މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1005 ވަނަ ޞަފްޙާ

''މާފަރުން ފެނުނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން''

''މާފަރުން ފެނުނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން''

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދުން ޖަނަވާރެއް ފެނިގެން އިއްޔެ އާންމުވި ވީޑިއޯއިން ފެންނަނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން ކަމަށް މާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. މާފަރު ކައުންސިލުން މިއަދު ވިދާޅުވީ، އެރަށު އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ފަދަ ޖަނަވާރެއްކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިން ބެލިބެލުމުން މިހާތަނަށް މިނިކާވަގެއްފަދަ ޖަނަވާރެއް ފެނިފައެއް ނުވެއެވެ. އަދި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށް ސިފައިނ...

ޔުމްނާ ޢަލީ
ބޮލުން އިސްތަށި ކޮށުން ނުވަތަ އުފުރުމުގެ ޙުކުމަކީ ކޮބާތޯ؟

ބޮލުން އިސްތަށި ކޮށުން ނުވަތަ އުފުރުމުގެ ޙުކުމަކީ ކޮބާތޯ؟

ޖަވާބު: އިޙްރާމް ބަނެގެންވާ ޙާލުގައި ބޮލުގެ އިސްތަށި ބޭލުން ޙަރާމް ކަމުގެ ދަލީލު: ﴿وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ﴾(سورة البقرة-196)  މާނަ: އަދި ހަދްޔު، ކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! މުޙްރިމު (އިޙްރާމް ބަނދެފައިވާ މީހާ) ބޮލުގެ އިސްތަށި ބޭލުން ހުއްދަނުވާނެކަން ވަރަށް ޞަރީޙަކޮށް މިއާޔަތުން އެނގެއެވެ. އެކަމާމެދު އެއްވެސް ޚީލާފެއް ނެތެވެ. މިއާޔަތުގައި ބޯ ބޭލުން ޙަރާމް ކުރައްވާފައި އޮތުމުގެ ތެރެއަށް އިސްތަށި ކޮށުމާއި އުފ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ރާވެރި އާއިލާއެއްގެ ހުވަފެން ހަޤީގަތަކަށް، ''މަރޮށީ ދިޔާހަކުރު'' ބާޒާރަށް!

ރާވެރި އާއިލާއެއްގެ ހުވަފެން ހަޤީގަތަކަށް، ''މަރޮށީ ދިޔާހަކުރު'' ބާޒާރަށް!

ރާވެރިކަން ނުވަތަ ރުއްއެރުމަކީ އިހު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުންއައި ގަދީމީ މަސައްކަތެކެވެ. އިހުގައި މުޅި ރާއްޖޭގައި މި މަސައްކަތް ކުރަމުންއައި ނަމަވެސް ށ.އަތޮޅު މަރޮށްޓަކީ ރާވެރިކަމުގައި ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ރަށެވެ. ހާއްސަކޮށް ރުކު ރަލުން ތައްޔާރުކުރެވޭ، މަރޮށީ ކަރުހަކުރާއި ދިޔާހަކުރަކީ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ތަކެއްޗެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތައް ޒަމާނާއި އެއްގޮތަށް ބަދަލުގެނެވި އެއިން ނަފާ ހޯދުމުގެ ވިސްނުމަކީ މިއަދު ދިވެހިންގެ ތެރޭގައި އާލާ...

އިބްރާހިމް ޚަލީލް
ގޯތި ލިބޭ މީހުން ޢިއުލާން ކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު

ގޯތި ލިބޭ މީހުން ޢިއުލާން ކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު

ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްކަމަށާއި، މިސަރުކާރުގެ 20000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ވެސް ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ “ބިންވެރިޔާ ސްކީމް”ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމުން ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް...

މުޙައްމަދު އަފްރާޙް
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފި

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފި

“ބިންވެރިޔާ ސްކީމް”ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން މިއަދު ޢާންމު ކުރައްވައިފިއެވެ. މި ވަގުތީ ލިސްޓް މިހާރު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައިކަމަށް ސަރުކާރުން މިއަދު ވަނީ ވިދާޅުވެފައެވެ. ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފު...

ޔުމްނާ ޢަލީ
ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ: ސަރުކާރު

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ: ސަރުކާރު

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރުމުގެ މައުލޫމާތު ހިއްސާކުރުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރާ ފަރާތްތަކުގެ ވަގުތީ ލިސްޓު...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގައި ގޯތިތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް

ކުޅުދުއްފުށީގައި ގޯތިތެރޭގައި ގަސް އިންދާ ހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް

ގޯތިތެރޭގައި ގަސްއިންދާ ހައްދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ހިންގައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްމޯލް އައިލެންޑް ޖޯގްރަފިކް ސޮސައިޓީ ގުޅިގެން ހިންގާ “ސަސްޓެއިނަބަލް ލައިވްލިހުޑް އެންޑް އިކޮނޮމީ ރިކަވަރީ ޕްލޭނިންގ ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޓްރެއިނިންގެ ތެރެއިން، ގަސްގަހާއި ގެހި ހެއްދުމަށް ބޭނުންވާ ތިއަރީ ސެޝަންތަކާއި ގަސްގަހަށް ޖެހޭ ބަލިތައް ދެނެގަންނެ ކޮންޓްރޯލް ކުރާނެގޮތާއި، ގަސް އިންދުމާއިގުޅޭ ޕްރެކްޓިކަލް ސެޝަން ތ...

މުޙައްމަދު އަފްރާޙް
ރެއާލުން މޮޑްރިޗްގެ ކޮންޓްރެކްޓް އައުކޮށްފި

ރެއާލުން މޮޑްރިޗްގެ ކޮންޓްރެކްޓް އައުކޮށްފި

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮރޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރ ލުކާ މޮޑްރިޗް ރެއާލުގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައި ކޮންޓްރެކްޓް އައުކޮށްފިއެވެ. މޮޑްރިޗް ކުރިން ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ މިވަނީ އިތުރު އެއް އަހަރު ރެއާލުގައި މަޑުކުރަން ނިންމާފައެވެ. އައު އެއްބަސްވުމުގެ ދަށުން އޭނާ 2024 އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލުގައި މަޑުކުރާނެއެވެ. މޮޑްރިޗްގެ އިތުރުން ރެއާލުން ވަނީ އެ ޓީމްގެ ތަޖުރިބާކާރު ޖަރުމަނު މިޑްފީލްޑަރ […]

އިބްރާހިމް ޚަލީލް
"ބިންވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާ ކުރުން މިއަދު ހަވީރު

"ބިންވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާ ކުރުން މިއަދު ހަވީރު

“ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ “ބިންވެރިޔާ” މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު އޮންނާނެ ކަމަށެވެ. މިއަދު ހަވީރު 4 ޖަހާއިރު، ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތޫ ހިއްސާ ކުރައްވާނީ ގެދޮރުވެރިކަމާއި ބެހޭ ވަޒީރު މުހައްމަދު އަސްލަމް އާއި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން ކަމަށް ވެސް ވިދާޅުވެއެވެ. އެހެންނަމަވެސް އިތުރ...

މުޙައްމަދު އަފްރާޙް
އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިފި

އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިފި

ހއ. އިހަވަންދޫގެ 4 މިސްކިތެއްގައި ނެވިލޯން އަޅައިފިއެވެ. މި މަސައްކަތް ނިންމާލާފައިވަނީ މި ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެރަށުގެ ކުންފުންޏެއް ކަމަށްވާ އެރިސްޑެކަރ އާއެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަަހރުގެ އޭޕްރިލް 6 ވަނަ ދުވަހުއެވެ. މި ކަމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކައުންސިލުގެ ރައީސް އަހްމަދު ސޮބާހުއެވެ. އެރިސް ޑެކަރގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ވެރިޔާ އިބްރާހިމް ރަޝީދުއެވެ. މިކަމާއިގުޅިގެން އިހަވަންދޫ ކައުންސިލުގެ ރައީސ...

މުޙައްމަދު އަފްރާޙް
ކުލިބާލީ ސައުދީގެ އަލް ހިލާލް އަށް ބަދަލުވެއްޖެ

ކުލިބާލީ ސައުދީގެ އަލް ހިލާލް އަށް ބަދަލުވެއްޖެ

ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އައި ސެނެގާލްގެ ސެންޓަ ޑިފެންޑަރ ކަލިދޫ ކުލިބާލީ ސައުދީ ލީގުގެ އަލް ހިލާލްއަށް ބަދަލުވެއްޖެއެވެ. އުމުރުން 32 އަހަރުގެ ކުލިބާލީ އަލް ހިލާލްއަށް ބަދަލުވެފައިވާ އަގު މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ކުލިބާލީގެ އިތުރުން ވުލްވްސްގެ ކެޕްޓަން ރުބެން ނެވޭސް ވެސް ވަނީ ދާދި ފަހުން އަލް ހިލާލްއަށް ބަދަލުވެފައެވެ. ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ލީގުތަކުގައި ކުޅެމުން އަންނަ އެންމެ މަތީފަންތީގެ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ސައުދީ ލީގުގެ ޓީމްތަކުން ކުރަމުން […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ޝިކާޔަތު (6)

ސިލްސިލާ ވާހަކަ: ޝިކާޔަތު (6)

ކުރީގެ އަދަދާއިގުޅޭ، އުފަލުން ހުރެ ޝަހާނާ ގެއަށް އައިސް ވަނުމާއިއެކު އެންމެ ފުރަތަމަވެސް ފެނުނީ ކަންބޮޑުވެފައިވާ ފާއިޒާގެ މޫނެވެ. ކަންބޮޑުވުމާއިއެކު ހިތްހަމަ ނުޖެހުންވެސް ކޮންމެވެސް ވަރަކަށް އެ މޫނުން ޝަހާނާއަށް ފާހަގަ ކުރެވުނެވެ. ޝަހާނާ ނުހަނު ޖެހިލުންވެ ބިރުވެސް ގަތެވެ. މީގެ ކުރިން ފާއިޒާއަކީ އެގޮތަށް މޫނު ހަދައިގެން ހުންނަ މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. އޭރު ފާއިޒާ އިނީ މަދު ގޯންޏެއް އޮއްސާލައިގެން މަދު ފަޅާށެވެ. ޝަހާނާ ފެނުމުންވެސް އެއްވެސް […]

ސަލާމާ ޢަބްދުލް ޢަލީމް
ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމުރަން ކުރިން އެއްވެސް ބަޔަކު ނުކުރާހާ މަސައްކަތް ކޮށްފިން: މަހްލޫފް

ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމުރަން ކުރިން އެއްވެސް ބަޔަކު ނުކުރާހާ މަސައްކަތް ކޮށްފިން: މަހްލޫފް

ބަންގްލަދޭޝްއަތުން ރާއްޖެ ބަލިވުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ކަން އެހެން ދިމާވި ނަމަވެސް ފުޓުބޯޅައިގެ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތް މިސަރުކާރުން ވާނީކޮށްފައި އަދި އެދަނީ ކުރަމުން ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖޭން ކުޅުނު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބަންގްލަދޭޝް އިން ފަހަތުން އަރައި 3-1 އިން ވަނީ ރާއްޖެ ބަލިކޮށްފައެވެ. މި ނަތީޖާއާއި […]

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި 11 ޓީމެއް

ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި 11 ޓީމެއް

ހއ.އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ ހދ އަދި ށ އަތޮޅަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ “ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް” ގައި ބައިވެރިވާން ހުޅުވާލި ފުރުޞަތުގެ ދަށުން ޖުމްލަ 11 ޓީމެއް ބައިވެރިވެފައިވާކަން އެ ކުލަބުން ހާމަކޮށްފިއެވެ. މި މުބާރާތުގައި އިހަވަންދޫއިން ހަ ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ އަދި ކުޅިމަގެވެ. މި […]

އިބްރާހިމް ޚަލީލް
މުމްބާއީގެ ކޯސްޓަލް ރޯޑް މަޝްރޫއު ނިމުން ލަސްވެ, އިތުރަށް ހަރަދު ބޮޑުވަނީ

މުމްބާއީގެ ކޯސްޓަލް ރޯޑް މަޝްރޫއު ނިމުން ލަސްވެ, އިތުރަށް ހަރަދު ބޮޑުވަނީ

އިންޑިއާގެ މުމްބާއީގައި ހަދަމުންދާ ކޯސްޓަލް ރޯޑް މަޝްރޫއު ނިންމަންޖެހޭ ތާރީހަށް ނުނިމި އަދި މަޝްރޫއުގެ އަގަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން ހޭދަކުރަން ޖެހިއްޖެ އެވެ. އިންޑިއާގެ ބީއެމްސީ ކުންފުނިން ހަވާލުވި އެ މަޝްރޫއު ކުރިން ނިންމާ ގޮތަށް އޮތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ނަމަވެސް މިހާރު އެ ކުންފުނިން ބުނެފައިވަނީ މަޝްރޫއު ނިންމޭނީ މިއަހަރުގެ ނިޔަލަށް ކަމަށެވެ. އެ މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި 226 ކްރޯޑް ރުޕީސް އިތުރަށް ސަރުކާރުން ދިން ނަމަވެސް […]

ހުސައިން ހަބީބް
ކައުންސިލުން ފޯކައިދޫގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަނީ

ކައުންސިލުން ފޯކައިދޫގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަނީ

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ގެތަކަށް ފޮތި ކޮތަޅު ބެހުމަށް ހިންގާ ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ފޯކައިދޫ ކައުންސިލުން އެ ރަށުގައި މީހުން ދިރިއުޅޭ 265 ގެއަށް، ކޮންމެ ގެއަކަށް ފަސް ކޮތަޅު ބެހުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ އެ ކައުންސިލުގެ ސްޓާފުންގެ އެހީތެރިކަމާއިއެކު ގެތަކަށް ކޮތަޅު ބެހުމުގެ މަސައްކަތް އިއްޔެ […]

އިބްރާހިމް ޚަލީލް
މަޝްހޫރު އެތައް ބައެއްގެ ޓްވިޓާ ހެކްކުރި މީހާ ފަސް އަހަރަށް ޖަލަށް

މަޝްހޫރު އެތައް ބައެއްގެ ޓްވިޓާ ހެކްކުރި މީހާ ފަސް އަހަރަށް ޖަލަށް

މަޝްހޫރު އެތައް ބައެއްގެ ޓްވިޓާ ހެކްކޮށް އަދި ކްރިޕްޓޯ ސްކޭމުން ފައިސާ ހޯދި މީހަކު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ. އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ޖޯސެފް ޖޭމްސް އޯކޮނާ ވަނީ 2020 ވަނަ އަހަރު އެލޮން މާސްކާއި ބިލް ގޭޓްސާއި ބަރަކް އޮބާމާ އަދި 100 އަށް ވުރެ ގިނަ ހައި ޕްރޮފައިލް ޔޫޒަރުންގެ އެކައުންޓްތައް ހެކްކޮށްފަ އެވެ. އޭގެ ފަހުން ހިނގި ކްރިޕްޓޯ ސްކޭމްގައި އޭނާއަށް 794،000 ޑޮލަރު ލިބިފައިވެ އެވެ. ހުކުރު […]

ހުސައިން ހަބީބް
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމް.ޑީ.ޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދު...

މުޙައްމަދު އަފްރާޙް