ވެނެޒުއޭލާގެ ރައީސް ހައްޔަރުކުރުމަށް އެމެރިކާއިން ދޭ އިނާމު 50 މިލިއަން ޑޮލަރަށް އިތުރުކޮށްފި
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން ދޭ އިނާމް 50 މިލިއަން ޑޮލަރަށް އިތުރުކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެމެރިކާގެ އެޓަރނީ ޖެނެރަލް ޕެމް ބޮންޑީ އެވެ. އެކްސްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބޮންޑީ ވަނީ މަދޫރޯ ޓްރެން ޑެ އަރަގުއާ އަދި ސިނަލޯއާ ކާޓެލް ފަދަ ގްރޫޕްތަކާއެކު މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ކުރިން އެމެރިކާއިން މަދޫރޯއާ ގުޅޭ މަޢުލ...