މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1002 ވަނަ ޞަފްޙާ

ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ސްޕެޝަލް އޮލިމްޕިކްސްގެ ޓީމާއި ރައީސް ބައްދަލުކުރައްވައިފި

ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ސްޕެޝަލް އޮލިމްޕިކްސްގެ ޓީމާއި ރައީސް ބައްދަލުކުރައްވައިފި

“ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް”ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ އެފަރާތްތަކުގެ ބެލެނިވެރިންނާއި އަދި ޑެލިގޭޝަނުގެ މެންބަރުންނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްދަލު ކުރައްވައިފިއެވެ. ޖޫން 17 އިން 25 އަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވި “ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް”ގައި ރާއްޖޭގެ ޓީމުން ވަނީ 2 ރަންމެޑަލްއާ 1 ލޯ މެޑެލް ހޯދާފައެވެ. އެ މުބާރާތުގައި ވ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ޝިކާޔަތު (9)

ސިލްސިލާ ވާހަކަ: ޝިކާޔަތު (9)

ކުރީގެ އަދަދާއިގުޅޭ، ” ތިއެއް ނޫނެއްނު މައުޟޫއަކީ! ތިހެން ވާހަކަ ދައްކާއިރުވެސް ޖާވިދަށް އެނގޭނެ އަހަންނަށް ޖާވިދް ނޫން އިތުރު އެއްވެސް މީހަކު ބޭނުމެއް ނުވާނެކަން! ދެން ތިޝަކުވާ ނުކޮށް، މި ވާހަކައަށް އެއްޗެއް ކިޔާބަަލަ! އެދެމީހުންގެ ކޮންމެވެސް ގުޅުމެއް އޮވޭ! އަހަންނަށް ހަމަ ޔަޤީން” ޝަހާނާ ބުންޏެވެ. ޖާވިދް އަދިވެސް ޝަހާނާއަށް ބަލަމުންދަނީ ފާޑަކަށް ހުރެއެވެ. ” ތިޔަ ކަަމަކީ ހިިނގާ ކަމެއްނަަމަ އެކަން ހުއްޓުވަން ޖެހޭނެ! ތިއީ ވާނެ ކަމެއް ނޫން.. ” ޖާވިދް […]

ސަލާމާ ޢަބްދުލް ޢަލީމް
ރާއްޖެއިން ހައްޖަށްދިޔަ އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ހައްޖަށްދިޔަ އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ގޮސްހުރި ނ. ހޮޅުދޫގެ އުމުރުން 70 އަހަރުގެ ގާސިމް އިބްރާހީމެވެ. އޭނާ ނިޔާވީ ހުންނަ ހޮޓަލުގައި ހުއްޓައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިއީ މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ މީހުން ތެރެއިން ނިޔާވި ތިން ވަނަ މީހާއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދ. މާއެނބޫދޫ، ފިޔާތޮށިގޭ، […]

ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

“ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދަން މަސައްކަތް ފަށާފައިވާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ވަނީ 21 މެއި 2023 ގައެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ […]

ޔުމްނާ ޢަލީ
ސްވިޑަންގައި މުސްހަފެއް އަންދާލި މައްސަލާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް

ސްވިޑަންގައި މުސްހަފެއް އަންދާލި މައްސަލާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް

އަޟްޙާ އީދު ދުވަހާ ދިމާކޮށް ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުސްހަފެއް އަންދާލުމުގެ ދަށުދަރަޖައިގެ ޢަމަލު ހިންގި މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯ.އައި.ސީގެ މައި މަރުކަޒުގައި ކަމަށާއި މިބައްދަލުވުމުގައި ރާއްޖެއިން އޯ.އައި.ސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު،...

މުޙައްމަދު އަފްރާޙް
66 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

66 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

66 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ މިއީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި 14 ތަނެއް ބަލައި، ފާސްކޮށްފައިވާ ކަމަށާއި އިމިގްރޭޝަންގެ ބެލުުގެދަށަށް ގެންދިޔަ ބިދޭސީން މިހާރުތިބީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑިޓެންޝަނަށް ސެންޓަރުގައި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 65 މީހަކާއި އިންޑިއާގެ މީހެއްކަމަށް އިމިގްރޭޝަނުން ބުނ...

މުޙައްމަދު އަފްރާޙް
ރާއްޖޭގެ ހާފު މެރަތަން ދުވުމުގެ ރެކޯޑު ޔޫސުފް މުގުރާލައިފި

ރާއްޖޭގެ ހާފު މެރަތަން ދުވުމުގެ ރެކޯޑު ޔޫސުފް މުގުރާލައިފި

ރާއްޖޭގެ ހާފު މެރަތަން ދުވުމުގެ ރެކޯޑު ޔޫސުފް އިބްރާހިމް މުގުރާލައިފިއެވެ. އޭނާ މި ރެކޯޑު މުގުރާލީ އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް ހާފް މެރަތަންގައި މިއަދު ވާދަކޮށްނެވެ. އޭނާ މި ރެކޯޑް މުގުރާލީ، 1:9:58 (1 ގަޑިއިރާއި ނުވަ މިނެޓް 58 ސިކުންތު) ދުވެގެންނެވެ. މި ރެކޯޑު ކުރިިން އޮތީ ޝިފާޒު މުހައްމަދު އަތުގައެވެ. ޝިފާޒު މި ރެކޯޑު ގާއިމުކުރީ މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވެ، 1:10:55 ން ރޭސް ނިންމައިގެންނެވެ. ޔޫސުފަކީ ރާއްޖޭގެ […]

މުޙައްމަދު އަފްރާޙް
މިއަހަރުގެ ޢީދުގައިވެސް ބ. ގޮއިދޫގައި ފޯރި ހިފީ، "އަލިފާން ބޯޅަ" މެޗުގައި

މިއަހަރުގެ ޢީދުގައިވެސް ބ. ގޮއިދޫގައި ފޯރި ހިފީ، "އަލިފާން ބޯޅަ" މެޗުގައި

ޢީދާއި ގުޅުވައިގެން ރަށްރަށުގައި ތަފާތު ކުޅިވަރުތައް ކުޅުމަކީ އިހުޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. މިގޮތުން ރާއްޖޭގެ އެކިރަށްރަށުގައި ވަރަށް ތަފާތު އާދަޔާ ޚިލާފް ކުޅިވަރުތައް ކުޅެމުންދެއެވެ. ނިމިގެންމިދާ އަޟްހާ ޢީދުގައި އެންމެ ތަފާތު އެއް އިވެންޓް ކުރިއަށް ގެންދިޔަ އެއް ރަށަކަށް ބ އަތޮޅު ގޮއިދޫ ވާނެއެވެ. ގޮއިދޫ އަލިފާން ބޯޅަ “ފަޔަބޯލް” މެޗަކީ މިފަހަރު ޢީދުގައި ފެނުނު އެންމެ ތަފާތު އެއް ހަރަކާތެވެ. މެޗު ކުޅޭ ދަނޑުގެ ރޮނގުތަކުން ފެށިގެން ގޮސް ދެކޮޅު ގޯލުގެ […]

އިބްރާހިމް ޚަލީލް
ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

ވިލިމާލެއިން 53 އަހަރުގެ އަންހެނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ މ. އާޒާދީގުލްޝަން / އާތިފާ ޢަބްދުﷲ ކަމަށެވެ. އުމުރުން 53 އަހަރުގެ އާތިފާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު 10:25 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ. އެ ރިޕޯޓު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ ތރޭ 10:45 ހާއިރު […]

މުޙައްމަދު އަފްރާޙް

އެމެރިކާގައި އެތައް ބިލިއަން ޑޮލަރެއްގެ ސްޓޫޑެންޓް ލޯނު މައާފްކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

އެމެރިކާގެ ރައްޔިތުން ކިޔެވުމަށް ނަގާފައި ހުރި އެތައް ބިލިއަން ޑޮލަރެއް ލޯނު މައާފްކޮށްދޭން ރައީސް ޖޯ ބައިޑަން ނިންމެވި ނިންމުން އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ. އެމެރިކާގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ކިޔަވަން ލޯނު ނަގާފައި ހުރިއިރު އޭގެ ތެރެއިން ކޮންމެ މީހަކު މަދުވެގެން 10,000 ޑޮލަރު ދައްކަން ޖެހިފައި އެބަހުއްޓެވެ. އެ ލޯނުތައް މައާފްކުރަން ބައިޑެން ނިންމެވި ނިންމުމާ ދެކޮޅު ހަދައި, ކޯޓަށް މައްސަލަ ހުށަހެޅީ ރިޕަބްލިކަން ކޮންޓްރޯލް ސްޓޭޓްތަކުންނެވެ.  އެމެރިކާގެ […]

ހުސައިން ހަބީބް
ކޮންމެ ބަޔަކާއި ގުޅިގެން ވިޔަސް މިވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނަން: ހަސަން

ކޮންމެ ބަޔަކާއި ގުޅިގެން ވިޔަސް މިވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނަން: ހަސަން

ރައްޔިތުން އެދޭ ގޮތަށް މިވެރިކަން ބަދަލު ކުުރަން ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅިގެން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނެކަމަށް “ދަ ޑިމޮކްރެޓްސް” ގެ މުއައްސިސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި، އެކަމުގެ މަޝްވަރާތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށްފަހު ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ހަސަން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ނ...

މުޙައްމަދު އަފްރާޙް
ޑައިޓް ކޯކުގައި ހުންނަ މާއްދާއަކުން ކެންސަރަށް މަގުފަހިވާކަން މިމަހު އިއުލާން ކުރާނެ: ރިޕޯޓް

ޑައިޓް ކޯކުގައި ހުންނަ މާއްދާއަކުން ކެންސަރަށް މަގުފަހިވާކަން މިމަހު އިއުލާން ކުރާނެ: ރިޕޯޓް

ޑައިޓް ކޯކް އުފައްދަން ބޭނުންކުރާ މާއްދާއެއްގައި ކެންސަރަށް މަގުފަހިކުރާ ކާސިނޯޖެންގެ އަސަރު ހުރިކަން ޑަބްލިއު އެޗްއޯގެ ކެންސަރާ ބެހޭ ރިސާޗް ސެންޓަރުން މިމަހު އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ސިއްރު މަސްދަރަކާ ހަވާލާދީ ރޮއިޓާޒްއިން ބުނިގޮތުގައި ޑަބްލިއު އެޗްއޯގެ ކެންސަރާ ބެހޭ ސެންޓަރު ކަމަށްވާ އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރ (އައިއޭއާރުސީ) އިން ވަނީ ޑައިޓް ކޯކުގައި އެކުލެވޭ ބާވަތެއް ކަމަށްވާ އެސްޕާޓޭމްގައި ކާސިނޯޖެންގެ އަސަރު ހުރި ކަމަށް ނިންމައި, އެކަން […]

ހުސައިން ހަބީބް
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ މީހަކު ނިޔާވެއްޖެ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ދިޔަ ހައްޖާޖީއަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ނިޔާވެފައިވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން ކަމަށެވެ. އަދި އެއީ އުމުރުން 72 ގެ މީހެއް ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން އިއްޔެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިއީ […]

މުޙައްމަދު އަފްރާޙް
ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މިއަހަރުގެ ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ނިމިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް 95000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފައިބެއަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 45،958 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރީ 92،519 ފަތުރުވެރިންނެވެ. އެހެންކަމުން ފާ...

މުޙައްމަދު އަފްރާޙް
ހުރިހާ މިސްކިތްތައް އޭސީކޮށް ހިލޭ ޤުރުއާން ކިޔަވައިދޭނަން: ނާޒިމް

ހުރިހާ މިސްކިތްތައް އޭސީކޮށް ހިލޭ ޤުރުއާން ކިޔަވައިދޭނަން: ނާޒިމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ މިސްކިތްތައް އޭސީކޮށް އެ މިސްކިތްތަކުގައި ހިލޭ ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އޭނާގެ ރިޔާސީ މެނިފެސްޓޯ، އުޖާލާ ޒަމާން މެނިފެސްޓޯގެ “އިސްލާމީ ވަޙުދަތު” ގެ ދަށުން ވެފައިވާ ވައުދުތަކާއި ގުޅޭގޮތުން ދެއްވި މެސެޖެއްގައެވެ. ނާޒިމްގެ މެސެޖުގައި ވިދާޅުވެފ...

ޔުމްނާ ޢަލީ
ޒޮބޮސްލާއީ ހޯދުމަށް ލިވަޕޫލުން މަސައްކަތް ކުރަނީ

ޒޮބޮސްލާއީ ހޯދުމަށް ލިވަޕޫލުން މަސައްކަތް ކުރަނީ

ޖަރުމަނު ލީގުގެ ލައިޕްޒިގަށް ކުޅެމުން އަންނަ ހަންގޭރީގެ ޒުވާން މިޑްފީލްޑަރުގެ ސޮއި ހޯދުމަށް އެ ޓީމާއިއެކު ލިވަޕޫލުން މަޝްވަރާ ކުރަން ފަށައިފިއެވެ. އުމުރުން 22 އަހަރުގެ ޒޮބޮސްލާއީ ވަނީ މިދިޔަ ސީޒަންގައި ލައިޕްޒިގްގެ އެޓޭކިން މިޑްފީލްޑްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަންގައި ލައިޕްޒިގަށް ޖަރުމަނު ލީގުގެ ތިންވަނަ ލިބުނު ނަމަވެސް އެ ޓީމުން ވަނީ ޖަރުމަނު ކަޕް ކާމިޔާބު ކޮށްފައެވެ. ޒޮބޮސްލާއީ ވަނީ މިދިޔަ ސީޒަންގައި ލައިޕްޒިގަށް 31 މެޗު ކުޅެ ހަ ލަނޑު ޖަހައި […]

އިބްރާހިމް ޚަލީލް
ރިޔާސީ އިންތިޚާބު: ވޯޓާސް ލިސްޓަށް 551 ޝަކުވާއެއް

ރިޔާސީ އިންތިޚާބު: ވޯޓާސް ލިސްޓަށް 551 ޝަކުވާއެއް

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 551 ޝަކުވާއަކަށް ޖަވާބު ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވިގޮތުގައި ސެޕްޓެމްބަރ 9 އަށް 18 އަހަރު ފުރޭ ‏138317 އަންހެނުންނާއި، 144355 ފިރިހެންނާއެކު ޖުމްލަ 282672 މީހުންނަށް ވޯޓުދިނުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި އެމީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި، ޝާއިޢު...

މުޙައްމަދު އަފްރާޙް
ރައީސް، ހިންނަވަރަށް ވަޑައިގެންފި

ރައީސް، ހިންނަވަރަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށާއި ސަލާމްކުރެއްވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ނުކުމެފައެވެ. މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، އަޟްހާ އީދާއިގުޅިގެން ހިންނަވަރުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ރައީ...

މުޙައްމަދު އަފްރާޙް