މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އިސްރާއީލުގެ ބޯޓަކަށް ދިން ހަމަލާއަކީ އިރާނުން ދިން ހަމަލާއެއް ކަމަށާއި އޭގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު މެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

މި ހަމަލާއާ ގުޅިގެން އެ ބޯޓަށް ބޮޑެތި ގެއްލުންތައްވެ ބޯޓު މަރާމާތު ކުރުމަށް ދުބާއީއަށް ވަނީ ބަނދަރުކޮށްފައެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

Ad
rt

އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓު ކޮށްފައިވާގޮތުގައި ނަތަންޔާހޫ ވަނީ ބޯޓަށް ދިން ހަމަލާއަކީ އިރާނުން ދިން ހަމަލާއެއްކަން ޔަގީންވާކަމަށް ނަތަންޔާހޫއާ ހަވާލާދީ ބުނެފައެވެ. އަދި އީރާނަކީ އިސްރާއީލުގެ އެންމެ ބޮޑު ހަތުރު ކަމަށާއި އެ ގައުމަށް ހަމަލާ ދޭނެ ކަމަށް ބުންޏެވެ.

ހަމަލާ ދޭނެކަމަށް ބުނިނަމަވެސް އެ ހަމަލާތައް ދޭނީ ކޮން ގޮތަކަށް ކަމެއް ނަތަންޔާހޫ ނުބުނެ އެވެ. ނަމަވެސް ޑަމަސްކަސްއަށް އަށް މިދިޔަ އާދީއްތަ ދުވަހު އިސްރާއީލުން މިސައިލްތަކުގެ ހަމަލާ ދީފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ބެލެވޭ ގޮތުގައި މި ހަމަލާތައް ދީފައިވަނީ އެ ސަރަހައްދުގައި ތިބި އީރާނުގެ ހަނގުރާމަވެރިންތަކަކަށެވެ.

މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މި ހަމަލާތަކަކީ އިސްރާއީލުން ދިން ހަމަލާތަކެއް ކަން އެ ގައުމުގެ އާމީ އިން އަދި ޔަގީންކޮށް ނުދެއެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދު ޚާތިބުޒާދޭ ވަނީ އިސްރާއީލުން ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ހާމަކުރިގޮތުގައި ބޯޓަށް ދިން ހަމަލާގައި އީރާނުގެ އެއްވެސް އަތެއް ނުވެއެވެ.