ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރިމައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް އެ އިދާރާއިން ބައްލަވަމުން ގެންދަވާ ކަމަށެވެ.
އެ ފަތުރުވެރިޔާއަކީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ޖޫން 6 ވަނަ ދުވަހުއެވެ.
’’މި މައްސަލާގައި ތަހުގީގަށް ބޭނުންވާ ސާމްޕަލްނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން’’ ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!