ކޯވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ ސައިންސްވެރިން ކުރަމުންދާ ބުރަ މަސައްކަތް ތަކުގެ ތެރެއިން، ދެވަނަ ފަހަރަށް ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީގެ ޓީމަކުން ތިން މަސްދުވަހުގެ މަސައްކަތުން ތައްޔާރު ކުރި މި ވެކްސިން ފުރަތަމަ ދެވުނީ ދެ މީހަކަށެވެ. އެގޮތުން ފުރަތަމަ ޓެސްޓަށް ވެކްސިން ދެވުނު އެޑްވަޑް އަދި އެލީސާ އަށް މި ވެކްސިން ދީފައިވަނީ މިކަމަށް ހޮވާލެވުނު 800 މީހުންގެ ތެރެއިންނެވެ. ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އ...
އަލީ އާދިލް
6 އަހަރު ކުރިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަށް މިއަދު ފޯނުން ގުޅުއްވައި ޝުކުރު އަދާ ކުރަށްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަށް ގުޅުއްވައި، ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނެސް ދިނުމަށް ވެދެއްވި އެހީތެރިކަމާއި، ބަންގްލަދޭޝް އިން ރާއްޖެއަށް ފޯރުކޮށްދިން ދީލަތި އެހީތަކަށް އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ފ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ދުނިޔޭގެ އެކި ބައްރުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 2.5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. 22 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، މެންދަމު 01:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ފައްސިވި މީހުންގެ ޢަދަދު: 2,543,588 މަރުވި މީހުންގެ ޢަދަދު: 176,596 ރަނގަޅުވި މީހުންގެ ޢަދަދު: 687,034 ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް 2020 ޖެނުއަރީ 19، 100 މީހުން 2020 ޖެނުއަރީ 24، 1،000 މީހުން 2020 […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ޕެޓަލިން ޖާޔާ: ދެކުނު ކޮރެޔާ އާއި ޗައިނާއަށްވުރެ އެމެރިކާއާއި ޔޫރަޕަށް ކޯވިޑް19ގެ ބިރުވެރިކަން އަރައިގަންނަން އުނދަގޫވީ އެމީހުންގެ އަޚުލާޤު ގޯސްވުމުންކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ. މަހާތީރު ވިދާޅުވީ އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކަށް ކޯވިޑް 19ގެ ނުރައްކާ ބޮޑުވެ، މިކަމަށް ބޮޑު އަގެއް ދައްކަން ޖެހުނީ އެ ޤައުމުތަކުގައި ފަރުދީ މިނިވަންކަން ދެވިފައި އޮންނަލެއް ބޮޑުކަމުންނެވެ. އެކަމާ ހެދި ކޯވިޑް 19 އާއި ކުރިމަތިލުމަށް ދަތިތަކާއި ކުރިމަތިވެ ބަލީގެ ނުރ...
އާދަމް ޝަރީފް
6 އަހަރު ކުރިން
ދިވެހި ސަރުކާރާ ބަންގްލަދޭޝްގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެޤައުމުގެ މެޑިކަލް ޓީމެއް ރާއްޖެއަށް އަންނާނެކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ. ފޮރިން މިނިސްޓްރީއިން ބުނީ މި ޓީމަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއްކަމަށާއި މިޓީމު އަންނަނީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ނޭޕާލުން އަންނަ 18 ދިވެހިންނާއި، ބަންގްލަދޭޝްއިން އަންނަ 51 ދިވެހީން އަންނައިރު ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ މިމަތިންދާބޯ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
އިންޑިއާ ސަރުކާރު ހޮސްޕިޓަލެއްގައި، ކޮވިޑް-19 ބަލިޖެހޭ މުސްލިމުންނައި ހިންދޫންނަށް ފަރުވާ ދިނުމަށް ވަކި ވޯޑުތަކެއްގައި ބިއްތިއްބަމުން އެބަދެއެވެ. ބަލިޖެހޭ މުސްލިމުންނައި ހިންދޫންނަށް ވަކި ވޯޑުތަކެއް ހަދައިގެން ފަރުވާދޭ ގޮތަށް ހަދާފައިވަނީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖަރާތުގެ އެންމެ މައި ސިޓީ އަހްމަދުއާބާދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްކަމުގައިވާ އަހުމަދު އާބާދު ސިވިލް ހޮސްޕިޓަލު ގައިއެވެ. އެ ހޮސްޕިޓަލްގައި ކޯވިޑް-19 ބަލި މީހުންނަށް 1200 އެނދުވަނީ ހާއްސަ ކޮށްފައެވެ. ނިއުސް އަށާރ...
އަލީ އާދިލް
6 އަހަރު ކުރިން
ދުނިޔޭގެ އެކި ބައްރުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިކަމަށް މިވައިރަސްގެ ތަފާސް ހިސާބުތަށް ބަލަހައްޓަމުން އަންނަ ފަރާތްތަކުން ބުނެފިއެވެ. 15 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 1010 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ފައްސިވި މީހުންގެ ޢަދަދު: 2،000،0043 މަރުވި މީހުންގެ ޢަދަދު: 126,753 ރަނގަޅުވި މީހުންގެ ޢަދަދު:484,573 ޔޫރަޕްގެ ބައެއް ޤައުމުތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވި ނަމަވެސް މިބަލި ފ...
އަލީ އާދިލް
6 އަހަރު ކުރިން
ކޯވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ފޫހިވާތީ ނައިޖީރިއާގެ ވެރިރަށް އަބޫޖާގެ މަގުތައްމަތީގައި އެކި ގުރޫޕުތައް ހަދައިގެން ކަސްރަތުކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުން އެބަދެއެވެ. ރޮއިޓާސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފުރަބަންދުގެ ސަބަބުން އަބޫޖާގެ މަގުތަކުގައި ދުއްވާއެއްޗެހި އުޅޭ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެހެން ކަމުން ފޫހި ފިލުވުމަށް އެޤައުމުގެ މީހުން ދަނީ މަގުތަކާއި، ހައިވޭ ތަކުގައި ކަސްރަތުކުރުމަށް އެއްވަމުންކަމަށް ބުނެފައިވެއެވެ. މަގުތަކަށް ކަސްރަތު...
އައިމިނަތު ޔުމްނާ
6 އަހަރު ކުރިން
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 1.9 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. މިހާތަނަށް މިބަލި ވަނީ ދުނިޔޭގެ 1,924,288 މީހުންނަށް ޖެހިފައެވެ. މިބަލި ފެތުރޭ ބާރުމިނަށް ބަލާއިރު، މިރޭ ނުވަތަ މާދަމާ މި ޢަދަދު ދެ މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. އިއްޔެ ބަލި ބަލި ޖެހުނު މީހުންގެ ޢަދަދަށް ލައްކައެއް އިތުރުވި އިރު، މިއީ ޖެހި ޖެހިގެން ލައްކައެއް އިތުރުވި 4 ވަނަ ދުވަހެވެ. މިބަލި އިއްޔެ އެކަނިވެސް […]
އަލީ އާދިލް
6 އަހަރު ކުރިން
ކޯވިޑް19 ގެ ސަބަބުން ފުރަބަންދުގައި ތިބޭ މީހުން ކޮންމެހެންވެސް ބަލާލަންޖެހޭ “އިންވެސްޓިގޭޝަން” ރިޕޯޓުތަކުގެ ތެރޭގައި، ދިވެހި ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ވައްކަމާ ގުޅޭ ގޮތުން ގަތަރުގެ އަލްޖަޒީރާއިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ނެރުނު “ސްޓީލިން ޕެރަޑައިސް” ހިމެނިއްޖެއެވެ. ކޯވިޑް19 އާއި ގުޅިގެން އަލްޖަޒީރާއިން މިދުވަސްވަރު އަންނަނީ އެވެބްސައިޓުގައި ކުރިން ގެނެސްދީފައިވާ ޕްރޮގުރާމްތަކުން އާންމުންގެ މަގުބޫލުކަން ލިބިފައިވާ 5 ކަމެއް ހިނަމާ ކިއުންތެރިންނާއި އަލުން ހިއް...
އަލީ އާދިލް
6 އަހަރު ކުރިން
އިންޑިއާއިން ފާސްކޮށްފައިވާ ނަސްލީ ތަފާތުކުރުމުގެ ރަށްވެހިކަމުގެ ގާނޫނާއި، އެފަދަ ސިޔާސަތުތައް އުވާލުމަށް ގޮވާލައި ހިއުމަން ރައިޓްސް ވޮޗުން 82 ސަފްހާގެ ރިޕޯޓެއް ނެރެފިއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، އިންޑިއާއިން ފާސްކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން އިންޑިއާގެ އާބަދީގައި ހިމެނޭ އެތައް މިލިއަން މުސްލިމުންގެ ހައްގުތައް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. މި ގާނޫނުގެ ދަށުން، މުޅި އިންޑިއާގައި ރައްޔިތުންގެ ދަފްތަރެއް އެކުލަވާލައި، ގަވާއިދާ ޚިލާފަށްއުޅޭ “ހިޖުރަވެރިން” ބޭރ...
ހުސައިން ހަބީބް
6 އަހަރު ކުރިން
ދުނިޔޭގެ ސްޕަރ ޕަވަރ ކަމަށް ދައުވާ ކުރާ އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ބައި މިލިއަން ފަހަނައަޅައިގޮސް ވިހި ހާހަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެމެރިކާއިން މިހާތަނަށް 532,879 މީހުންނަށް ވަނީ މިބަލިޖެހިފައެވެ. އަދި މީހުން އެ ޤައުމުން މިބަލީގައި 20,577 މީހުން ވަނީ މަރުވެފައި ވެއެވެ. އަސްކަރީ ގޮތުން ބާރު ދަމަހައްޓައި، އެންމެ ނުފޫޒާއި ބާރު ގަދަ ޤައުމަށް ވުމަށް ޤައުމުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަމުން އައި އެމެރިކާއަކީ މިހާރު ދުނިޔެއިން އެންމެ […]
އަލީ އާދިލް
6 އަހަރު ކުރިން
ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 1،700،391 (އެއް މިލިއަން ހަތް ލައްކަ ތިންސަތޭކަ ނުވަދިހަ އެކެއް) އަށް އަރައިފިއެވެ. އަދި މިބަލީގައި މިހާތަނަށް 102760 (އެއް ލައްކަ ދެ ހާސް ހަތްސަތޭކަ ފަސްދޮޅަސް) މީހުން މަރުވެއްޖެއެވެ. ކޮވިޑް-19 މުޅި ދުނިޔެ، 11 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، މެންދުރު 12:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ ޢަދަދު: 1،700،391 މަރުވި މީހުންގެ ޢަދަދު: 102،760 ރަނގަޅުވި މީހުންގެ ޢަދަދު: 376،572 […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގައި މަރުވި މީހުންގެ ޢަދަދު ލައްކައަކަށް ވުރެ މަތިވެއްޖެއެވެ. ދުނިޔެއިން މިހާތަނަށް މިބަލީގައި 100,440 މީހުން މަރުވެފައިވާއިރ،ު ފައްސިވިމީހުންގެ ޢަދަދު މިހާރުވަނީ 1,666,766 އަށް އަރާފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި މިއަދަކީ މިބަލި ފެތުރެން ފެށިތާ 100 ދުވަސް ހަމަވި ދުވަހެވެ. As we mark 100 days since the first case of what we now call #COVID19 now was notified to […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން އިއްޔެ މަރުވެއްޖެއެވެ. އެ ޤައުމުން އިއްޔެ އެކަނިވެސް ވަނީ 1900 މީހުން އެބަލީގައި މަރުވެފައެވެ. އިއްޔެ އެ ޤައުމުން 33،536 މީހުން ވަނީ އަލަށް އެބައްޔަށް ފައްސިވެސް ވެފައެވެ. ކޮވިޑް-19 އެމެރިކާ ،10 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ފައްސިވި މީހުންގެ ޢަދަދު: 468,566 މަރުވި މީހުންގެ ޢަދަދު: 16,691 ރަނގަޅުވި މީހުންގެ ޢަދަދު: 25,928 އެމެރިކާގެ […]
ޝިއުނާ އާދަމް
6 އަހަރު ކުރިން