މިއަހަރުގެ ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ނިމިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް 95000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

Ad
rt

ފައިބެއަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 45،958 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރީ 92،519 ފަތުރުވެރިންނެވެ.

އެހެންކަމުން ފާއިތުވެދިޔަ ދެ އަހަރާއި އަޅާބަލާއިރު، މިއީ ރެކޯޑު އަދަދެކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިންޑިއާ އިންނެވެ. އެގައުމުން 101,348 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ދެވަނަ އަށް އެންމެގިނަ މީހުން އައީ ރަޝިއާ އިންކަމަށް ދައްކާއިރު، އެގައުމުން 106,851 އަަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން 80،000 އަށްވުރެ ގިނަފަތުރުވެރިން ވަނީ އައިސްފައެވެ.