ހާވާޑަށް ޓްރަމްޕްގެ މައްޗަށް ކާމިޔާބު
އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވަރސިޓީއަށް ދޭންޖެހޭ 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފެޑެރަލް ރިސާރޗް ގްރާންޓްތައް ހިފެހެއްޓުމަށް ޓްރަމްޕްގެ އިދާރާއިން ކުރި މަސައްކަތަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް، އެ ޤައުމުގެ ފެޑެރަލް ފަނޑިޔާރު އެލިސަން ބަރޯސް، ބުދަ ދުވަހު ނިންމަވައިފިއެވެ. މި ނިންމުމަކީ ފެޑެރަލް ސަރުކާރާއި ހާވާޑާ ދެމެދު ހިނގަމުންދިޔަ ދިގު ހަނގުރާމައެއްގައި ޔުނިވަރސިޓީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ފަރާތުން އައްޔަންކޮށްފައިވާ އެމެރިކާގެ ޑިސްޓް...