އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލައިފިއެވެ.

އެލައިޑް ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައަށް ފައިދާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަމާއޮ އިޖުތިމާއީ ހިދުމަތާއި، ތިމާވެށި ރައްކާތެރިކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް މި ފަންޑުގެ ދަށުން ވަނީ ހުޅުވާލާފައެވެ.

Ad
rt

މިފުރުސަތަށް އެދި އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން communityfund@allied.mv އީއެމްއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.

މި ފަންޑަށް އެދި އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެލައިޑް އެޑިޔުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެކެވެ. މި ފަންޑަށް ވެސް އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އީމެއިލް educationfund@allied.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅަން ޖެހޭނެއެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

އެލައިޑުން ފާހަގަކުރާ ގޮތުގައި ފަންޑިން ޕްރޮގްރާމްތަކަކީ ވަރަށް އުއްމީދާއެކު އެލައިޑުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މިފަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް އެލައިޑުން ބުންޏެވެ. އެހެންކަމުން މިޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިއުމަކީ މިޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމަަށްވެސް އެ ކުންފުނިން ބުންޏެވެ.