މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,697 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 27 ވަނަ ޞަފްޙާ

ޗައިނާއާއި ޔޫރަޕް ގުޅުވައިދޭ އާ ވިޔަފާރި މަގު ރަޝިޔާއިން ރަސްމީކޮށް ހުޅުވާލައިފި

ޗައިނާއާއި ޔޫރަޕް ގުޅުވައިދޭ އާ ވިޔަފާރި މަގު ރަޝިޔާއިން ރަސްމީކޮށް ހުޅުވާލައިފި

ރަޝިޔާގެ އާކްޓިކް ސަރަހައްދު ހުރަސްކޮށް ޗައިނާއާއި ހުޅަނގު ޔޫރަޕްގެ ބަނދަރުތަކާ ދެމެދު ދަތުރުކުރާ އާކްޓިކް ކަނޑުގެ ވިޔަފާރި މަގު، ނޯތަން ސީ ރޫޓް (އެން.އެސް.އާރު) ރަޝިޔާއިން ރަސްމީކޮށް ހުޅުވާލައިފިއެވެ. ކުރިން ކުރެވުނު ތަޖުރިބާ ދަތުރުތަކަށްފަހު، ޝެޑިއުލް ކުރެވިގެން ގަވާއިދުން ދަތުރުތައް މި މަގުން ރަސްމީކޮށް ފަށާފައިވާއިރު، އާކްޓިކް ކަނޑުގެ ދަތުރުފަތުރުތައް ކޮންޓްރޯލްކުރާ ރަޝިޔާގެ ނިއުކްލިއާ ސްޓޭޓް އެޖެންސީ “ރޮސަޓޮމް” އިން ވަނީ ޗައިނާގެ ކޮންޓޭނަރު އުފުލާ އުޅަނދުފަހަރަށް ކޮންމެ ހަފުތާއަކު ޝެޑިއުލް...

ނާޒިމާ އަލީ
ތޫފާން ''ޑޮލްފިން'' ޖަޕާނުގެ އޮކިނާވާ އަށް އަރައި ބޮޑެތި ގެއްލުންތަކެއް، ޗައިނާގެ ބަނދަރުތައް ބަންދު

ތޫފާން ''ޑޮލްފިން'' ޖަޕާނުގެ އޮކިނާވާ އަށް އަރައި ބޮޑެތި ގެއްލުންތަކެއް، ޗައިނާގެ ބަނދަރުތައް ބަންދު

ބާރުގަދަ ތޫފާން ޑޮލްފިން ހޮނިހިރު ދުވަހު ޖަޕާނުގެ ދެކުނުގެ އޮކިނާވާ ޕްރިފެކްޗަރަށް އަރައި، ފަސް މީހަކު ޒަޚަމްވެ 14,000 އަށްވުރެ ގިނަ އިމާރާތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މި ތޫފާން ޗައިނާގެ އިރުމަތީ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވޭތީ، އެ ގައުމުން މިހާރު ވަނީ ބަނދަރުތަކާއި ފެރީގެ ދަތުރުތައް މެދުކަނޑާލާފައެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، ތޫފާން މިހާރު ދަތުރުކުރަމުންދަނީ ގަޑިއަކު 15 ކިލޯމީޓަރުގެ ބާރުމިނުގައި ހުޅަނގު އުތުރަށެވެ. ތޫފާނުގެ މަރުކަޒުގައި ވަޔާއި ގަދ...

ނާޒިމާ އަލީ
އިޒްރޭލަށް ޖާސޫސްކޮށްދިން ޔުނިސެފްގެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅަނީ

އިޒްރޭލަށް ޖާސޫސްކޮށްދިން ޔުނިސެފްގެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅަނީ

އިޒްރޭލުގެ ޑިޕްލޮމޭޓުންނަށް އދ. ގެ ސިއްރު މައުލޫމާތުތަކެއް ހިއްސާކުރި ކަމަށް ތުހުމަތު ކުރެވޭ ޔުނިސެފްގެ އިސް މުވައްޒަފަކާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަމުންދާ ކަމަށް އދ. އިން ހާމަކޮށްފިއެވެ. އދ. ގެ ޑެޕިއުޓީ ތަރުޖަމާނު ފަރްހާން ހަގް ހުކުރު ދުވަހު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފަކީ ޔުނިސެފްގެ ވޮޝިންޓަން އޮފީހުގެ އިސްވެރިޔާ ޔަހަވް ލިޗްނާ ކަމަށެވެ. ފަރްހާން ހަގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލިޗްނާ އާ ދެކޮޅަށް ކުރެވިފައިވާ “ސީރިއަސް ތުހުމަތުތަކާ” ގުޅިގެން […]

ނާޒިމާ އަލީ
ސައޫދީ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައޫދީ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން ދިފާއީ އެއްބަސްވުމެއްގައި ހުކުރު ދުވަހު ސޮއިކޮށްފިއެވެ. “މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް” ގެ ނަމުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މި ތިން ގައުމުން ކުރެ ގައުމަކަށް ދެވޭ ހަތިޔާރު އެޅި ކޮންމެ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން […]

ނާޒިމާ އަލީ
އޭއައި ބޭނުންކޮށްގެން ސައިންސްވެރިން އަލަށް ވައިރަސްތަކެއް އުފައްދައިފި

އޭއައި ބޭނުންކޮށްގެން ސައިންސްވެރިން އަލަށް ވައިރަސްތަކެއް އުފައްދައިފި

އެމެރިކާގެ ސްޓެންފޯޑް ޔުނިވަރސިޓީ އާއި އާކް އިންސްޓިޓިއުޓްގެ ދިރާސާވެރިން ވަނީ ޖެނެރޭޓިވް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ، މުޅިން އާ ބަޔޮލޮޖިކަލް ވައިރަސްތަކެއް އުފައްދައިފިއެވެ. އާކް އިންސްޓިޓިއުޓްގެ ސައިންސް މަޖައްލާގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ މިއީ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މިފަދަ ވައިރަސްތަކެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ. ބެކްޓީރިއާއަށް ހަމަލާދޭ ވައިރަސްތަކެއް މި ދިރާސާގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވަނީ ބެކްޓީރިއޯފޭޖްސް އެވެ. މިއީ އިންސާނުންނ...

ނާޒިމާ އަލީ
އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި އީރާނުން 21 މީހަކު ހައްޔަރުކޮށްފި

އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި އީރާނުން 21 މީހަކު ހައްޔަރުކޮށްފި

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑާ ގުޅުން އޮތް 21 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ މިނިސްޓްރީ އޮފް އިންޓެލިޖެންސުން ބުނި ގޮތުގައި މި މީހުން އަތުލައިގަނެފައިވަނީ އެ ގައުމުގެ އިރުދެކުނު ކަރްމާން ޕްރޮވިންސުންނެވެ. ދައުލަތުގެ މީޑިއާތަކާއި އިންޓެލިޖެންސް އޮފިޝަލުން މި މީހުން ސިފަކޮށްފައިވަނީ “މޮސާޑް މާސިނަރީޒް” ނުވަތަ މޮސާޑަށް މަސައްކަތްކޮށްދޭ ކުލީ ސިފައިންގެ ގޮތުގައެވެ. މި މީހުންގެ މައްޗަށް ކުރެވޭ މައިގަނޑު...

ނާޒިމާ އަލީ
އީރާނުގެ ގިޝްމް އައިލެންޑް ސަރަހައްދުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު

އީރާނުގެ ގިޝްމް އައިލެންޑް ސަރަހައްދުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު

އީރާނުގެ ގިޝްމް އައިލެންޑް ސަރަހައްދުން އިވުނު ބާރުގަދަ ދެ ގޮވުމަކީ ހޮރްމުޒް ކަނޑުއޮޅިއަށް ވަންނަން އުޅުނު ދުޝްމަނުންގެ އަމާޒުތަކަކަށް ހަމަލާދީ އެ ތަކެތި ހުއްޓުވުމުގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ ތަސްނީމް ނިއުސް އިން ބުނި ގޮތުގައި، ރޭގަނޑު ގަޑިން ގާތްގަނޑަކަށް 9:40 ހާއިރު އިވުނު މި ގޮވުންތަކަކީ އީރާނުގެ ކަނޑުގެ ސިފައިން ދުޝްމަނުންގެ ވައިގެ ނުވަތަ ކަނޑުގެ އަމާޒުތަކަކަށް ހަމަލާދީ، އެ ތަކެތި […]

ނާޒިމާ އަލީ
އެމެރިކާ އާއި އިސްރާއީލުގެ އުޅަނދުތައް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކުރާ ބިލެއް އީރާނުގެ މަޖިލީހަށް

އެމެރިކާ އާއި އިސްރާއީލުގެ އުޅަނދުތައް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކުރާ ބިލެއް އީރާނުގެ މަޖިލީހަށް

ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް ކަނޑުގެ ސަރަހައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާ އާއި އިސްރާއީލުގެ އުޅަނދުތައް ދަތުރުކުރުން މަނާކުރުމާ ގުޅޭ ބިލެއް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ދިރާސާ ކުރަން ފަށައިފިއެވެ. “ސްޓްރެޓީޖިކް އެކްޝަން ފޯ ދަ ސެކިއުރިޓީ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އޮފް ދަ ސްޓްރެއިޓް އޮފް ހޮރްމޫޒް އެންޑް ދަ ޕާޝިއަން ގަލްފް” ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލަކީ އެ ސަރަހައްދުގެ ދަތުރުފަތުރުތަކުގެ މައްޗަށް ދައުލަތުގެ ބާރުވެރިކަން ވަރުގަދަކުރުމަށް […]

ނާޒިމާ އަލީ
އަލް-ސައްޔިދު ބަލިކުރަން އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން 60 މިލިއަން ޑޮލަރު ޚަރަދުކުރި

އަލް-ސައްޔިދު ބަލިކުރަން އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން 60 މިލިއަން ޑޮލަރު ޚަރަދުކުރި

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑިއަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މުސްލިމެއްކަމަށްވާ ކުރިއަރަމުން އަންނަ އާންމު ސިއްހަތުގެ މާހިރު އަބްދުލް އަލް-ސައްޔިދު ކާމިޔާބު ކުރައްވީ އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން އޭނާ ބަލިކުރުމަށް 60 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައި ވަނިކޮށްކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އަލް-ސައްޔިދު ހޯއްދެވި މި ކާމިޔާބީއަކީ އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން އޭނާ ބަލިކުރުމަށް 60 މި...

ނާޒިމާ އަލީ
ހޮރްމުޒް ކަނޑުއޮޅިން ވަންނަ އުޅަނދުތަކުގެ ކޮންޓްރޯލް އީރާނަށް ދިނުމަށް މަޝްވަރާކުރަނީ

ހޮރްމުޒް ކަނޑުއޮޅިން ވަންނަ އުޅަނދުތަކުގެ ކޮންޓްރޯލް އީރާނަށް ދިނުމަށް މަޝްވަރާކުރަނީ

އީރާނާއި އެމެރިކާއާ ދެމެދު ފަސް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އޮމާނުން ހުށަހަޅާފައިވާ އެއްބަސްވުމެއްގެ ދަށުން، ހޮރްމުޒް ކަނޑުއޮޅިން ގަލްފަށް ވަންނަ އުޅަނދުތަކުގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް ލިބިދާނެ ކަމަށް ”ރޮއިޓާސް” އިން ރިޕޯޓްކޮށްފިއެވެ. މިއީ މިހާތަނަށް އީރާނަށް ލިބޭނެ އެންމެ ބޮޑު އެއް ދޫކުރުން ކަމަށް މަސްދަރުތަކުން ބުނެއެވެ. މި ހުށަހެޅުމާ ގުޅޭގޮތުން އެމެރިކާގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވާކަމަށް އެ ނޫހުން ބުންޏެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައ...

ނާޒިމާ އަލީ
އީރާނާ ގުޅުންހުރި ބައެއް ފަރާތްތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި

އީރާނާ ގުޅުންހުރި ބައެއް ފަރާތްތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުންހުރި ބައެއް ފަރާތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އުވާލައިފިއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޜަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯ.އެފް.އޭ.ސީ) އިން މި ފިޔަވަޅުތައް އުވާލާފައިވަނީ ޓެރަރިޒަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހޮވާލެވޭ ވަކި ފަރާތްތަކަކަށެވެ. މީގެ ތެރޭގައި އިރާގުގެ އެއާލައިނެއް ކަމަށްވާ ފްލައި ބަޣްދާދު ހިމެނޭހެން ތިން އެއާލައިނަކާއި...

ނާޒިމާ އަލީ
ފަލަސްތީނުގެ ލީޑަރުން ނިންމާ ކޮންމެ ނިންމުމަކަށް އީރާނުން ތާއީދުކުރާނެ: ރައީސް ޕެޒެޝްކިއަން

ފަލަސްތީނުގެ ލީޑަރުން ނިންމާ ކޮންމެ ނިންމުމަކަށް އީރާނުން ތާއީދުކުރާނެ: ރައީސް ޕެޒެޝްކިއަން

ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ފަލަސްތީނުގެ ލީޑަރުން ނިންމަވާ ކޮންމެ ނިންމުމަކަށް ނުވަތަ އިސްނެންގެވުމަކަށް އީރާނުން ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މިހެން ވިދާޅުވީ ހަމާސްގެ ސިޔާސީ ގޯފީގެ އިސްވެރިޔާ ޚަލީލް އަލް-ހައްޔާއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯނު ކޯލުގައި ރައީސް ޕެޒެޝްކިއަން ވަނީ ފަލަސްތީނުގެ މަޝްވަރާވެރިނ...

ނާޒިމާ އަލީ
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއާއި އީރާނުން އެއްބަސްވުމަކާ ގާތަށް

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއާއި އީރާނުން އެއްބަސްވުމަކާ ގާތަށް

އެމެރިކާއާއި އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭ ވަގުތީ އެއްބަސްވުމެއް ގާއިމުކުރުމުގެ ފަހު މަރުހަލާގައިވާ ކަމަށާއި، މާދަމާގެ ވަގުތެއްގައި މިކަން ރަސްމީކޮށް އިއުލާނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ”އެކްސިއޯސް” އިން ރިޕޯޓްކޮށްފިއެވެ. އޮގަސްޓް 5، 2026 ގައި ޝާއިއުކުރި މި ރިޕޯޓުގައިވާ ގޮތުން، އެމެރިކާ، އީރާން އަދި އޮމާން ގުޅިގެން މަސައްކަތް ކުރަމުންދަނީ ވިޔަފާރި އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައި، ކަނޑުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށެވެ. މި އެއްބަސްވުމ...

ނާޒިމާ އަލީ
ގޯލްފް ކުޅުމުގައި ވެސް ޓްރަމްޕަކީ މަކަރުވެރިއެއް

ގޯލްފް ކުޅުމުގައި ވެސް ޓްރަމްޕަކީ މަކަރުވެރިއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ވެސް ރިޔާސީ ކެމްޕޭންގައި މީހުން ލައްވާ ބަޑިޖައްސުވައި މަކަރުވެރިކަންކަން ކުރެއްވިކަމުގެ ތުހުމަތުއޮތް ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ މިޒާޖުގައި މަކަރުވެރިކަމަކީ ހުރި ސިފައެއްކަން އެކިފަހަރުމަތިން ވަނީ ސާފުވެގެން ގޮސްފައެވެ. މިފަހަރު މިއޮތީ އެމަނިކުފާނުގެ އަމިއްލަ ގޯލްފް ކްލަބެއްގައި ބޭއްވި މުބާރާތަކުން މޮޅުވިކަން އިޢުލާން ކުރަށްވައި ހެއްދެވި ބޮޑު މަކަރެއްގެ ވާހަކައެވެ. އެމަނިކުފާނުގެ އަމިއްލަ ގޯލްފް ކްލަބެއްގައި ބޭއްވި މުބާރާތަކ...

ނާޒިމާ އަލީ
ހޮރްމުޒް ކަނޑުއޮޅިން މައިން ނެގުމުގެ ފުރުސަތު ވިލާތުގެ ގައުމުތަކަށް ދިނުމަށް އީރާނުން ވިސްނަނީ

ހޮރްމުޒް ކަނޑުއޮޅިން މައިން ނެގުމުގެ ފުރުސަތު ވިލާތުގެ ގައުމުތަކަށް ދިނުމަށް އީރާނުން ވިސްނަނީ

ދުނިޔޭގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގައި އަތުރާފައިވާ ކަނޑުގެ މައިންތައް ނައްތާލައި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވިލާތުގެ ގައުމުތަކަށް އެ ފުރުސަތު ދިނުމަށް އީރާނުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ މީގެ ކުރިން މިފަދަ ކަންކަމުގައި އީރާނުން ގެންގުޅުނު ހަރުކަށި ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިއްރު ޑިޕްލޮމެޓިކް މަޝްވަރާތަކެއްގައި އީރާނުގެ އޮފިޝަލުން ވަނީ ވިލާތުގެ...

ނާޒިމާ އަލީ