ކޮރޯނާ ވައިރަސް ފެތުރިގެން އައިއިރު އެންމެ ފުރަތަމަ ވައިރަސްގެ އަސަރު ފޯރި އެއްގައުމަކީ ޖަޕާނެވެ. މިނުރައްކާތެރި ވަބާގެ ސަބަބުން ދުނިޔޭގެ ބާރުގަދަ ގައުމުތައް މިވަނީ ބަނގުރޫޓުވެ އިނދަޖެހިފައެވެ. މިވައިރަސް ގައުމުތަކަށް ފެތެރި ކޮންޓްރޯލް ކުރުމަށްވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުފައެވެ.

ޖަޕާނުގައި ތައުލީމު ހާސިލްކުރާ އިންޑިއާ ކުއްޖަކަށް ކުރެވިފައިވާ ތަޖުރިބާގެ ވާހަކަ ކިޔާލުމުން ޖަޕާނަށްވެސް އެވައިރަސްގެ ބިރުވެރިކަން ކުރިމަތިވެފައި ވިޔަސް، ޖަޕާނުގައި މިވައިރަސް ކޮންޓްރޯލް ކުރެވި، ޖަޕާން އެވައިރަސްގެ ބިރުވެރިކަމުން ހިންދެމިލައިގެން އޮންނަ ސަބަބު އެނގިގެން ދެޔެވެ.

Ad
rt

ޖެނުއަރީގައި ލަގްޒަރީ ޑައިމަންޑް ޕްރިންސަސް ކްރޫޒްޝިޕް ކަރަންޓީނު ކުރެވުމާއި އެކު ޖަޕާނުގެ ހާލަތު މިއަދު ޔޫރަޕުގެ ގައުމުތައް އޮތް ހާލަތަށް ހިނގައިދާނޭ ކަމަށް އޭނާ ލަފާކުރިއެވެ.

އޭނާ ބުނެފައިވާ ގޮތުން އެނބުރި އިންޑިއާއަށް އައުމަށް އޭނާގެ މައިން ބަފައިން ދިޔައީ އެދެމުންނެވެ. ނަމަވެސް އޭނާއަށް އިންޑިއާއަށްވުރެ ޖަޕާނުގައި ހުރުން ބުއްދިވެރިކަމަށް ވިސްނުނެވެ.

މިއަދާ ހަމައަށްވެސް ޖަޕާނުގެ ހާލަތު ކުރިއެކޭ އެއްފަދައެވެ. ރެސްޓޯރެންޓް ތަކާއި ކެފޭތައް ބަންދެއް ނުކުރެއެވެ. ދަތުރުފަތުރުކުރުން ވަނީ ހުޅުވާލެވިފައެވެ. ބައިނަލްއަގުވާމީ ބޯޑަރުތައްވެސް ވަނީ ހުޅުވިފައެވެ. އިޓަލީއެކޭ އެއްފަދައިން ޖަޕާނަކީވެސް ދޮށީ އުމުރުގެ މީހުން ގިނަ ގައުމެކެވެ. އަދި ފަތުރުރުވެރިން ގިނައަދަދަކަށް އައިސް ގޮސްހަދާ ގައުމެކެވެ. މިހާތަނަށް ޖަޕާނުގައި އަޅާފައިވާ ފިޔަވަޅަކީ ސްކޫލްތައް ބަންދު ކުރުމާއި، އާންމު ބައެއް އިވެންޓުތައް ފަސްކުރުމެވެ.

ލޮކްޑައުން ކުރުމުން އިންޑިއާފަދަ ބައިބޯ ގައުމަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ޓޯކިޔޯ އަކީ ބައިބޯތަނަކަށް ވެފައި އެތަން ވަނީ ކޮންޓްރޯލް ގެ ދަށުގައެވެ. ޖަޕާނުގައި ކުރިއެކޭ އެއްފަދައިން ތަފާތެއް ނެތި ދުވަސްތައް ހޭދަކުރަމުން އަންނަ މިކުއްޖާ ބިރުގަންނަނީ އިންޑިއާގެ ޚަބަރުތައް އިވިފައިކަމަށްވެސް ބުނެފައިވެއެވެ.

މިކަމުގައި އެކުއްޖާގެ ތަޖުރިބާ ހިއްސާކުރި އެ ކުއްޖާ އަށް ފާހަގަ ކުރެވުނީ ޖަޕާނުގައި މިހާލަތު މިގޮތަށް ދެމި އޮންނަން ދިމާވި މައިގަނޑު ސަބަބަކީ އެމީހުންގެ ކުޑައިރުންސުރެން ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓަމުން އަންނަ ގޮތުން ކަމަށެވެ. އެމީހުންގެ މުޖުތަމައުގައި ޒަމާނުންސުރެން އޮންނަ ރީތި އަދަބާއި އަހުލާގުގެ ސަބަބުން ކަމަށެވެ.

ޖަޕާނުގައި އާންމު ގޮތެއްގައި މާސްކު ބޭނުންކުރުމަކީ އަބަދުވެސް ކުރަމުން އަންނަކަމެކެވެ. ގިނަ ގެ ތަކާއި އޮފީސް އޮފީހުގައި މާސްކު އަބަދުވެސް ގެންގުޅެއެވެ. %60 މީހުންނަކީ ބޭރަށް ނިކުންނައިރު މާސްކު ބޭނުންކުރާ މީހުންނެވެ. ކިތަަންމެ ކުޑަ ރޯގާއެއް ކުރިމަތި ވީކަމުގައި ވިޔަސް އެމީހުން ރައްކާތެރިވުމަށް މާސްކު ބޭނުންކުރެއެވެ. ޙާއްސަކޮށް، އާންމުންނާއި ކުރިމަތިލާ ރިސެޕްޝަނިސްޓުން، ފުލުހުން، ސާފުކުރާ މީހުން ޑަރައިވަރުން އާންމު ގޮތެއްގައި މާސްކު ބޭނުންކުރާ މީހުން ތެރޭގައި ހިމެނެއެވެ. އަދި ގެތަކުގައި ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ "ކޮޑޯމާ" މާސްކުވެސް ހުރެއެވެ.

ޖަޕާނުގައި އަކުރު އުނގަނައިދިނުމުގެ ކުރިން ސާފުތާހިރުކަން ދަމަހައްޓާނެގޮތް އުނގައްނައި ދޭކަމަށް ބުނެވެއެވެ. ސާފުތާހިރު ކަމަކީ ޖަޕާނުމީހުންގެ އާންމު ދިރުއުޅުމުގެ ބައެކެވެ. އެމީހުންގެ އާދަ ކާދައިގައި ހިމެނޭ ކަމެކެވެ. އެމީހުން މަގުމައްޗަަށް ކުނިއަޅާ ނުވަތަ ކުނިއުކާ ނޫޅެއެވެ. ކުނިއަޅާ އަދި ކުޅުޖަހާ ހަދަނީވެސް ކުނިވަށިގަނޑަށްށެވެ.

ޖަޕާނަކީ އަތާ އަތް ޖޯޑުކޮށް ސަލާމްކުރާ ގައުމެއް ނޫނެއެވެ. އެމީހުންނަކީ އެކަކު އަނެކަކު ކުރިމަތީ ހުއްޓުމަށްފަހު ކުޑަކޮށް ބޯތިރިކޮށް ލުމަށްފަހު ސަަލާމް ކޮށްލާ ބައެކެވެ.

ޖަޕާނުގައި ގިނައިން އަތްދޮވުމަކީ ވެސް އެމީހުންގެ އާދަތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. އާންމު ފާޚާނާތަކާއި އޮފީސް ތަކުގައި ވެސް ސެނިޓައިޒަރ އާންމުގޮތެއްގައި ބޭނުންކޮށް އުޅެއެވެ.

މީގެއިތުރުން މިކުއްޖާއަށް ފާހަގަ ކުރެވުނު ކަންތަކުގެ ތެރޭގައި ޖަޕާނު މީހުން އާންމު ތަންތަނުގެ ފާޚާނާ ތަކުގެ ސިންކު އަތްދޮވުމަށް ބޭނުންކުރުމަށްފަހު ސިންކު މަތި ޓިސޫއިން ސާފު ކޮށްލައެވެ. ސަބަބަކީ ދެން އެސިންކު ބޭނުންކުރަން ކައިރިވާ ފަރާތައް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި ވެޓް ޓިސޫ އަކީ ޖަޕާނު މީހުން ޖީބުގަ ނުވަތަ ދަބަހުގައި އަތް ސާފުކުރުމަށް އަބަދުވެސް ގެންގުޅޭ އެއްޗެކެވެ. އަދި އިޖްތިމާއީ ގައިދުރު ކަމަކީ ޖަޕާނުމީހުން ފެށުނީއްސުރެން އިސްކަން ދެމުންއަންނަ ރީތި އާދައެކެވެ.

އެކުއްޖާ ޤަބޫލުކުރާ ގޮތުގައި މިއީ މިއަދާ ހަމައަށްވެސް ލޮކްޑައުންއަކަށް ނުގޮސް ޖަޕާން އޮތް ސަބަބުތަކެވެ. ޖަޕާނު މީހުންގެ ރީތި ސާދާ ސާފްތާހިރު ދިރިއުޅުމުގެ ސަބަބުން އެމީހުންނަށް މިވަނީ ރައްކާތެރިކަން ކޮންމެސް ވަރަކަށް ކަށަވަރުވެފައެވެ.

ޖަޕާނުގައި ޖުމްލަ ގޮތެއްގައި މިވަގުތު 2608 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ. އަދި ކްރޫޒް ޝިޕްގެ 10 މީހުން ހިމަނައިގެ 67 މީހަކު ވަނީ މިވައިރަސްގެ ސަބަބުން މަރުވެފަކަމަށް ޖަޕާން ސަރުކާރުން ވަނީ ބުނެފައެވެ.