް ފަހިކޮށްދީފިއެވެ. މި ޕާޓްނަރޝިޕާއެކު މޫލީ މެދުވެރިކޮށް ބަކަރިއެމްވީ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޤުރުބާނީގެ އުލްޙިއްޔާ، އަޤީޤާ ނުވަތަ ފިދްޔާ އަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުސަތު މިހާރު ލިބޭނެއެވެ. މޫލީއަށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކު...
އަޙްމަދު ވަހީދު
ފްރައިޓް ފޯވަރޑިންގެ ވިޔަފާރި ރާއްޖޭގައި މިހާރު އަންނަނީ ހަލުވި ސްޕީޑްގައި ފުޅާވަމުންނެވެ. ބޭރުގެ ޤައުމުތަކުގެ ކުންފުނިތަކުން ކޮންޓްރޯލް ކުރަމުން އަންނަ ފްރައިޓް ފޯވާރޑިން ވިޔަފާރީގެ ތެރެއަށް ދިވެހި އަމިއްލަ ކުންފުނިތަކުންވެސް މިހާރު އަންނަނީ ވަންނަމުންނެވެ. މިގޮތުން ޗައިނާ، ބެންކޮކު، މެލޭޝިޔާ، އިންޑިޔާ އަދި ލަންކާ ފަދަ ޤައުމުތަކުން އަމިއްލަފަރުދުން އޮންލައިންކޮށް ގަންނަ މުދާ ކަނޑުމަގުން އަދި ވައިގެ މަގުން ހެޔޮއަގުގައި ގެނެސްދިނުމުގެ އިންތިޒާމު ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން މިހާރު އަންނަނީ ހަ...
އިބްރާހިމް އަސްވާޤް
މިދިޔަ މަހު މާލެ ސަރަހައްދުގައި 185 ކައިވެނިކޮށް އަދި 132 މީހަކު ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ. ފެމިލީ ކޯޓުން އާންމުކުރި ހިސާބުތައް ބުނާގޮތުން މިދިޔަ މަހު ވެސް އެންމެ ގިނައިން ހުށަހެޅީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. ވަރިވުމަށް އެދި އަންހެން މީހާގެ ފަރާތުން 75 މައްސަލައެއް އަދި ވަރިކުރަން ފިރިހެނުންގެ ފަރާތުން 36 މައްސަލައެއް ހުށަހެޅި އެވެ. މިދިޔަ މަހު ވަރީގެ 168 މައްސަލައެއް ހުށަހެޅި އެވެ. އަދި ކުރީ މަހުގެ […]
ހުސައިން ހަބީބް
ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީ ކުރުން ލަސްކުރާ ކަމަށް ބެލެވޭކަމަށްބުނެ، އެ ޕާޓީ ރަޖިސްޓަރީ ކުރުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މިއަދު އީސީ އަށް ހިނގައްޖެއެވެ. “ދަ ޑިމޮކްރެޓްސް” އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ. “ދަ ޑިމޮކްރެޓްސް” ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުން ބުނީ”ދަ ޑިމޮކްރެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކުން އުމުރަށް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން އޭނާއަށް ދައުވާ ކުރެވޭނެ ކަމަށްް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި […]
ހުސައިން ހަބީބް
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރިމައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް އެ އިދާރާއިން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެ ފަތުރުވެރިޔާއަކީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ޖޫން 6 ވަނަ ދުވަހުއެވެ. ’’މި މައްސަލާގައި ތަހުގީގަށް ބޭނުންވާ ސާމްޕަލްނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް ފު...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، “ޝަހާނާ؟ ވަދީފާގޭ ޝަހާނާ؟ އޯހް! އެ މަންޖެގެ ގޮތެއް ނޭނގެ! އެކަމަކު ގައިމުވެސް އެ ވަދީފާއަކީ ވަރަށް މުށްބާރު ދަހި މީހެކޭ ބުނާތީ އަހަން.. އަނެއްކޮޅުން ތަޢުފީޤަކީ އަތުންފައިން މަސައްކަތެއް ކުރާ މީހެއްނޫން. ކުރަން އެނގޭވެސް މީހެއް ނޫން.. ވަދީފާވެސް އެހާ މުށްބާރުވަނީ އަސްލު އެހެންވެ! އާނ އޭނަ ހޯދާ ފައިސާ ހުސްވީމަ ހުސްވީތާ..” ޝާކިރު އެހެން ބުނި އަޑު ގޭތެރެއިން ނިކުތް ޖާވިދަށް ރީތިކޮށް އަޑުއިވުނެވެ. އެއާއިއެކު ޝާކިރުގެ އިތުރުން ފާއިޒާއަށްވެސް ޖާވިދު […]
ސަލާމާ ޢަބްދުލް ޢަލީމް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ކޮރަލްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހަނިމާދޫއިން ކޮރަލްސްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނުނީ ލަސް ކުޅުމެކެވެ. […]
އިބްރާހިމް ޚަލީލް
މިއަހަރުގެ ހައްޖު އަޅުކަން އަދާކުރަން ރާއްޖެއިން ފުރި ހައްޖާޖީންގެ ތެރެއިން 1211 ހައްޖާޖީންނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން ވަނީ 1211 ހައްޖާޖީން އެއަރޕޯޓަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ 10 ބަހެއް މާލެއިން ހުޅުލެއަށް ދަތުރުކުރި ހައްޖާޖީންނަށް ހާއްސަކުރިއެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ހުޅުލެއަށް ދަތުރުކުރި ހައްޖާޖީ...
އަޙްމަދު ވަހީދު
މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގައި މީގެ ކުރީގެ ސަރުކާރުތަކާއި ބަލާފަ މާބޮޑަށް ވެސް އިސްކަން ދެއްވައިގެން އަޑުއެއްސެވި ފަސް އަހަރު ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެޕާޓީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން އިއްޔެ ބޭއްވި ވޯކްޝޮޕް ފައްޓަވައިދެއްވައި ވާ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ އެންމެ ބޮޑު އެއް އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިލެކްޓްރޯނިކްސް އަދި ގެޖެޓް ވިއްކާ އައިއެމް ޓެކްއާ ގުޅިއްޖެއެވެ. މި ޕާޓްނަޝިޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ހެޔޮ އަގެއްގައި، ތަފާތު ވައްތަރުގެ އިލެކްޓްރޯނިކްސް އާއި ގެޖެޓް ފޯރުކޮށްދީ، ފަސޭހަކަމާއެކު އެތަކެތި ގަނެގެން ގެއާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް މޫލީން ބުނެއެވެ އައިއެމް ޓެކްއަކީ ޒަމާނީ ޓެކްނޮލޮޖީ އެންމެންނަށް ވެސް ތަޖުރިބާކުރެވ...
އަޙްމަދު ވަހީދު
މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސްތަކުގެ ތެރެއިން ހދ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އިދިކޮޅު ޕްރެގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބު ކޮށްފިއެވެ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބޭއްވީ އެ ކޮމެޓީއަށް އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރު ރަމްލާ އާދަމް އިސްތިއުފާ ދީފައިވާތީއެވެ. އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ޕީޕީއެމު...
ޔުމްނާ ޢަލީ
ރާއްޖޭގެ ގުދުރަތީ ހިތްގައިމުކަމާއި ކަނޑުފަޅުގެ މުއްސަނދިކަމާއި ރީތިކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ އަގުހުރި ނިއުމަތް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އޯޝަން ޕްލެޖް” އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. ނައިބު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ނުރައްކާތަކާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ފަރާތްތަކަކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތައްކަން ފާހަގަކުރައްވާފައެވެ....
މުޙައްމަދު އަފްރާޙް
ރާއްޖެ އިސްލާމްވިތާ ގާތްގަޑަކަށް 900 އަހަރުވާން އަންނައިރު، ވޭތުވެދިޔަ ފަންސަވީހަށް އަހަރަށްވުރެ ބޮޑަށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފެދި، ދީނީ އިލްމުވެރިން ގިނަ ދުވަސްވަރެއް ނާންނަކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާ ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ބޭއްވި ޖަލްސާގައިދެެއްކެވި ވާހަކަފުޅުގައެވެ. އިމްރާން ވިދާޅުވީ އޭގެތެރެއިން 18 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް އައ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ވެރިކަމެއްގައި ދިވެހި ރާއްޖެ، މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގައި އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ނާޒިމްގެ މެނިފެސްޓޯ މިހާރު ޢާންމު ކުރައްވާފައިވާއިރު، އެ މެނިފެސްޓޯގެ ވަޢުދުތަކާއި ގުޅޭގޮތުން މީސް މީޑިއާގައި ކުރެއް...
ޔުމްނާ ޢަލީ