ލަންޑަންގެ ބެލްމާޝް ޖަލުގައި 5 އަހަރު ހޭދަކުރުމަށްފަހު، ޖަލުން މިނިވަންވުމަށްފަހު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އޭނާގެ އުފަން ރަށް އޮސްޓްރޭލިއާއަށް އެނބުރި ހިނގައްޖެއެވެ.

އުމުރުން 52 އަހަރުގެ އަސާންޖް ކެންބަރާ އެއާޕޯޓުން ބައްދަލުކުރީ އޭނާގެ އަންހެނުން ސްޓެލާ އާއި ބައްޕައާ އެކު ވަރަށް ޖަޒްބާތީ އިމޯޝަނަލް ބައްދަލު ކުރުމަކާއެކުގައެވެ.

Ad
rt

އަސާންޖްގެ މައްޗަށް އުފުލާފައިވާ ޕްލީ ޑީލްގައި އަސާންޖްގެ މައްޗަށް އުފުލާފައިވާ 18 ދައުވާގެ ބަދަލުގައި ގައުމީ ދިފާއީ މައުލޫމާތު ހޯދުމަށާއި ހާމަކުރުމަށް ރޭވުމުގެ އެއް ދައުވާއަށް އަސާންޖް އިއުތިރާފުވެފައިވެއެވެ. އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ އެ ދައުވާގެ މައްޗަށެވެ.

އަސާންޖްގެ ގާނޫނީ ވަކީލް ޖެން ރޮބިންސަން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ނޫސްވެރިކަން ކުށަކަށް ހަދައި، ނުރައްކާތެރި ނަމޫނާއެއް ދައްކައިދޭ ކަމަށެވެ. އަސާންޖް ދޫކޮށްލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް ވަނީ މައްސަލަ ނިމުމުން ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.

ވިކިލީކްސްގެ ބާނީ ފާއިތުވި ފަސް އަހަރު ބެލްމާޝް ޖަލުގައި ހޭދަކުރެއްވީ 2010 ވަނަ އަހަރު ސިއްރު ލިޔުންތައް ލީކުކޮށްލުމާ ގުޅިގެން އެމެރިކާ އިން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރި މަސައްކަތްތަކާ ދެކޮޅަށެވެ. އޭނާގެ މައްސަލައިގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި ގައުމީ ސަލާމަތާ ބެހޭ ގޮތުން ބަހުސްތައް ވަނީ ފަށައިފައެވެ.

އަސާންޖްގެ އަނބިކަނބަލުން ރިކަވަރީ ޓައިމް ބޭނުންވާކަމަށް ބާރުއަޅުއްވާފައިވާއިރު، އޭނާގެ ވަކީލުންގެ ޓީމުން ވަނީ މި މައްސަލާގައި އޮސްޓްރޭލިއާގެ ނުފޫޒު ފޯރުވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.