ޕާކިސްތާނުގެ ދަނަނީރު މޮބީން، (19) މިދިޔަ ޖެނުއަރީ މަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ވީޑިއޯއެއްގެ ސަބަބުން މުޅި އިންޓަނެޓް ގުގުމާލައިފިއެވެ.

ދަނަނީރު އޭނާގެ ރައްޓެހިންތަކަކާއެކު ކޮށްފައިވާ މި ވިޑިއޯގައި އޭނާ ބުނަނޯ "މިއީ އަހަރުމެން. މިއީ އަހަރުމެންގެ ކާރު. މިތާ އަހަރުމެންގެ ޕާޓީ ކުރިއަށްދަނީ،" އެވެ. ނަމަވެސް ގިނަ ބައެއްގެ މެދުގައި މި ވީޑިއޯކޮޅު މަޝްހޫރު ވެފައިވަނީ އޭނާ ޕާޓީގެ ބަދަލުގައި "ޕަވްރީ" ބުނުމުންނެވެ. އޭނާ މިހެން ބުނީ ބޭރު ގައުމުތަކުގައި ދިރިއުޅޭޕާކިސްތާނު މީހުންނަށް ޖޯކު ޖެހުމުގެ ގޮތުންނެވެ.

Ad
rt

މި ވީޑިއޯ ވައިރަލްވެ މިލިއަނުން ވިއުސް ލިބިފައިވާއިރު އިންޑިއާ އަދި ޕާކިސްތާނުގެ ގިނަ ބަޔަކު ދަނީ މިގޮތަށް އަމިއްލަ ވީޑިއޯތައް ހަދަމުންނެވެ. މީގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ސިފައިންނާއި އިންޑިއާގެ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.

View this post on Instagram

A post shared by Dananeer | (@dananeerr)

އިންޑިއާގެ ފުލުހުން މި ވީޑިއޯ ބޭނުން ކޮށްފައިވަނީ އާއްމުން ހޭލުންތެރި ކުރުވުމަށެވެ. އެގޮތުން، ޕެޓްރޯލް ކުރާ ކަން ހާމަ ކުރުމަށް ހެދި މި ވީޑިއޯގައި ފުލުހުން ބުނެފައިވަނީ "މިއީ އަޅުގަނޑުމެން. މިއީ އަޅުގަނޑުމެންގެ ބަޑިތައް. މިއީ އަޅުގަނޑުމެންގެ ޕެޓްރޯލިން ކުރިއަށްދަނީ،" އެވެ.

މިގޮތަށް ބޮލީވުޑްގެ ތަރިންވެސް "ޕަވްރީ"ގެ ބަދަލުގައި އަމިއްލަ ލަފްޒުތަކެއް ބޭނުންކޮށްގެން ވީޑިއޯތައް ދަނީ ހަދަމުންނެވެ.

ކިރުގެ އުފެއްދުންތައް ބާޒާރަށް ނެރެމުން އަންނަ އިންޑިއާގެ އެންމެ މަޝްހޫރު ކުންފުނި، އަމޫލް އިންވެސް ވަނީ މި ވީޑިއޯގެ ބޭނުން ކޮށްފައެވެ. އެ ކުންފުނިން ހެދި ޕެރޮޑީވީޑިއޯގައި "ޕަވްރީ"ގެ ބަދަލުގައި ބޭނުން ކޮށްފައިވަނީ "ޕަވްޓީ" އެވެ. އެއީ ސައިގެ ވައްތަރެއް އިޝްތިހާރު ކުރުމަށެވެ.

ޕާކިސްތާނާއި އިންޑިއާގެ ގިނަ އަދަދެއްގެ ސިޔާސީ މީހުންވެސް ވަނީ މި ވީޑިއޯއަށް ޕެރޮޑީ ވޯޑިއޯތަކެއް ހަދައިފައެވެ.

ދަނަނީރު ބުނީ އޭނާ މި ވީޑިއޯ ހެދީ މަޖަލަކަށް ކަމަށެވެ. ނަމަވެސް މިހާ ބޮޑަށް ވައިރަލް ވާނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އޭނާ ބުންޏެވެ.