ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 8 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ.
ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 800،023 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 169،993 މީހުން ރަނގަޅު ވެފައިވާއިރު، އެބަލީގައި 38،748 މީހުންވަނީ މަރުވެފައިއެވެ.
ކޮވިޑް-19 ،31 މާރިޗް 2020، ދިވެހިރާއްޖެ ގަޑި، ހަވީރު 16:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓީވް މީހުންގެ ޢަދަދު: 800،023 މީހުން
މަރުވި މީހުންގެ ޢަދަދު: 38،748 މީހުން
ރަނގަޅުވި މީހުންގެ ޢަދަދު: 169،993 މީހުން
ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް
- 2020 ޖެނުއަރީ 19، 100 މީހުން
- 2020 ޖެނުއަރީ 24، 1،000 މީހުން
- 2020 ފެބްރުއަރީ 12، 50،000 މީހުން
- 2020 މާރިޗް 6، 100،000 މީހުން
- 2020 މާރިޗް 18، 200،000 މީހުން
- 2020 މާރިޗް 21، 300،000 މީހުން
- 2020 މާރިޗް 24، 400،000 މީހުން
- 2020 މާރިޗް 28، 600،000 މީހުން
- 2020 މާރިޗް 29، 700،000 މީހުން
- 2020 މާރިޗް 31، 800،000 މީހުން
ކޮވިޑް-19 އެންމެ ގިނަ މީހުންނަށް ޖެހިފައިވާ 10 ޤައުމު ،31 މާރިޗް 2020، ދިވެހިރާއްޖެ ގަޑި، ހަވީރު 16:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- އެމެރިކާ 164،359 މީހުން
- އިޓަލީ 101739 މީހުން
- ސްޕޭން 94،417 މީހުން
- ޗައިނާ 81،518 މީހުން
- ޖަރުމަން 67،051 މީހުން
- އީރާން 44605 މީހުން
- ފްރާންސް 44550 މީހުން
- ޔޫކޭ 22141 މީހުން
- ސްވިޒަލޭން 16،176 މީހުން
- ބެލްޖިއަމް 12775 މީހުން
ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި 10 ޤައުމު ،31 މާރިޗް 2020، ދިވެހިރާއްޖެ ގަޑި، ހަވީރު 16:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- އިޓަލީ 11،591 މީހުން
- ސްޕޭން 8،189 މީހުން
- ޗައިނާ 3،305 މީހުން
- އެމެރިކާ 3،173 މީހުން
- ފްރާންސް 3،024 މީހުން
- އީރާން 2،898 މީހުން
- ޔޫކޭ 1408 މީހުން
- ނެދަލޭންޑް 864 މީހުން
- ބެލްޖިއަމް 705 މީހުން
- ޖަރުމަން 650 މީހުން
ދުނިޔޭގައި މިބަލި ބާރުމިނެއްގައި މިބަލި ފެތުރޭ ބައެއް ޤައުމުތަކުގެ ބައްޔާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އަދި މިއަދު އަޕްޑޭޓްވެފައި ނުވާތީ، މިރެޔާއި ހަމައަށް މިޢަދަދުތަކެއް ބޮޑު ބަދަލެއް އައުންވެސް އެކަށީގެން ވެއެވެ.
ދުނިޔޭގައި އެންމެ ބާރަށް މިހާރު މިބަލި ފެތުރެނީ އެމެރިކާގައިއެވެ. އެމެރިކާ ފިޔަވައި އެންމެ ބާރަށް މިބަލި ފެތުރެމުން ދަނީ ޔޫރަޕް ބައްރުގައެވެ. އިޓަލީ ވިލާތުގެ އިތުރުން، ސްޕޭން، ޖަރުމަނު ވިލާތް، ފުރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް، ނެދަލެންޑް، ސްވިޑަން، ބެލްޖިއަމް، އޮސްޓްރިއާ، ނޯވޭ، ރޫމޭނިއާ އަދި ޑެންމާކް ފަދަ އެތައް ޔޫރަޕްގެ ޤައުމެއްގައި ހަލުވިކަމާއިއެކު މިބަލި ދަނީ ފެތުރެމުންނެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ބައްރު ތަކުން އީރާން، އޮސްޓްރޭލިއާ، ތުރުކީވިލާތް، ޗިލީ، ސައުތުއެފްރިކާ، އިސްރާއީލް، އިންޑޮނެޝިއާ، މެލޭސިޔާ، ފިލިޕީންސް، ތައިލެންޑް، ރަސިއާ އަދި އިކުއެޑޯ ފަދަ ޤައުމުތަކަކީ ބަލި ފެތުރުން ހަލުވިވެފައިވާ ޤައުމުތަކެވެ.
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 200 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!