ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ދިޔަ ހައްޖާޖީއަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ނިޔާވެފައިވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން ކަމަށެވެ. އަދި އެއީ އުމުރުން 72 ގެ މީހެއް ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން އިއްޔެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިއީ ނިޔާވި ދެވަނަ މީހާއެވެ. މީގެކުރިން ނިޔާވެފައިވަނީ ރ. މާކުރަތު މުހައްމަދު ނަސީމް އަލީ އެވެ.
އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ނަސީމް ނިޔާވެފައި އޮއްވާ ފެނުނީ މިނާއިން އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށްނެވެ. އޭނާ ގެއްލިގެން ހޯދާތާ 4 ދުވަސް ވެފައި ވަނިކޮށް ނިޔާވެފައިވާކަން އެނގުނީ އޭނާ އޮތް ހޮސްޕިޓަލުން ހައްޖު ޖަމާއަތަށް ގުޅާ އެންގުމުން އެ ޖަމާއަތުން ގޮސް އެއީ ނަސީމުކަން ޔަގީން ކުރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!