މިއަހަރުގެ ހައްޖުގެ އަޅުކަމާއިގެން ކުރިއަށް ދިއުމާމެދު އަދި ގޮތެއް ނުނިންމި ކަމުގައިވިޔަސް މިހާރު މިއޮތް ހާލަތު ސާފުވަންދެން ހައްޖުގެ ތައްޔާރީތައް މަޑުޖައްސާލުމަށް ސައޫދީ ސަރުކާރުގެ މިނިސްޓަރު އޮފް ހައްޖު އެންޑް އުމްރާ މުހަންމަދު ބިން ސާލިހް ބިން ތާހިރު ބެންޠެން އެދިވަޑައި ގަންނަވައިފިއެވެ. ސައުދީ ސަރުކާރުގެ އަލް އަޚުބާރިއްޔާ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ސައުދީ ސަރުކާރުގެ ޙައްޖާއި، އުމުރާއާއި ބެހޭ ވަޒީރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައި މިވާ ހާލަތުން އަރައިގަނެވެންދެން ހައްޖ...
އަލީ އާދިލް
ފާއިތުވި 5 ދުވަސްތެރޭ އެމެރިކާގެ އިތުރު 1 ލައްކަ މީހުންނަށް ކޮވިޑް-19 ޖެހިއްޖިއްޖެއެވެ. އެ ޤައުމުން މިހާރު 205،036 މީހުންނަށް މިބަލި ވަނީ ޖެހިފައެވެ. މިއަދު އެކަނިވެސް އެ ޤައުމުގެ 16506 މީހުންނަށް މިބަލި ޖެހުނެވެ. އެމެރިކާއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 1 އަށް އެރީ ހުސްވި މާރިޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހާއި ހަމައަށް އެ ޤައުމުގެ 104،126 މީހުންނަށް މިބަލި ވަނީ ޖެހިފައެވެ. އެ ޤައުމުން މިހާތަނަށް މިބަލީގައި މަރުވެފައިވަނީ 4516 […]
އަލީ އާދިލް
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 9 ލައްކަ އަށްވުރެ އިތުރުވެ، ބަލި ޖެހުނު މީހުންގެ ޢަދަދު މިލިއަނަކާއި ކައިރި ވެއްޖެއެވެ. ކޮވިޑް-19 ،1 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 22:45 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ ޢަދަދު: 912،295 މީހުން މަރުވި މީހުންގެ ޢަދަދު: 45،540 މީހުން ރަނގަޅުވި މީހުންގެ ޢަދަދު: 191،826 މީހުން ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް 2020 […]
ޝިއުނާ އާދަމް
ކޮވިޑް-19 ޖެހިފައިވާ މިޞްރުގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދަނިކޮށް ނިޔާވި ފުރަތަމަ ޑަކްޓަރުގެ މައްޗަށް ކަށުނަމާދު ކޮށްފިއެވެ. ކޮވިޑް-19 ޖެހިފައިވާ މިޞްރުގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދަނިކޮށް ނިޔާވި ފުރަތަމަ ޑަކްޓަރު، ޑރ. އަޙްމަދު އައްލިވާޙްގެ މައްޗަށް ކުރެވުނު ކަށުނަމާދު ކުރެވިފައި ވަނީ މިޞްރުގެ އިސްމާޢިލިއްޔާގައިއެވެ. މިޞްރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޚާލިދު މެގަހެދު ކުރިން ވަނީ މިޞްރުގެ އަޒުހަރު ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ....
ޔުމްނާ ޢަލީ
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 8 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 800،023 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 169،993 މީހުން ރަނގަޅު ވެފައިވާއިރު، އެބަލީގައި 38،748 މީހުންވަނީ މަރުވެފައިއެވެ. ކޮވިޑް-19 ،31 މާރިޗް 2020، ދިވެހިރާއްޖެ ގަޑި، ހަވީރު 16:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ […]
ޝިއުނާ އާދަމް
ކޮރޯނާ ވައިރަސް ފެތުރިގެން އައިއިރު އެންމެ ފުރަތަމަ ވައިރަސްގެ އަސަރު ފޯރި އެއްގައުމަކީ ޖަޕާނެވެ. މިނުރައްކާތެރި ވަބާގެ ސަބަބުން ދުނިޔޭގެ ބާރުގަދަ ގައުމުތައް މިވަނީ ބަނގުރޫޓުވެ އިނދަޖެހިފައެވެ. މިވައިރަސް ގައުމުތަކަށް ފެތެރި ކޮންޓްރޯލް ކުރުމަށްވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުފައެވެ. ޖަޕާނުގައި ތައުލީމު ހާސިލްކުރާ އިންޑިއާ ކުއްޖަކަށް ކުރެވިފައިވާ ތަޖުރިބާގެ ވާހަކަ ކިޔާލުމުން ޖަޕާނަށްވެސް އެވައިރަސްގެ ބިރުވެރިކަން ކުރިމަތިވެފައި ވިޔަސް، ޖަޕާނުގައި މިވައިރަސް ކޮންޓްރޯލް ކުރެވި، ޖަޕާން އ...
އައިމިނަތު ޔުމްނާ
ކޮވިޑް -19 ޖެހޭ ފަރާތް ތަކަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރ އުފެެއްދުމަށް ދުނިޔޭގެ ބޮޑެތި ބައެއް ޓެކްނޮލޮޖީ އަދި ކާރާއި އެއަކްރާފްޓް އުފައްދާ ކުންފުނިތަކުން އެކުގައި މަސައްކަތް ފަށައިފިއެވެ. ރޯލްސްރޮއިސް، އެއަރބަސް އަދި މައިކްރޯސޮފްޓް ކުންފުނި ހިމެނޭގޮތައް 14 ކުންފުންޔެއް މިޓީމުގައި ހިމެނެއެވެ. މިކުންފުނިތަކުން އެކުގައި މަސައްކަތް ކުރަން ނިންމާފައިމިވަނީ ކޮވިޑް-19 ޖެހޭ ޕޭޝަންޓުންނަށް ފަރުވާދިނުމަށް 10،000 ވެންޓިލޭޓަރު އުފެއްދުމަށް ޔޫކޭގެ ސަރުކާރުން ގޮވާލާފައިވާތީއެވެ. ޔޫކޭގައި މިވަގުތު ސިއްހީހިދުމ...
އައިމިނަތު ޔުމްނާ
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ތިންވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި ސްޕޭން ހިމެނިއްޖެއެވެ. މިބަލި އެ ޤައުމުން މިހާތަނަށް 87956 މީހުންނަށް ވަނީ ޖެހިފައެވެ. އިއްޔެ އެކަނިވެސް މިބަލީގައި ސްޕޭނުން 913 މީހުން މިބަލީގައި ވަނީ މަރުވެފައިއެވެ. އެ ޤައުމުން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއެވެ. އެދުވަހު ވަނީ އެ ޤައުމުން 2 މީހުންނަށް މިބަލި ޖެހިއްޖެކަން ރިޕޯޓް ކޮށްފައިއެވެ. […]
އަލީ އާދިލް
މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ޖެހުނު އިޓަލީގެ 101 އަހަރުގެ ފިރިހެނަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނުމާއި އެކުމިކަން ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރިއެވެ. އިޓަލީގެ އިރު އުތުރުގެ ސިޓީއެއް ކަމަށްވާ ރިމިނީން ރަނގަޅުވި “މރ. ޕީ”ގެ ނަން ދީފައިވާ އެ މީހާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ރިމިނީގެ ޑެޕިއުޓީ މޭޔަރު ގްލޯރިއާ ލިސީ ވިދާޅުވީ “މރ. ޕީ”ގެ އާދަޔާޚިލާފު ރިކަވަރީގެ ސަބަބުން […]
ޔުމްނާ ޢަލީ
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިގެން މިއަދު އެކަނިވެސް އިޓަލީ ވިލާތުން 756 މީހުން އަދި ސްޕޭނުން 624 މީހުން މަރުވެއްޖެއެވެ. މި ދެ ޤައުމަކީ ފަހަކަށް އައިސް އެންމެ ގިނައިން މިބަލީގައި މީހުން މަރުވަމުންދާ ދެ ޤައުމެވެ. މިއަދު ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 209 މީހުން މަރުވި އިނގިރޭސި ވިލާތުންނެވެ. މިލިސްޓްގެ ހަތަރުވަނާ ގައި 132 މީހުން މަރުވި ނެދަލެންޑް އޮތް އިރު، ފަސްވަނާގައި އޮތީ 123 […]
ޔުމްނާ ޢަލީ
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 7 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 702368 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 149219 މީހުން ރަނގަޅު ވެފައިވާއިރު، އެބަލީގައި 33180 މީހުންވަނީ މަރުވެފައިއެވެ. ފަހަކަށް އައިސް މިބަލި ފެތުރުން ބޮޑުތަނުން ހަލުވިވެ، ދަނީ ކޮންމެ ދެދުވަހަކު ގިނަ ޢަދަދެއްގެ ބަޔަކަށް މިބަލި ޖެހެމުންނެވެ. […]
ޔުމްނާ ޢަލީ
ކެނެޑާގެ ފަސްޓްލޭޑީ ސޯފީ ގްރެގޮޔަރ ޓްރޫޑޯއަށް ޖެހިވަޑައިގެންނެވި ކޮވިޑް-19 އާލާސްކަންފުޅުން އެކަމާ ރަނގަޅު ވެއްޖެއެވެ. ކެނެޑާގެ ފަސްޓްލޭޑީ ކޮވިޑް-19 ބަލިން މުޅިން ފަސޭހަވެވަޑައި ގެންފައިވާކަމަށް ޑޮކްޓަރުން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށް އެކަމަނާވަނީ ފޭސްބުކް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ހާމަ ކުރަށްވާފައެވެ. އަދި އެކަމަނާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކުރެއްވި ވީޑިއޯ މެސެޖެއްގައިވެސް އެކަން ހާމަކުރައްވާފައެވެ. https://www.facebook.com/1732388847014056/posts/2473142892938644/ ސޯފީ ޓްރޫޑޯ ބަލ...
އަލީ އާދިލް
ކޮވިޑް19 ޕޭޝަންޓުންނަށް ހާއްސަ ކުރެވިގެން މެޑިވެކް ގެ ހިދުމަތް ފަށައިފިއެވެ. މިއީ ޖަރުމަނުން ފަށާފައިވާ މަތިންދާބޯޓެއްގައި ހަދާފައިވާ އައިސީޔޫ ހިދުމަތެކެވެ. މިއައިސީޔޫ ހަދާފައިވަނީ އެއަރބަސް އޭ 310 މަރުކާ ބޯޓެއްގައި އިޓަލީއިން ޖަރުމަނުގެ ހޮސްޕިޓަލް ތަކަށް ކޮރޯނާ ވައިރަސް ގެ ޕޭޝަންޓުން އުފުލުމަށެވެ. 44 އެނދުގެ މިބޯޓުގައި 16 އެނދު ހާއްސަ ކުރެވިފައިވަނީ އައިސީޔޫގައި ފަރުވާ ދޭންޖެހޭ ޕޭޝަންޓުންނަށެވެ. މިބޯޓުގައި 25 ސިއްހީ ހިދުމަތްތެރިންގެ ޖާގަ ތައްޔާރުކުރެވިފައިވާ މަތިންދާބޯޓު ރޭ ވަނީ އުދުހެން ފަށާފ...
އައިމިނަތު ޔުމްނާ
ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީއިން އިންޑިޔާއަށް ދަތުރުކުރި މީހަކު ވައިރަހަށް ޕޮޒިޓިވްވުމުގެ ސަބަބުން އިންޑިޔާއިން 40،000 މީހުން ކަރަންޓީނު ކޮށްފި ކަމަށް ބީބީސީއިން ބުނެފިއެވެ. މިމީހާ އިޓަލީއިން އައުމަށްފަހު ވަނީ ކޯވިޑްޖެހިގެން މަރުވެފައެވެ. މިކޭސް އާއި ގުޅިގެން ޕަންޖާބުގެ 20 އަވަށަކަށް ވަނީ އައިސޮލޭޓް ވުމަށް މަޖުބޫރުވެފަ އެވެ. 70 އަހަރުގެ މިމިހާވަނީ އިޓަލީއަށް ފަހު އަދި ޖަރުމަނަށް ވެސް ދަތުރުކޮށްފަ އެވެ. އަދި އެއަށްފަހު އޭނާވަނީ އިންޑިޔާގެ ޕަންޖާބުގައި ފާހަގަކުރާ ފެސްޓިވަލެއްގަ...
އަލީ އާދިލް
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 6 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 601010 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 133439 މީހުން ރަނގަޅު ވެފައިވާއިރު، 27432 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ. ކޮވިޑް-19 މިވަގުތަށް ،28 މާރިޗް 2020، ދިވެހިރާއްޖެ ގަޑި 13:35 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ ޢަދަދު: 601010 […]
އަލީ އާދިލް