ކަނޑުދަތުރުކުރާ ފަރާތް ތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ.
އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހާއްސަކޮށް މެދު ރާއްޖެތެރޭ އާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން ކަނޑުދަތުރަށް ފެށުމުގެކުރިން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށާއި ކަނޑުދަތުރުކުރާ އުޅަނދުގައި ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯ ރަނގަޅަށް ބެލުމަށް ވެސް އެ އިދާރާ އިން އިލްތިމާސް ކުރެއެވެެ.
ކަނޑުދަތުރުކުރާ ފަރާތް ތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއްވިއިރު، މި ދުވަސް ވަރަކީ، ސްކޫލް ބޮޑު ޗުއްޓީއަށާއި، ބޮޑު ޢީދު ބަންދަށް ގިނަ ބަޔަކު އެކި ރަށްރަށަށް ދަތުރު ކުރަމުންދާ ދުވަސްވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!