ގިނަ ދުވަސްތަކެއްގެ ދިގު އިންތިޒާރަކަށްފަހު އައިއޯއެސް 18 ގައި އެޕަލް މެޕްސް އަށް ވަރަށް ބޭނުންތެރި މުހިންމު ފީޗާއެއް ކަމަށްވާ "ސާޗް ހިއާ" ފީޗާ އިތުރުކޮށްފިއެވެ.

މިފީޗާއާއި އެކު އެޕަލްގެ އެންމެ ފަހުގެ އައިއޯއެސް 18 މެޕްސް އެޕްލިކޭޝަނަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައި ވާއިރު، "ސާޗް ހިއާ" މި އާ ފީޗާއަކީ ޒަމާނުއްސުރެ ޔޫޒަރުންގެ ރިކުއެސްޓްތަކަށް އެޑްރެސްކޮށް، ބޭނުންކުރާ ފަރާތުގެ މިހާރުގެ ޕޮޒިޝަން ފިޔަވައި އެހެން ސަރަހައްދުތަކުގައި ހުރި ތަންތަން ހޯދުމުގައި ފަސޭހަވެގެންދާ ފީޗާއެކެވެ.

Ad
rt

މީގެ ކުރިން އެޕަލް މެޕްސް ބޭނުންކުރާ މީހުން މެޕް ބަދަލުކުރާއިރު އޮޓޮމެޓިކުން ސާޗް ރިޒަލްޓްތައް އެޑްޖަސްޓް ކުރާއިރު، އެއީ ވަކި ދާއިރާތަކެއް ހޯދަން މަސައްކަތް ކުރާ މީހުންނަށް މާޔޫސްވެދާނެ ކަމެކެވެ. އާ "ސާޗް ހިއާ" ބަޓަނުން ބޭނުންކުރާ މީހުންނަށް ސީދާ ސާޗް އޭރިއާއެއް ކަނޑައެޅުމުގެ ފުރުސަތު ފަހިކޮށްދީ، ލޮކޭޝަން ސްކައުޓިންގައި އިތުރު ކޮންޓްރޯލާއި ލުއިފަސޭހަކަން ލިބިގެންދެއެވެ.

މިސާލަކަށް މިހާރު ވަކި ސިޓީއެއްގައި "ވާވާ" ފަދަ ވަކި ވިޔަފާރިއެއް ސާޗްކުރަން ބޭނުންވާއިރު، އެ ތަނަކަށް "ސާޗް ހިއާ" ބަޓަން ޓެޕްކޮށްގެން ސާޗް ކުރެވޭނެއެވެ. ގޫގުލް މެޕްސްގައި މި ފަންކްޝަނަލިޓީ އަކީ އެތައް އަހަރެއް ވަންދެން މައިގަނޑު ގޮތެއްގައި ހިމެނިފައިވާ ފީޗާއެއްކަމަށްވިޔަސް އެޕަލް މެޕްސް އަށް މިފިޗާ އަކީ މުޅިން އާ ފީޗާއެކެވެ.

އައިއޯއެސް 18 ބީޓާ ޓެސްޓު ކުރުމަށް މިހާރު ލިބެން ހުރި އިރު، މި އަހަރުގެ ފަހުކޮޅު ހުރިހާ ޔޫޒަރުންނަށް ރިލީޒް ކުރާނެ ކަމަށް ބެލެވެ އެވެ.