ދުނިޔޭގެ އެންމެ މޮޅު އެއް މިކްސް މާރޝަލް އާރޓިސްޓް، އަަދި މުސްލިމް ދުނިޔޭގައި "ހީރޯ" އެއް ކަމުގައި ދެކެމުންއަންނަ ޚަބީބް ނުމަގޮމެޑޯވް، ފްރާންސްގެ ރައީސަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.
ޚަބީބް އޭނާގެ އިންސްޓަރގްރާމް އެކައުންޓްގައި ބުނެފައިވާ ގޮތުން ،ފްރާންސްގެ ރައީސަކީ ނުލަފާ ވެރިއެކެވެ. އަދި އޭނާގެ މައްޗަށް މާތްﷲގެ ލަޢުނަތް ޙައްޤުވެގެންވެއެވެ.
މުސްލިމު ދުނިޔޭގައި އަދި ހަމަ އެހެންމެ މި ވަގުތު ދުނިޔޭގައި އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ހިމެނޭ ޚަބީބް ވަނީ ޚިޔާލު ފާޅު ކުރުމުގެ ނަމުގައި ފްރާންސްގެ ރައީސް ކުރަމުން އަންނަ ކަންކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
"މާތްﷲ އޭނާގެ (ފްރާންސްގެ ރައީސްގެ) މޫނު ހަލާކު ކުރައްވާފާންދޭވެ! މިއީ1.5 ބިލިއަން މުސްލިމުންނަށް ކުރެވޭ ވަރަށް ބޮޑު ބޭ އިންސާފެއް. ޚިޔާލު ފާޅު ކުރުމުގެ ނަމުގައި"
32 އަހަރުގެ ލައިޓްވެއިޓް ޗެމްޕިއަން އޭނާގެ އިންސްޓަރގްރާމްގައި ލިޔެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މާތް ﷲ ފްރާންސްގެ ރައީސް މި ދުނިޔޭގައި އަދި އާޚިރަތުގައިވެސް ގެއްލެނި ކުރައްވާތޯ ދުޢާ ކުރާކަމަށެވެ.
އޭނާގެ މި އިންސްޓަރގްރާމް ފޮޓޯގައި މެކްރޯންގެ ފޮޓޯގެ މޫނުގައި ބޫޓު ކިބައެއްގެ ދަށްފުށް ޖަހާފައިވާއިރު، މި ފޮޓޯއަށް ވަނީ1.9 މިލިއަން ލައިކްސް ލިބިފައެވެ.
ފްރާންސްގައި ލޮބުވެތި ރަސޫލާ صلى الله عليه وسلم ގެ ކާރޓޫންއެއް ކުރެހި މައްސަލަ މެކްރޯން އެއްވެސް ވަރަކަށް މަނާ ކޮށްފައިނުވާ އިރު، އޭނާ ވަނީ އެއީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަމުގައި ބުނެފައެވެ. އަދި މި ކަމުގެ ސަބަބުން ހައްދުފަހަނަ އަޅައި ގޮސްފައިވާ މީހަކު ފްރާންސްގެ ޓީޗަރެެއް މަރާލާފައިވާ ކަމަށް ބުނެ މި ކަން ވަނީ ކުށްވެރިކޮށްފައެވެ.
މިކަމުގެ ސަބަބުން ގިނަ ބަޔަކު އޭނާގެ ކަންކަން ބޭ އިންސާފުކަމަށާއި، މުސްލިމުންނަށް އިހާނެތިގޮތް ހަދަނީ ކަމަށް ވަނީ ބުނަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!