އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ބެހޭގޮތުން ދުނިޔެއަށް ނަސޭހަތްދިނުން ފްރާންސް ފަދަ ހުޅަނގުގެ ޤައުމުތަކުން ހުއްޓާލަންޖެހޭ ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިރާނުގެ ދާޚިލީ ކަންކަމާ މެދު ހުޅަނގުގެ ޤައުމުތަކުން ފާޑުކިޔަމުންދާއިރު، ޣައްޒާގައި ނަސްލު ނައްތާލައި، އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކަށް އެ ފަރާތްތަކުން ފިޔަވަޅުު ނާޅާކަމަށް ވިދާޅުވަމުންނެވެ. އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައ...
ނާޒިމާ އަލީ
އެމެރިކާގެ މިނެސޯޓާ ނެގުމުގެ 5 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓްގެ ޑިމޮކްރެޓިކް ޕްރައިމަރީ، އެ ދާއިރާގެ ގޮނޑި މިހާރުވެސް ފުރައްވަމުން ގެންދަވާ އިލްހާން އުމަރު ކާމިޔާބު ކުރައްވައިފިއެވެ. މި އިންތިޚާބު އިލްހާން ކާމިޔާބު ކުރައްވާފައިވާ ކަން އެމެރިކާގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިއާޕޮލިސް ހިމެނޭ މި ދާއިރާއިން ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާ އިލްހާން ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނާ ވާދަކުރައްވައި ވޯޓުގެ 80 އިންސައްތައަށްވުރެ ގިނަ...
ނާޒިމާ އަލީ
އެމެރިކާއިން އީރާނާ ދެކޮޅަށް ނިއުކްލިއާ ބޮމެއް ބޭނުންކޮށްފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް އީރާނުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފިއެވެ. މި އިންޒާރާއެކު އައިއާރުޖީސީން ވަނީ މިއަދުގެ މަޝްރަހަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާ މުޅިން ތަފާތު މަޝްރަހެއްކަން ފާހަގަކޮށްފައެވެ. އައިއާރުޖީސީގެ ބަޔާނުގައި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާއި މިހާރުގެ އަސްކަރީ އުސޫލުތަކުގެ...
ނާޒިމާ އަލީ
އިސްރާއީލަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވިދާނެ ފަދަ މުދާތަކެއް އެކުލެވޭ ކާގޯ ކޮންޓޭނަރެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓައިފިއެވެ. މި ކޮންޓޭނަރު ހިފަހައްޓާފައިވަނީ ޖޯހޯރުގައި އޮންނަ ޕޯޓް އޮފް ތަންޖުންގް ޕެލެޕަސްއިންނެވެ. މެލޭޝިޔާގެ ބޯޑަރު ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އޭޖެންސީ (އޭކޭޕީއެސް) އިން މި ކޮންޓޭނަރު ހިފެހެއްޓީ ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކަކަށް ބަލައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އިބްތިދާއީ ތަހުގީގުތަކުން ދައްކާ ގޮތުގައި މި މު...
ނާޒިމާ އަލީ
ފާއިތުވި މަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅަކަށްފަހު، އެއާ ފޯސް ވަން އިން އެހެން މަތިންދާބޯޓަކަށް އެއާޕޯޓުގެ ކާބޯތަކެތި އުފުލާ ޓްރަކެއް ބޭނުންކުރައްވައިގެން އެހެން މަތިންދާބޯޓަކަށް ބަދަލުވެވަޑައިގަތްކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ. އީރާނުން އަވަހާރަކޮށްލަފާނެކަމުގެ ބިރަށް ތުރުކީގައި ސިއްރު ފްލައިޓަކަށް އެރުމަށް ޓްރަމްޕް ކެޓަރިން ޓްރަކެއްގައި ފިއްލެވިކަމަށް ވޮޝިންޓަން ޕޯސްޓުން އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ފެންނަގޮތުގައި ދުވަސްވެފައިވާ އެއާފޯސް ވަން ޖަމްބ...
ނާޒިމާ އަލީ
ކޮލަމްބިއާގެ އާ ސަރުކާރުން ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެން ދުވަހު އެ ގައުމުގެ ހުޅަނގު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. ކޮލަމްބިއާގެ އާ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާގެ ސަރުކާރުން ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތީ 10 އޮގަސްޓް 2026 ގައެވެ. މިއީ ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުން އައި ދުވަހާ ދިމާވި ނިންމުމެކެވެ. މީޑިއާ […]
ނާޒިމާ އަލީ
ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ފްރާންސުން ފެށި “ޕަލެސްޓައިން ކޮންވޯއީ” ގައި ބައިވެރިވި ފަރަންސޭސިވިލާތުގެ އެކްޓިވިސްޓެއް ކަމަށްވާ ސެބަސްޓިއަން މިޝެލޮޓް އިސްލާމްދީން ގަބޫލުކޮށްފިއެވެ. އިސްލާމްވުމަށްފަހު އޭނާ މިހާރު ވަނީ އޭނާގެ ނަން ޔޫސުފް ސަލާހުއްދީން ގެ ނަމަށް ބަދަލުކޮށްފައެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވީނާއިން ފެށިގެން ތުރުކީ މަގުން ހުޅަނގު އައްސޭރިއަށާއި އުރުދުންއަށް ދަތުރުކުރާ މި އެއްގަމު ކޮންވޯއީ ތުރުކީއަށް ފޯރުމާއެކު، ސެބަސްޓިއަން ވަނީ އޭނާ އިސްލާމްވިކަން ރަސްމީކޮށް އިއުލާންކޮށްފައ...
ނާޒިމާ އަލީ
ސީރިއާގައި ހިނގި ދާޚިލީ ހަނގުރާމައިގައި މީހުން މެރުމާއި، އަނިޔާކުރުމާއި، އަދި ނާޖާއިޒު ގޮތުގައި މީހުން ހައްޔަރުކުރުމުގެ ކުށް ސާބިތުވެ، އެގައުމުން ފިލައިގެން ގޮސްފައިވާ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ މައްޗަށް ސީރިއާގެ ކޯޓަކުން އަންގާރަ ދުވަހު ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފިއެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިދިކޮޅު ހަނގުރާމަވެރިންގެ ވަރުގަދަ ހަމަލާތަކާއެކު ވެރިކަމުން ދުރުކުރެވުނު އަސަދުގެ މައްޗަށް ސީރިއާގެ ކޯޓަކުން މިފަދަ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ. މި ޝަރީއަތުގައ...
ނާޒިމާ އަލީ
އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ޒަޚަމްވި ފަލަސްތީނުގެ އަންހެން ކުއްޖަކު މިއަދު ޝަހީދުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން އެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކުގެ ތެރެއިންނެވެ. ޝަހީދުވެފައިވަނީ އުމުރުން 13 އަހަރުގެ ސަބާ ނައީމް އަބްދުﷲ އަލް-ހަޝާޝް އެވެ. ސިއްހީ މަސްދަރުތަކުން ބައިނަލްއަގްވާމީ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުއްޖާ ޝަހީދުވީ މީގެ ދެ ދުވަސ...
ނާޒިމާ އަލީ
ތުރުކީވިލާތާއި، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނާ ދެމެދު ގާއިމުކުރި އަސްކަރީ އެއްބަސްވުމަކީ އީރާނަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެކަމަކީ ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާނެކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވެއްޖެއެވެ. ބަގާއީ މިހެން ވިދާޅުވީ ތިން ގައުމުގެ ދެމެދުގައި ސޮއިކުރި “މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް” އާ ގުޅޭގޮތުން އީރާނުން ދެކޭގޮތް ހާމަކުރައްވަމުންނެވެ. ނޫސްވެރިންނަށް މައުލޫމާ...
ނާޒިމާ އަލީ
އީރާނާއި އޮމާނާ ދެމެދު ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމަށް އާ މަގުތަކެއް ކަނޑައެޅުމުގެ އެއްބަސްވުމަކާ ގާތްވެފައިވީނަމަވެސް، އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން ހުޅުވާނީ އެމެރިކާއިން އީރާނުގެ ބައެއް ޝަރުތުތައް ފުރިހަމަކުރުމުން ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުގައި، އޮމާނާއެކު ވެވޭ އެއްބަސްވުން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައެވެ. ނަމަވެސް، އެމެރިކާއިން ދީފައިވާ ގެއްލުންތަކުގެ ބަދަލު ދިނުމާއި، ދަތިކުރ...
ނާޒިމާ އަލީ
ބައްޝާރުލް އަސަދުގެ ވެރިކަން 2024 ވަނަ އަހަރު ނިމުމަކަށް އައި ފަހުން، ސޫރިޔާގައި އެކުލަވާލި ފުރަތަމަ ޕާލަމަންޓުގައި އަންހެން މެންބަރުންގެ އަދަދު މަދު ނަމަވެސް، އެ މެންބަރުންގެ ތަފާތު ފެކްޝަންތަކާއި ފިކުރުތައް ތަމްސީލުވުން ވަނީ ފާހަގަކުރެވިފައެވެ. ޖުމްލަ 207 ގޮނޑީގެ ތެރެއިން އަންހެނުންނަށް ލިބިފައިވަނީ 22 ގޮނޑިއެވެ. މިއީ ކުރީގެ މަޖިލީހާ އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތައިގެ ނިސްބަތެކެވެ. ތަފާތު ދާއިރާތަކުގެ އަންހެން މެންބަރުން މިފަހަރުގެ ޕާލަމަންޓުން ފާހަގަކޮށްލެވޭ އެއް މެންބަރަކީ މަޝްހޫރު...
ނާޒިމާ އަލީ
ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ”ޑަބްލިޔު.ޑީ.ސީ ނެޓްބޯލް ޗެލެންޖް 2026″ ރާވާ ހިންގަން ޓީމް ބިއާރޑް އާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް ހިންގުމުގެ އެއްބަސްވުމުގައި ޑަބްލިޔުޑީސީގެ ފަރާތުން ސޮއިކުރެއްވީ ރައީސާ އައިމިނަތު އިބްރާހީމެވެ. ޓީމް ބިއާރޑްގެ ފަރާތުން ސޮައިކުރެއްވީ އަހްމަދު އާސިފެވެ. 25 ދުވަހަށް ވެވުނު މި އެއްބަސްވުމުގެ އަގަކީ 143,640.00 ރުފިޔާއެވެ. މި މުބާރާތުގައި ހޮވާ ވަނަތަކުގެ ތ...
ޔުމްނާ ޢަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ‘ބޯޑް އޮފް ޕީސް’ އިން ޣައްޒާގެ މައްސަލައަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ރަސްމީކޮށް ދެކޮޅުކަން ޢިއުލާންކޮށްފިއެވެ. އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ފުރިހަމައަށް ހަތިޔާރު ބަހައްޓަންދެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށް ދެކޮޅު ހަދާ ކަމަށެވެ. އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދަމުން ނަތަންޔާހޫ ބުނެފައި ވަނީ، އިސްރާއީލުން އެ 15 ނުކުތާގެ ލިޔުން ބަލައެ...
ނާޒިމާ އަލީ
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ޖެހިވަޑައިގެންފައިވާ ޕްރޮސްޓޭޓް ކެންސަރު މިހާރު ކަށިތަކަށް ފެތުރި، އެމަނިކުފާނު ވަރަށް ބޮޑު ތަދެއް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށް ދަރިފުޅު ހަންޓާ ބައިޑަން ބުނެފިއެވެ. ބީބީސީގެ “ނިއުސްނައިޓް” ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ހަންޓާ ބުނީ ބައްޕަގެ ކެންސަރު ބަލި ހަށިގަނޑުގެ އެކި ބައިތަކަށް ފެތުރިފައިވާ ކަމަށެވެ. “ކެންސަރު ވަނީ ފެތުރި، ކަށިތަކަށާއި އެއަށްވުރެ ބޭރަށްވެސް ވަނީ ފެތުރިފައި.” ހަންޓާ ބައިޑަން ބުނެފަވެއެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގ...
ނާޒިމާ އަލީ