ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

Ad
rt

އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށާއި ސަލާމްކުރެއްވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ނުކުމެފައެވެ.

މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، އަޟްހާ އީދާއިގުޅިގެން ހިންނަވަރުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް، ހިންނަވަރަށް ވަޑައިގަތުމުގެ ކުރިން ތޮއްޑޫ އަށް ވެސް ވަނީ ވަޑައިގެންފައެވެ.

އެރަށަށް ވަޑައިގެން އެމަނކުފާނުގެ ޝަރަފުގައި ތޮއްޑޫ ގެ ކަނބަލުންގެ ފަރާތުން ދެއްވި އީދު ދުވަހުގެ ހާއްސަ ސަގާފީ މެންދުރުގެ ފަރިއްކޮޅެއްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނަވަރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.