އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު ކުދިންނަށް ވެސް ފައިޒާ ވެކްސިން ދެވޭނެ ކަމަށާއި އޭގެ ސަބަބުން ބޮޑު ސައިޑްއިފެކްޓުތަކެއް ނުފެންނާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މެޑިސިންސް ރެގިޔުލޭޓާ، މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިޔުލޭޓަރީ އެޖެންސީ އިން ކުރިއަށްގެންދިޔަ ޓްރަޔަލްތަކަށްފަހު، އެ އިދާރާ އިން ބުނީ ޓްރަޔަލްތަކުން އެ އުމުރުގެ ކުދިންނަށް ވެކްސިން ދިނަސް ސައިޑް އިފެކްޓުތައް ނުފެންނަކަން ހާމަވާ ކަމަށެވެ. އަދި ޓްރަޔަލްތައް ކާމިޔާބު ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

Ad
rt

މި ޓްރަޔަލްތައް ކާމިޔާބު ނަމަވެސް އެ އުމުރުގެ ކުދިންނަށް ވެކްސިން ދޭން ފެށުމާ ގުޅޭގޮތުން ގޮތް ނިންމާނީ އެ ގައުމުގެ ވެކްސިން އެންޑް އިމިޔުނިޒޭޝަން ބޯޑުން ކަމަށް އެ އިދާރާއިން ބުންޏެވެ.

ޓްރަޔަލްތަކުގައި 2،000 ކުދިން ބައިވެރިކުރި އިރު ވެކްސިންގެ ފަހުން އެ ކުދިންގެ ގައިން އެންޓިބޮޑީޒް ފެންނަ މިންވަރު ހުރީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންގެ ގައިން އެންޓިބޮޑީޒް ފެންނަ މިންވަރަށް ކަމަށާއި އެއީ ލިބުނު ކާމިޔާބީ އެއް ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން އެމެރިކާގައި މިހާރު ވަނީ ފަށައިފައެވެ. ޖަރުމަނާއި ފްރާންސް އިން ވެސް ދަނީ އެ އުމުރުގެ ކުދިންނަށް އެ ވެކްސިން ދޭން ތައްޔާރުވަމުންނެވެ. އަދި ޑަބްލިއުއެޗްއޯއިން އެކަމުގެ ހުއްދަ ދޭން ފެށުމާއެކު ުނިޔޭގެ ގިނަ ގައުމުތަކުން މި އުމުރުގެ ކުދިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ބެލެވެއެވެ.