ފުރާ މީހުން ތިން ގަޑިއިރު ކުރިން އެ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފިއެވެ.
އެ ކުންފުނިން މިކަމަށް އިލްތިމާސްކޮށް ކޮށްފައިވާ މިވަނީ ބޮޑު ޗުއްޓީއާއި ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ފުރާ މީހުން ގިނަ އަދަދަކަށް އެއާޕޯޓަށް ދާތީއެވެ.
އެމްއޭސީއެލް އިން ބުނީ އެމީހުންނާއެކީ އެއާޕޯޓަށް ދާ މީހުން ވެސް ގިނަވުމުގެ ސަބަބުން ބާރު ބޮޑުވާމީހުންގެ ކިއު ދިގުވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭވުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ.
މީގެ އިތުރުން "އިމުގާ ފޯމް" ކުރީ ބަައިގައި ފުރިހަމަކުރުމަށް ވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން އެއާޕޯޓުގެ އޮޕަރޭޝަން ފަސޭހަކުރުމަށް ފަސިންޖަރުންގެ އެއްބާރުލުން ދިނުމަށް ވެސް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!