އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ މޮބައިލް ބްރައުޒަރެއް ކަމަށްވާ އާކް ސާރޗް އިން އެންޑްރޮއިޑް އެޕެއް ތަޢާރަފްކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ހޮނިހިރު ދުވަހު ކަށަވަރުކޮށްފިއެވެ. މި ބްރައުޒަރު ތަޢާރަފުކުރެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. އަދި އޭގެ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފީޗަރތަކުގެ ސަބަބުން މަޤްބޫލުކަން ލިބިފައިވެއެވެ. މީގެ ތެރޭގައި “ބްރައުޒް ފޯ މީ” ފަދަ ފީޗަރތައް ހިމެނެއެވެ. މި ފީޗާގައި އޭއައި އިން ގިނަ ވެބްސައިޓްތަކެއް ކިޔައި، ގުޅުންހުރި މަޢު...
އަޙްމަދު ދާއޫދު
ސަޢޫދީ ޢަރަބިއްޔާ އާއި އެމެރިކާ ގުޅިގެން ތާރީޚީ އެއްބަސްވުމެއް އެކުލަވާލަމުންދާ ކަމަށް ރިޔާދުގައި ހުންނަ އެމެރިކާގެ ސަފީރު މައިކަލް ރެޓްނީ ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގައި ދެ ޤައުމުގެ ސްޓްރެޓެޖިކް ގުޅުން ހަރުދަނާކުރުމާއި، އަސްކަރީ އެއްބަސްވުންތަކާއި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމުކުރުމާއި ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް މަގުފަހިކުރުން ހިމެނޭ ކަމަށް ވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ނޫސް “އަޝްރަޤުލް އަވްސަޠު...
އަޙްމަދު ދާއޫދު
ދާޚިލާ ވަރުގަދަ ހަނގުރާމައިގެ ތެރޭގައިވާ ސުދާންރައްޔިތުން ބޮޑު ހާސްކަމެއްގައި ތިއްބައި މިއަހަރު ކުރިމަތިވި ފެންބޮޑުވުމާއި ގަދަ ވާރޭގެ ސަބަބުން މަދުވެގެން 132 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޞިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. ވޭތުވެދިޔަ މަހުން ފެށިގެން ސުޑާނުގައި ވަނީ ގަދަ ވާރޭވެހި، އެކި ދުވަސްމަތިން ފެންބޮޑުވެފައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރާއި އިރުމަތީ ސަރަހައްދުތަކަށެވެ. “ޖުމްލަ 10 ސަރަޙައްދަކަށް އަސަރު ކޮށްފައިވޭ. އަސަރުކުރި އާއިލާތަކުގެ އަދަދު 31,666 އަށް...
އަޙްމަދު ދާއޫދު
ޣައްޒާގެ މެދުތެރޭ ޑައިރް އަލް ބާލާގައި ހިދުމަތްދެމުން އަންނަ ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ އަލް އަގްސާ ހޮސްޕިޓަލުން ވަގުތުން މީހުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފި އެވެ. މީގެއިތުރުން ހޮސްޕިޓަލް ކައިރީގައިވާ ވަގުތީ ހިޔާތަކާއި ވަށައިގެންވާ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް ވަނީ އަމުރު ނެރެފައެވެ. “މެޕްގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ބްލޮކް 128 ގައި ހުންނަ ޑެއިރް އަލްބާލާ އަވަށްގައި ތިބި ހުރިހާ ރައްޔިތުންނާއި ގެދޮރު ގެއްލިފައިވާ މީހުންތިބި ތަންތަން ހިމެނޭނެ. މިސަރަހައްދުގައި އައިޑ...
މުޞްޠަފާ މުޙައްމަދު
ޖައްވުގައި ތާށިވި އެމެރިކާގެ ދެ އެސްޓްރޮނޯޓުން ބިމަށް ގެނައުމަށް ނާސާއިން ނިންމައިފިއެވެ. ނާސާއިން ވަނީ 80 ދުވަސް ވަންދެން ސްޕޭސްގައި ހާލުގައި ޖެހިފައިވާ ސުނީޓާ “ސޫނީ” ވިލިއަމްސް އަދި ބެރީ “ބުޗް” ވިލްމޯރް އަނބުރާ ގެނައުމަށް ނިންމައިފައެވެ. ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނާސާއިން މަޝްވަރާކުރުމަށް މި މައްސަލައާއި ގުޅޭގޮތުން އޯގަސްޓް 24 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައިވެއެވެ. ލިބެންހުރި އުޅަނދުތަކުގެ ރައްކާތެރިކަން ވަޒަންކުރުމަށްފަހު، ސްޕޭސްއެކްސްގެ ކްރޫ ޑްރެގަން ކެޕްސިއުލް ބޭނުން...
އަޙްމަދު ދާއޫދު
ބަންގްލަދޭޝްގައި ކުރިމަތިވެފައިވާ ބޮޑު ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން 3 ލައްކަ މީހުންގެ އާބާދީއެއްގެ ގެދޮރު ގެއްލި ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރަން ޖެހިއްޖެއެވެ. މި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށްވެސް އަސަރުކޮށް، މިހާތަނަށް 42 މީހުން މަރުވެފައިވާކަމަށް ވަނީ އިއުލާނުކޮށްފައެވެ. 170 މިލިއަން އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ގިނަ ސަރަހައްދުތަކަކީ ތިރި ބިންތަކަކަށްވުމާއެކު، ކޮންމެ އަހަރަކުވެސް މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލަ...
އަޙްމަދު ދާއޫދު
އިޒްރޭލާއި ލުބުނާންގެ ޙިޒުބުﷲ އާއި ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. އާދީއްތަ ދުވަހު ހެނދުނު އިޒްރާއީލުން ލުބުނާންގެ ދެކުނު ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން މި ހަނގުރާމައިގެ އަމަލުތައް އިތުރަށް ފުޅާވެގެން ދިޔައެވެ. އިޒްރާއީލުގެ ޑިފެންސް ފޯސަސްއިން ބުނާ ގޮތުގައި، މި ހަމަލާތަކުގެ މަޤްސަދަކީ ހިޒްބުﷲއިން ރޭވި ބޮޑު ރޮކެޓް އަދި ޑްރޯން ހަމަލާއެއް ހުއްޓުވުމެވެ. ހިޒްބުﷲގެ އެތައް ހާސް ރޮކެޓް ލޯންޗަރެއް ނައްތާލެވުނު ކަމަށް އިޒްރާއީލުން ބުނެއެވެ. ނަމަވެސް ހިޒްބުﷲއިން ބުނާ ގޮތުގަ...
އަޙްމަދު ދާއޫދު
މެސެޖިން އެޕް ޓެލެގްރާމްގެ ރަޝިޔާގެ ބާނީ ޕަވެލް ޑޫރޯވް މިއަދު ފްރާންސްގެ ފުލުހުން ހައްޔަރުކޮށްފި އެވެ. ޑޫރޯވް ހައްޔަރުކުރެވުނީ އަމިއްލަ ޖެޓެއްގައި ޕެރިހަށް ވަޑައިގަތުމަށާއިއެކު އެވެ. ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިބްތިދާއީ ތަހުގީގެއްގެ ތެރެއިން ޑޫރޯވް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އޮފިޝަލުން ބުނާ ގޮތުގައި ޓެލެގްރާމްގެ އެކަށީގެންވާ މޮޑެރޭޝަނާއި އެންކްރިޕްޝަން ޓޫލްސް އާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ އެއްބާރުލުން ނުދިނުމުން މަސްތުވާތަކެތީގެ ވިޔަފާ...
މުޞްޠަފާ މުޙައްމަދު
ކްރައުޑްސްޓްރައިކް އިން ދިމާވި އައި.ޓީ މައްސަލައަކާ ގުޅިގެން މައިކްރޯސޮފްޓުން ވަނީ ސެޕްޓެމްބަރ މަހު ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. މި ބައްދަލުވުމުގައި ސައިބަރ ސެކިއުރިޓީ ނިޒާމުތައް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވޭނެއެވެ. ޖުލައި 19 ގައި ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކުން ދިމާވި މައްސަލައެއްގެ ސަބަބުން 8.5 މިލިއަން ވިންޑޯސް ޑިވައިސްތަކަށް އަސަރުކޮށް، އެއަރލައިންތަކާއި ބޭންކުތަކާއި ހެލްތްކެއަރ ދާއިރާއަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. މި ބައްދަލު...
އަޙްމަދު ދާއޫދު
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް ފަރާތްތައް ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމުމަށް ކޯޓުގެ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ. ޚާން ވިދާޅުވީ މި މައްސަލަ ލަސްވުމަކީ ޝިކާރައަކަށްވީ މީހުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. މި ހައްޔަރުކުރުމުގެ އަމުރު ނެރުމަށް އެދި ހުށަހެޅުނީ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާއި، އޭގެ ފަހުން އިޒްރޭލުން ޣައްޒ...
އަޙްމަދު ދާއޫދު
ޖަރުމަނުގެ ސޯލިންގެން ސިޓީގައި ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ 3 މީހުން މަރާލި މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހަމަލާގައި އިތުރު 8 މީހުން ވަނީ ޒަޚަމްވެފައެވެ. ޖަރުމަނުގެ ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގެ އިންޓީރިއަރ މިނިސްޓަރ ހަރބަރޓް ރޫލް ވިދާޅުވީ ހަމަލާދިން މީހާވަނީ ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. ޖަރުމަނުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި މި މީހާ ވަނީ އަމިއްލައަށް އަމާންދީފައެވެ. މި ހަމަލާއަށް އިސްލާމިކް ސްޓޭޓް ޖަމާޢަތުން ވަނީ ޒިންމާ ނަގާފައެވެ. އެ ޖަމާޢަތުގެ […]
އަޙްމަދު ދާއޫދު
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޑައިމަންޑް ބޮޓްސްވާނާއިން ފެނިއްޖެއެވެ. މި ޑައިމަންޑް ނުވަތަ ޖަވާހިރު ހޯދާފައިވަނީ އެފްރިކާގެ މެދުތެރެއަށް ނިސްބަތްވާ ކުޑަ ގައުމެއް ކަމަށްވާ ބޮޓްސްވާނާގެ ކެރޯ މައިންގައި ހަރަކާތްތެރިވާ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ލުކާރާ ޑައިމަންޑުންނެވެ. މި ޑައިމަންޑަކީ 2،492 ކެރެޓްގެ ބޮޑު ޑައިމަންޑެކެވެ. މިއީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނުނު 3،106 ކެރެޓްގެ ކަލިނަން ޑައިމަންޑަށް ފަހު ދުނިޔެއިން ފެނުނު އެންމެ ބޮޑު ޑައިމަންޑެވެ. ކަލިނަން ޑައިމަންޑަކީ 9 ބަޔަކަށް ބަހާލެވ...
އަޙްމަދު ދާއޫދު
ބަންގްލަދޭޝްގައި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން 12 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެ، 4.5 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފިއެވެ. އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީގެ ސެކްރެޓަރީ ކަމްރުލް ހަސަން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 13 މީހުން މަރުވެ، ގާތްގަނޑަކަށް 800,000 މީހުން ގެދޮރު ގެއްލިފައިވެއެވެ. ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ޑިސްޓްރިކްޓްތަކުގެ ތެރޭގައި ކުމިލާ، ނޮއާޚާލީ، ބްރަހްމަންބަރިއާ، ޗިޓަގޮންގް، ކޮކްސް ބާޒާރު،...
އަޙްމަދު ދާއޫދު
ލުބުނާންގައި ތިބި ޗައިނާގެ ރައްޔިތުން އެގައުމު ދޫކޮށް ދިއުމަށް ޗައިނާ ސަރުކާރުން އަންގައިފިއެވެ. ބެއިރޫތުގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި އެ ގައުމުގެ ރައްޔިތުންނަށް “ވީހާވެސް އަވަހަކަށް” ލުބުނާނުން ފުރައިގެން ދިއުމަށް އިރުޝާދު ދީފައިވެއެވެ. މި ބަޔާން ނެރުނީ ބުދަ ދުވަހު އިޒްރޭލުން ހަމަލާދީ ލުބުނާންގައި ހުރި ފަލަސްތީނުގެ އިސް ހަނގުރާމަވެރިއެއް މަރާލުމާ ގުޅިގެންނެވެ. އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް ލުބުނާން-އިޒްރޭލު ސަރަހައްދީ އިމުގައި ހިނގާ ހަމަނުޖެހުން ދަނީ ހ...
އަޙްމަދު ދާއޫދު
ޕާކިސްތާނުގެ ޕަންޖާބު ސޫބާގެ އައްޓޯކް ޑިސްޓްރިކްޓުގައި ސްކޫލް ވޭނަކަށް ބަޑި ޖަހައި، މަދުވެގެން 2 ކުދިން މަރާލައި، އިތުރު 5 ކުދިން ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އައްޓޯކްގެ ދެރީ ކޯޓް ސަރަޙައްދުގައެވެ. އައްޓޯކް އަކީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ހުޅަނގު އުތުރުގައި އޮންނަ އަދި އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދު ކައިރީގައި އޮންނަ ޑިސްޓްރިކްޓެކެވެ. ފުލުހުން ބުނާ ގޮތުގައި ނޭނގޭ ބަޔަކު ސްކޫލް ވޭނަށް ބަޑި ޖަހައި، 10 އަހަރާއި 12 […]
އަޙްމަދު ދާއޫދު