ކޯވިޑް-19 އާ ގުޅިގެން ސައުދީގެ މިސްކިތްތަކުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެ ގައުމުގެ ސަރުކާރުން މިއަދު ލުއި ދީފިއެވެ.

ސައުދީ ސަރުކާރުން ވަނީ ކޯވިޑް އިން ރައްކާތެރިވުމަށް އެ ގައުމުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުކުރުމާއި ޖަމާއަތުގެ ނަމާދު ނިމުމުން މިސްކިތްތަކުގައި މަޑުނުކުރަން އަންގާފައެވެ. އަދި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރުމަށް އަންގާފައިވާއިރު މިސްކިތްތަކުގައި ހުންނަ މުސްހަފުތައް ވަނީ ނަގާފައެވެ.

Ad
rt

މީގެ އިތުރުން ހުކުރު ނަމާދުގެ ހުތުބާ ކުރުކުރުމާއި މިސްކިތްތަކުގައި އޮންނަ ކުލާސްތަކާއި ދަރުސްތައްވެސް ވަގުތީގޮތުން ހުއްޓާލިއެވެ. އަދި މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ފެން ކޫލަރުތައް ނަގާ މިސްކިތްތަކުގައި ކައިބޮއި ހެދުން ވެސް ސައުދީ ސަރުކާރުން މަނާކުރި އެވެ.

އެ ގައުމުގެ ސަރުކާރުން މިއަދު ބުނީ މީގެ ތެރެއިން ބައެއް ފިޔަވަޅުތައް ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން، މިސްކިތްތަކުގައި މުސްހަފުތައް ބެހެއްޓުމާއި ހުކުރު ނަމާދު ދިގުކުރެވޭގޮތާއި މިސްކިތްތަކުގައި ކްލާސްތައް ނެގޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ.

ސައުދީގައި މިހާތަނަަށް 473،000 މީހުންނަށް ކޯވިޑް ބަލި ޖެހުނެވެ. އޭގެ ތެރެއިން 454،000 މީހުން ބަލީން ފަސޭހަވެފައިވާއިރު 7،633 މީހުން ވަނީ މަރުވެފައެވެ.