ނޯވޭގެ ވަލީއަހުދު ހާކޮންގެ އަނބިކަނބަލުން ކްރައުން ޕްރިންސެސް މެޓޭ-މާރިޓްގެ ދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ރޭޕްގެ ދެ ދައުވާ ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް އޮސްލޯ ޑިސްޓްރިކްޓް ކޯޓުން މިއަދު އިއްވައިފިއެވެ. އުމުރުން 29 އަހަރުގެ ހޮއިބީގެ މައްޗަށް އުފުލި ރޭޕްގެ ހަތަރު ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އޮސްލޯ ޑިސްޓްރިކްޓް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި މި ހުކުމުގައި ބުނެފައިވަނީ، 2018 ވަނަ އަހަރު […]
ނާޒިމާ އަލީ
އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށާއި، ހޯމުޒް ކަނޑުއޮޅި ހުޅުވާލުމަށް ދެ ގައުމުގެ ދެމެދުގައި ވަގުތީ އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑުގައެވެ. އީރާނުން ބުނެފ...
އަޙްމަދު ވަހީދު
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އައި އޮނިގަނޑު އެއްބަސްވުމެއްގައި މާ ލަސްތަކެއްނުވެ ސޮއިކުރެވޭނެ ކަމަށް އެމެރިކާއާއި ޕާކިސްތާނުގެ ލީޑަރުން ލަފާކުރައްވައިފިއެވެ. ނަމަވެސް، އީރާނުން ވަނީ އެއްބަސްވުމުގައި ސޮއިކުރާނެ ވަގުތާ މެދު ޝައްކު އުފައްދާފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ 80 ވަނަ އުފަންދުވަސް ކަމަށްވާ އާދީއްތަ ދުވަހު ކަމަށެވެ. ޕާކިސްތާނު...
ނާޒިމާ އަލީ
ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އިތުރު 100 މިލިއަން ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނެޑާ ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ފްރާންސްގެ ޕެރިހުގައި ބޭއްވި ކޮންފަރެންސެއްގައި ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދުއެވެ. މި އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އދ. ގެ އެޖެންސީތަކާއި، ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ހަރަކާތްތަކުގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށެ...
ނާޒިމާ އަލީ
އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ކެނެޑީ ސެންޓަރުގެ ކުރިމަތީގައި ހަރުކޮށްފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން، ފަނޑިޔާރަކު ކުރެއްވި އަމުރަކާ ގުޅިގެން އެ އިމާރާތުން ނަގައިފިއެވެ. އެ މަރުކަޒުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވަނީ ކޯޓުގެ އަމުރާ އެއްގޮތަށް މިހާރު އަމަލުކޮށްފައިވާނެ ކަމަށާއި، އިމާރާތުގެ ބޭރުންނާއި، ވެބްސައިޓުން އަދި އެހެނިހެން ތަންތަނުން ޓްރަމްޕްގެ ނަން އުނިކޮށްފައިވާ ކަމަށެވެ. ފެޑަރަލް ފަނޑިޔާރަކު މިދިޔަ މަހު ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ، އެ މަރުކަޒުގެ ނަމ...
ނާޒިމާ އަލީ
އިސްރާއީލަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ބޮއިކޮޓް ކުރުމުގެ ރާޅުތަކާ ކުރިމަތިލާންޖެހިފައިވާ ގައުމު ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ‘ޔެދިއޮތް އަހްރޮނޮތް’ އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފިއެވެ. އެ ނޫހުން ބުނި ގޮތުގައި އިސްރާއީލުގެ ސަރުކާރުގެ އިސްވެރިންނާއި، އިސްތިއުމާރީ ބާރުތަކާއި، ރަސްމީ އިދާރާތަކަށް އަމާޒުކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ ވަޒީރުންނަށް އަމާޒުވާ ފިޔަވަޅުތައް ފްރާންސުން ދާދިފަހުން ވަނީ އިސްރާއީލުގެ ފައިނޭންސް މ...
ނާޒިމާ އަލީ
ޤައުމެއްގެ އާބާދީ ވަކި މިންވަރެއްގައި ހިފެހެއްޓިދާނެތޯ ކުރެވޭ ސުވާލަށް ސްވިޒަލެންޑުގެ ރައްޔިތުން މި އަންނަ އާދީއްތަ ދުވަހު ވޯޓަކުން ޖަވާބު ދޭނެއެވެ. މި ވޯޓަކީ އެ ޤައުމުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވިޔަ ނުދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ބާއްވާ ވޯޓެކެވެ. މި އިސްނެގުމަށް ތާއީދުކުރަނީ އެ ގައުމުގެ ކަނާތު ފިޔަވަހީގެ ސްވިސް ޕީޕަލްސް ޕާޓީންނެވެ. އެ ޕާޓީން މި ހުށަހެޅުން ސިފަކުރަނީ ބޯހިޔާވަހިކަމާއި، އާންމު ޚިދުމަތްތަކާއި، އަދި ތިމާވެއްޓަށް […]
ނާޒިމާ އަލީ
އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭނާގެ ޖަނާޒާ އޮންނާނީ ޖުލައިމަހު ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ. ޚާމަނާއީ ފަސްދާނުލުން ކުރިން މާރިޗު މަހަށް ތާވަލުކުރި ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެކަން އޮތީ ފަސްކޮށްފައެވެ. […]
ނާޒިމާ އަލީ
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް އެކުލަވާލާފައިވާ އެއްބަސްވުމުގެ އިބާރާތްތަކަށް އެމެރިކާއާއި އީރާނުން އެއްބަސްވެފައިވާ ކަމަށާއި، އެއްބަސްވުން ފައިނަލް ކުރުމަށް މެދުވެރިން ދެ ފަރާތާއެކު މަސައްކަތް ކުރަމުންދާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ އެމެރިކާއާއި އީރާނުން މިހާރު ވަނީ “ފައިނަލް، އެއްބަސްވެވިފައިވާ އިބާރާތްތަކަކަށް” ވާސިލްވެފައި ކަމަށެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އިސްކޮށް އުޅޭ ޕާކި...
ނާޒިމާ އަލީ
އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޗާޖް ޑި އެފެއާޒް، މިސްޓަރ ޖޭސަން މީކްސް، މިއަދު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒަށް ހާޒިރުކޮށްފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހާޒިރުކުރީ ގަލްފް އޮފް އޯމާންގައި އިންޑިއާގެ ފަޅުވެރިން ތިބި ވިޔަފާރި އުޅަނދުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން މެދުނުކެނޑި ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. އަދި އިންޑިއާ ސަރުކާރުން ވަނީ އެމެރިކާ އަށް ވަރުގަދަ އިހުތިޖާޖެއް ހުށަހަޅާފައިކަމަށް އެ މިނިސްޓްރީން ބ...
ނާޒިމާ އަލީ
އީރާނާއި އެމެރިކާއާ ދެމެދު ގާއިމުކުރަން ތައްޔާރުވަމުންދާ ތާރީޚީ އެއްބަސްވުމަށް “އިސްލާމްއާބާދު އެގްރީމަންޓް” ގެ ނަމުން ނަންދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މަޝްވަރާތައް މިހާރު ވަނީ އެންމެ ނާޒުކު މަރުހަލާގައެވެ. މި އެއްބަސްވުމުގެ މެދުވެރިއެއްގެ ދައުރު ޕާކިސްތާނާއި ގަތަރުން އަދާކުރަމުންދާއިރު، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް އެންމެ ބޮޑަށް ބެލެވެނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ. އެއްބަސްވުމުގެ މުހި...
ނާޒިމާ އަލީ
އުތުރު ކޮރެއާގެ ސަރަހައްދަށް ޑްރޯން ފޮނުވި މައްސަލާގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ މައްޗަށް އެ ގައުމުގެ ކޯޓަކުން 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ހުކުމް އައީ މާޝަލް ލޯ އިއުލާންކޮށް ބަޣާވާތް ކުރަން އުޅުނު މައްސަލާގައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔޫން ޑްރޯން ފޮނުވަން އަމުރު ކުރެއްވީ އުތުރު ކޮރެއާ […]
ނާޒިމާ އަލީ
ތިން އަހަރަށްވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮންނެވުމަށްފަހު، ތައިލެންޑުގެ ޕްރިންސެސް ބަޖްރަކިތިޔާބާ އަވަހާރަވެފައިވާކަން އެ ގައުމުގެ ޝާހީ ގަނޑުވަރުން މިއަދު އިއުލާނުކޮށްފިއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 47 އަހަރެވެ. ޕްރިންސެސް ބަޖްރަކިތިޔާބާ ކޯމާއަކަށް ދިޔައީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުއްތާތަކާއެކު ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް ހޭފުޅުނެތިގެން ވެއްޓުމާ ގުޅިގެންނެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބަކީ ހިތުގެ އިންފެކްޝަނެއްގެ ސަބަބުން ހިތުގެ ވިންދު ވަރަށް ބޮޑަށް އާދަޔާ...
ނާޒިމާ އަލީ
2026 ވަނަ އަހަރުގެ ފީފާ މެންސް ވޯލްޑް ކަޕް މެކްސިކޯ ސިޓީގެ ތާރީޚީ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ. 2010 ވަނަ އަހަރުގެ މުބާރާތް ހުޅުވި މެޗުގެ ހަނދާންތައް އާކޮށްދިން މި މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. މި ސްޓޭޑިއަމަކީ ތިން ވޯލްޑް ކަޕެއްގެ (1970، 1986 އަދި 2026) މެޗުތައް ބޭއްވި ފުރަތަމަ ދަނޑެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ މުހިންމު ބައިތައް މި ރަސްމިއްޔާތުގެ […]
އަޙްމަދު ވަހީދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފުލުފުލުގައި އީރާނަށް އިންޒާރު ދެއްވުމަށް ފަހު ވަގުތު ރާގު ބަދަލުވެ އީރާނަށް ދިނުމަށް ރާވާފައިވާ ހުރިހާ އަސްކަރީ ހަމަލާތަކެއް މިއަދު ރަސްމީކޮށް ކެންސަލް ކުރައްވައިފިއެވެ. އެކަން ޢިއުލާންކުރަށްވަމުން ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގެ ފަހުގެ ނުކުތާތަކަށް މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މިހާރު ރުހުން ދީފައިވާ ކަމަށެވެ. މި ނިންމެވުމަކީ މުޅި ދުނިޔެ ސިއްސުވާލި ބޮޑު ކުރިއެރުމެކެވެ. މި ރޭގެ ވަގުތެއްގައި ޓްރޫތު ސޯޝަލް މެދުވެރިކޮށް...
ނާޒިމާ އަލީ