މާލޭގެ ހެންވޭރުގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހެންވޭރުގެ ގެއެއްގައި ޚަބަރުހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު މިއަދު މެންދުރު 1:20 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަދި އެމީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ އެއީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު މައުލުމާތެއް ހާމައެއް ނުކުރައްވައެވެ. […]
މުޙައްމަދު އަފްރާޙް
މާތް ﷲގެ ހަޟުރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވާ ކަމަށް ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ. ޚުތުބާގައި ބުނީ ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި އެކަންތައްތަކުގެ ތެރޭގައި ގާޟީއަށް ހައްގު އޮޅި، ބާތިލަކީ ހައްގު ކަމުގައި ހީވުން ހިމެނޭ ކަމަށެވެ. އަދި އޭގެ ސަބަބުން އެހެންމީހުންގެ ހައްގުތައް ގެއްލިގެން ދިއުމާއި މުޖުރިމުން ކުށުން ބަރީއަ ވުން ހިމެނޭ ކަމަށް ވެސް ބުނެފައި ވެއެވެ. […]
މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ހައްޖާޖީ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ނިޔާވެފައިވާ ކަމަށެވެ. މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވީނުވީއެއް ނޭނގި ގެއްލުނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުތް ފަހުންނެވެ. މުޙައްމަދު ނަސީމް […]
ޔުމްނާ ޢަލީ
ޗެލްސީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ މޭސަން މައުންޓް، މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ޗެލްސީން އެއްބަސް ވެއްޖެއެވެ. އަންނަ ސީޒަންގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމަށް ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މައުންޓަކީ މި ޓްރާންސްފާގައި މިހާތަނަށް ޔުނައިޓެޑާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. ޗެލްސީން މައުންޓް ވިއްކާލަން ނިންމާފައި މިވަނީ އޭނާ ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސް ވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ. ޔުނައިޓެޑުން މައުންޓް...
އިބްރާހިމް ޚަލީލް
ސްވިޑްން މީހަކު ކީރިތި ޤުރްއާނަށް ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަޟްޙާ ޢީދު ދުވަހާ ގުޅުވައިގެން ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ވަރަށް އިހާނެތި ޢަމަލެއް ކަމަށާއި މި ޢަމަލު ތަކުރާރުވުމަކީ ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރ...
މުޙައްމަދު އަފްރާޙް
އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ފެތުންތެރިންގެ ޓީމު އިއުލާން ކޮށްފިއެވެ. މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނން ބުނީ 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ ޓީމުގައި އަންހެން 6 ފެތުންތެރިންނާއި ފިރިހެން 6 ފެތުންތެރިން ހިމެނޭ ކަމަށެވެ. މަޑަގަސްކަރ ގައި މި މުބާރާތަށް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރ 3 އަށެވެ. ރާއްޖެއިން ބައިވެރިވާ އަންހެން ފެތުންތެރިންގެ ތެރޭގައި ހިމެނެނީ މިރާލް ޢައިން ލަތީފް، ޙަމްނާ [...
މުޙައްމަދު އަފްރާޙް
މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓާ ސިޓީއަށް ކުޅެމުން އައި އިންގްލެންޑް މިޑްފީލްޑަރ ޖޭމްސް މެޑިސަން ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމާއި ގުޅިއްޖެއެވެ. އުމުރުން 26 އަހަރުގެ މެޑިސަން ޓޮޓްންހަމާއި ގުޅިފައި މިވަނީ 46.3 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޓޮޓެންހަމުގައި 2028 އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑުކުރާނެއެވެ. ލެސްޓާ ސިޓީއާއިއެކު އެފްއޭ ކަޕް ކާމިޔާބުކުރި މެޑިސަން އެ ޓީމާއި ގުޅިފައި ވަނީ 2018 ވަނަ […]
އިބްރާހިމް ޚަލީލް
އައްޑޫ ސިޓީ ހުޅުމީދޫގައި އަމަން ނަގާލަން އުޅުމުން ހައްޔަރުކުރި މީހާ ދޫކޮށްލާފައި ހުއްޓާ މީހަކަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމީދޫ ތެރޭގައި އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 44 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މި ޖޫން މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އޭނާ އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 24 ގަޑިއިރުފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން […]
މުޙައްމަދު އަފްރާޙް
އާބަންކޯގެ ނަމުގައި އަނެއްކާ ވެސް ސްކޭމް ކޯލުތަކެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިފަހަރު ދައުރުވަމުން ދަނީ “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބުނު ކަމަށް ބުނެ ކަމަށެވެ. “މި ކުންފުނީގެ ފަރާތުން “ބިންވެރިޔާ ސްކީމް”ގެ ގޯތި ނުވަތަ ފްލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ. އަދި އެފަދަ ކަމެއްގައި ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަމުގެ ޔަގީންކަން ދެން.” އާބަންކޯ އިން ބުނެއެވެ. އާބަންކޯ އިން […]
މުޙައްމަދު އަފްރާޙް
ސިފްކޯ ހިޔާ ޓަވަރު ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. އެންއެމްޑީއެފް އިން މިހެން ވިދާޅުވީ ހުޅުމާލޭ ޕޮލިސް އަދި އެމްއެންޑީއެފް ފްލެޓުގެ ބޭނުމަށް ގެނެސްފައި ހުރި ކޮންސްޓްރަކްޝަން ތަކެތީގައި އަލިފާން ރޯވެގެން އުޅޭ ކަމަށް ބުނެ ޓްވިޓާ ގައި ދައުރުވަމުން ދާ ވީޑިއޯ އާ ގުޅިގެން ‘ތިލަދުން’ އިން ސުވާލު ކުރުމުންނެވެ. އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެތަނުގައި ހުރި ކަރުދާސްތަކެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:33 […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ހައްޖު އަޅުކަމަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން ރާއްޖެ އަންނަ ފަށާނީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރާފައި ވަނީ ޖޫންމަހުގެ 12 އިން 19 އަށެވެ. ސައޫދީ ސަރުކާރުން ދެއްވި 1000 ކޯޓާގައި މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގޮސްފައިވާއިރު، މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވީ […]
ޔުމްނާ ޢަލީ
ކުރީގެ އަދާއިގުޅޭ، ” ހާރޫން އުޅެނީ މާލޭގައިތަ؟” ފާއިޒާ އެހިއެވެ. ފާއިޒާގެ ސުވާލުން ހާރޫން ހީލިއެވެ. އަދި ފެންފޮދެއް ބޯލަމުން ބުންޏެވެ. ” އެތަންމިތަނުގައި މިއުޅެންޖެހެނީ! ” ” އެހެންތަ؟ ވަޒީފާގެ ގޮތުން ތިހެން އުޅެން ޖެހުނީމަ އަނބިދަރިންނަށްވެސް ވަރަށް އުނދަގޫވާނެތާ! ” ފާއިޒާގެ ދެވަނަ ޖުމްލައިން ޖާވިދްއަށް މަޑުމަޑުން ބޯ ހޫރާލެވުނެވެ. މަންމަގެ ސުވާލުތައް ނުހުއްޓޭނެކަން ޖާވިދަށް އެނގެއެވެ. ” މިހެން އުޅެން ޖެހޭތީ ކަންނޭނގެ އަދި އެކަހަލަ ކަމަކާ ނުވިސްނަން!” ހާރޫން ފަސޭހަ ކަމާއިއެކު […]
ސަލާމާ ޢަބްދުލް ޢަލީމް
ހދ. ކުޅުދުއްފުށީ ސިޓީގައި ހަވާ (ފަޔާވޯކްސް) ބަލަން ދިޔަ މީހުންނަށް “ހަ ވާ” ފެނި އެއްބަޔަކު ރުޅިގަދަވި އިރު، އަނެއްބަޔަކަށް އެކަން ވީ މަޖާކަމަކަށެވެ. އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަށް އިޢުލާންކޮށް އަންގާ ހަދަނީ ސިޓީ ކައުންސިލުންނެވެ. އެގޮތުން ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްގެ ގޮތުގައި އޮތީ އެރަށު ހިއްކި ސަރަހައްދުގައި “ޕަޗަރާލި ޝޯ، ހަ ވާ އެރުވުން” މިނަން ކިޔާ ހަރަކާތެކެވެ. 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ […]
އަލީ އާދިލް
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކަޓައިފިއެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ގޯލްޑް ކަޕުގެ ނަމުގައެވެ. އެއީ 1993 ވަނަ އަހަރުއެވެ. ދެން މި މުބާރާތް ބޭއްވީ 1995 ވަނަ އަހަރުއެވެ. އެ ދެ އަހަރު މި މުބާރާތުގައި ރާއްޖެ ވާދައެއް ނުކުރެއެވެ. ރާއްޖެ ފުރަތަމަ މި މުބާރާތުގައި ވާދަކޮށްފައި ވަނީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން ގަވައިދުން […]
އިބްރާހިމް ޚަލީލް
ޗެލްސީއަށް ކުޅެމުން އަންނަ ސެނަގާލްގެ ކީޕަރ އެޑުއާޑް މެންޑީ ސައުދީ ލީގުގެ އަލް އަހްލީއަށް ބަދަލުވެއްޖެއެވެ. އުމުރުން 31 އަހަރުގެ މެންޑީ ޗެލްސީ ދޫކޮށް އަލް އަހްލީއަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އަލް އަހްލީގައި މަޑުކުރާނެއެވެ. މެންޑީއަކީ ޗެލްސީ ދޫކޮށް ސައުދީ ލީގާއި ގުޅުނު ތިންވަނަ ކުޅުންތެރިއާއެވެ. ޗެލްސީއަށް ކުޅުނު ސެނެގާލްގެ ޑިފެންޑަރ ކަލިދޫ ކުލިބާލީ […]
އިބްރާހިމް ޚަލީލް
“ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އަވަށްޓެރި އިންޑިއާ މީހެއްގެ ނަން އޮތީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ މައްސަލައަކުން ކަމަށް ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. އެ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އާންމު ކުރައްވާފައިވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ. މި ލިސްޓުގައި މއ. މަލިކުވިއު، ހަބީބު […]
މުޙައްމަދު އަފްރާޙް
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ބަނުމުގެ މަސައްކަތް މިއަހަރު ނިމި އަންނަ އަހަރު ކުރީކޮޅު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ. ރޯޔަލް ކެރިބިއަން އިންޓަނޭޝަނަލްގެ އައިކޮން އޮފް ދަ ސީސް ނަމަކަށް ކިޔާ މި އުޅަނދަކީ ގާތްގަނޑަކަށް އަކީ ދިގުމިނުގައި 1,200 ފޫޓް ހުންނަ އަދި ބަރުދަނުގައި 250،000 ޓަނު ހުންނާނެ އުޅަނދެކެވެ. މިއީ ކުރިން ދުނިޔޭގެ އެންމެ ބޮޑު ބޯޓު ކަމަށްވާ ޓައިޓޭނިކް ބަރުދަނާ އަޅާ ބަލާއިރު ފަސް ގުނަ ބޮޑު އަދަދެކެވެ. މި […]
ހުސައިން ހަބީބް
މިއަހަރުގެ އަޟުހާ އީދު ފާހަގަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހްމަދު އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ. އެ ދެކަނބަކުން އެރަށަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. އީދާއި ގުޅިގެން ތޮއްޑޫގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަދު މެންދުރު ބޮޑު ޖާފަތެއް ބޭއްވުމަށް ވަނީ ހަމެޖެހިފައެވެ. މިޖާފަތުގައި ރައީސް އާއި ރަށުގެ ރައްޔިތުން ބައިވެރިވާނެއެވެ. މީގެ އިތުރުން އެރަށުގ...
މުޙައްމަދު އަފްރާޙް