މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,705 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 159 ވަނަ ޞަފްޙާ

އދ.ގެ އޭޖެންސީތަކުން ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށަނީ

އދ.ގެ އޭޖެންސީތަކުން ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށަނީ

އދ.ގެ އޭޖެންސީތަކުން ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށަން ތައްޔާރުވަމުން އެބަދެއެވެ. ޣައްޒާގައި ޕޯލިއޯގެ ފުރަތަމަ ކޭސް 25 އަހަރަށްފަހު ފެނުމާ ގުޅިގެން، ޔޫއެން އޭޖެންސީތަކާއި ޣައްޒާގެ ސިއްހީ އިދާރާތަކުން 640،000 ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށައިގަތުމަށް ވަނީ ނިންމާފައެވެ. މި ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުންނެވެ. މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އިސްރާއީލުގެ ސިފައިންނާއި ހަމާސްގެ މުޖާހިދުންގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހު...

އަޙްމަދު ދާއޫދު
ބްރެޒިލްގައި އެކްސް މަނާކުރުމުން މަސްކް ރުޅިގަދަވެއްޖެ

ބްރެޒިލްގައި އެކްސް މަނާކުރުމުން މަސްކް ރުޅިގަދަވެއްޖެ

ބްރެޒިލްގައި އެކްސް މަނާކުރުމާ ގުޅިގެން އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ރުޅިގަދަވެއްޖެއެވެ. ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެކްސް ސޯޝަލް ނެޓްވޯކް އެގައުމުގައި ބޭނުން ކުރުން މަނާ ކުރުމަށް އަމުރުކުރުމާއި ގުޅިގެން އެ ކުންފުނީގެ ވެރިޔާ އިލޮން މަސްކް ވަނީ މިކަމާ ގުޅިގެން ބްރެޒިލްގެ ފަނޑިޔާރު އެލެކްސަންޑްރޭ ޑި މޮރާއިސްއަށް ފާޑުކިޔާފައެވެ. ފަނޑިޔާރު މޮރާއިސް މި އަމުރު ނެރުއްވާފައިވަނީ އެކްސް ޕްލެޓްފޯމްގައި ޤާނޫނާ ޚިލާފު ކޮންޓެންޓް ހުރިކަމަށް ބުނެއެވެ. އަދި މި އަމުރާ ޚިލާފުވެއްޖެނަމަ ދުވާ...

އަޙްމަދު ދާއޫދު
ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރު އީޔޫއިން ބަލައެއް ނުގަތް

ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރު އީޔޫއިން ބަލައެއް ނުގަތް

ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރު ބަލައިނުގަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަން އިޢުލާންކޮށްފިއެވެ. ވެނެޒުއެލާގައި ފާއިތުވި މަހު ބޭއްވުނު ރިޔާސީ އިންތިޚާބު ނިކޮލާސް މަދޫރޯ ކާމިޔާބުކުރެއްވި ނަމަވެސް، އެމަނިކުފާނުގެ “ސަރުކާރު” ބަލައިނުގަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ބޭރު ގުޅުމުގެ ވަޒީރުން އެއްބަސްވެއްޖެކަމަށް ރަސްމީކޮށް އިއުލާންކޮށްފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މީގެ ކުރިން ވެނެޒުއެލާގެ ފޮރިން...

އަޙްމަދު ދާއޫދު
ރަޝިޔާގެ ރައީސް ޕުޓިން މޮންގޯލިއާ އަށް ވަޑައިގަންނަވަނީ

ރަޝިޔާގެ ރައީސް ޕުޓިން މޮންގޯލިއާ އަށް ވަޑައިގަންނަވަނީ

ރަޝިޔާގެ ރައީސް ވްޑިމީރު ޕުޓިން، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ މެންބަރު ޤައުމެއް ކަމުގައިވާ މޮންގޯލިއާއަށް ސެޕްޓެމްބަރު 3 ވަނަ ދުވަހު ޒިޔާރަތްކުރައްވާނެ ކަމަށް ކްރެމްލިންއިން ހުކުރު ދުވަހު ހާމަކޮށްފިއެވެ. ޕުޓިންގެ މި ދަތުރުފުޅުގައި މޮންގޯލިއާގެ ރައީސް އުޚްނާގީން ޚުރެލްސުޚްއާ ބައްދަލުކުރައްވާނެ ކަމަށް ކްރެމްލިންގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ މެދު މަޝްވަރާކުރައްވާނެ ކަމަށާއި، ބައެއް އެއްބަސްވުން...

އަޙްމަދު ދާއޫދު
އުޒްބެކިސްތާނުގައި ތުނބުޅި ދިގުކުރުން މަނާކޮށްފި

އުޒްބެކިސްތާނުގައި ތުނބުޅި ދިގުކުރުން މަނާކޮށްފި

ތުނބުޅި ދިގުކޮށް ބެހެއްޓުން އުޒްބެކިސްތާނު ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުޒްބެކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ތުނބުޅި ބަހައްޓާ މީހުންނަށް އުނދަގޫ ކުރުމާއި ޖެއްސުން ކުރުމުގެ ކަންތައްތަކެއް ފަށާފައި ކަމަށާއި އެކަމުގެ ސަބަބުން ދީނީ މިނިވަންކަމުގެ މާހައުލު ގޯސްވަމުންދާތީ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. “މިދިޔަ ހުކުރު ދުވަހު 10 އަށް ވުރެ ގިނަ މުސްލިމުން ބަންދުކޮށް، ޝަރުތުކޮށްފައި ވަނީ ތުނބުޅި ބުރިކޮށްލުން ނުވަތަ 15 ދުވަހުގެ ޖަލު ހުކުމެއް،” ނ...

މުޞްޠަފާ މުޙައްމަދު
ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފި

ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފި

ތަފާތު އެކިއެކި ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީގެ ހައިކޯޓުން އަމުރުކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ޑެލީ ހައި ކޯޓުން އަމުރުކުރީ އިންޑިއާގެ ކްރިޕްޓޯ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ މުޑްރެކްސްގެ ނަމުގައި ހިންގާ ފޭކް 38 ވެބްސައިޓް ނައްތާލުމަށެވެ. މިކަން ތަންފީޒު ކުރުމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްއަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އޯގަސްޓް 23 ވަނަ ދުވަހު ނެރުނު މި އަމުރުގައި، މި ވެބްސައިޓްތައް ހަފްތާއެއްގެ ތެރޭގައި ނައްތާލުމަށ...

އަޙްމަދު ދާއޫދު
ރަޝިއާއިން، ޔުކްރެއިންގެ ޖެޓެއް ވައްޓާލައި ޕައިލެޓް މަރާލައިފި

ރަޝިއާއިން، ޔުކްރެއިންގެ ޖެޓެއް ވައްޓާލައި ޕައިލެޓް މަރާލައިފި

ޔުކްރެއިންގެ އެފް-16 ޖެޓެއް ރަޝިއާއިން ވައްޓާލައި، ޕައިލެޓް މަރާލައިފިއެވެ. މި ޖެޓް ވައްޓާލިކަމާއި އަދި އޭގެ ޕައިލެޓް މަރުވެފައިވާކަން ޔުކްރެއިންގެ ސިފައިން ބުރާސްފަތި ދުވަހު އިއުލާން ކުރިކަމަށް ރޮއިޓާސް އިން ވަނީ ބުނެފައެވެ. މިއީ އެމެރިކާއިން އެހީގެ ގޮތުގައި ލިބުނު އެފް-16 ޖެޓްތައް މިމަހު ޔުކްރެއިނަށް ލިބުމަށްފަހު މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ. ޔުކްރެއިންގެ ޖެނެރަލް ސްޓާފުން ފޭސްބުކުގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު ރަޝިއާގެ އަމާޒަކާ ދިމާއަށް ދަތުރުކުރަމުންދިޔަ ޖ...

އަޙްމަދު ދާއޫދު
މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުގެ ސިފައިންގެ މި ހަމަލާގައި އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ލޯކަލް ކޮމާންޑަރަކާއި އިތުރު 4 މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ތުލްކަރަމް ސިޓީގެ މިސްކިތެއްގައި ހިނގި ހަމަލާ ބަދަލު ކުރުމެއްގެތެރެއިންނެވެ. އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރާލެވުނު ކޮމާންޑަރަކީ މުޙައްމަދު ޖާބިރު ނ...

އަޙްމަދު ދާއޫދު
އެމެރިކާ ސަރުކާރަށް އޮޅުމަކުން 239 މިލިޔަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިއްޖެ

އެމެރިކާ ސަރުކާރަށް އޮޅުމަކުން 239 މިލިޔަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިއްޖެ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެޓިން ޕްރޮސީޖަރުތައް ރަނގަޅަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް އަމާޒުކޮށްގެން ހިންގާ އެހީގެ ގޮތުގައި މަދުވެގެން 239 މިލިއަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިފައިވާކަން ހާމަވެއްޖެއެވެ. ސަރުކާރުގެ ވޮޗްޑޮގް، ސްޕެޝަލް އިންސްޕެކްޓަރ ޖެނެރަލް ފޯ އަފްޣާނިސްތާން ރިކޮންސްޓްރަކްޝަން (ސިގާރ) އިން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މަދުވެގެން 29 ގްރާންޓެއް އޮޅުމަކުން ތާލިބާނުންނަށް ލިބިފައިވާ ކަމުގައެވެ. މި ފައިސާ ތާލިބާނު...

މުޞްޠަފާ މުޙައްމަދު
ޓެލެގްރާމްގެ ބާނީ ޑުރޯވްގެ މައްޗަށް އޮގަނައިޒްޑް ކްރައިމްގެ ދައުވާ ކުރަނީ

ޓެލެގްރާމްގެ ބާނީ ޑުރޯވްގެ މައްޗަށް އޮގަނައިޒްޑް ކްރައިމްގެ ދައުވާ ކުރަނީ

ފްރާންސްގައި ހައްޔަރުކޮށްފައިހުރި ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯވްގެ މައްޗަށް އޮގަނައިޒްޑް ކްރައިމްގެ ދައުވާ ކުރަން ފަނޑިޔާރުން ނިންމައިފިއެވެ. ފްރާންސްގެ ފަނޑިޔާރަކު ޓެލެގްރާމްގެ ވެރިޔާ ޕަވެލް ޑުރޯވްގެ މައްޗަށް ރަސްމީ ތަޙުޤީޤެއް ފަށައިފައިވާއިރު، މި ތަޙުޤީޤަކީ ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގާ ޖަރީމާތަކާ ގުޅޭ ތަޙުޤީޤެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ބުދަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ނިންމެވި ނިންމެވުމުގައި، ކަފާލާތުގެ ދަށުން 5 މިލިއަން ޔޫރޯ ދެއްކުމުން ޑްރޯވް ދޫކޮށްލުމ...

އަޙްމަދު ދާއޫދު
ކުޑަކުދިން ވޭޕިންގ އިން ސަލާމަތްކުރުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ސަރުކާރަށް ގޮވާލައިފި

ކުޑަކުދިން ވޭޕިންގ އިން ސަލާމަތްކުރުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ސަރުކާރަށް ގޮވާލައިފި

ކުޑަކުދިން ވޭޕިންގ އިން ސަލާމަތްކުރުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ސަރުކާރަށް ގޮވާލައިފިއެވެ. ޔުނައިޓެޑް ކިންގްޑަމްގައި ކުޑަކުދިންގެ މެދުގައި ވޭޕް ބޭނުން ކުރުން އިތުރުވަމުންދާތީ، ކުޑަކުދިން މި ނުރައްކާތެރި އާދައިން ސަލާމަތްކުރުމަށް ވަކި ވައްތަރެއްގެ ވޭޕްތައް މަނާކުރުމަށް އިނގިރޭސި ވިލާތުގެ ހުރިހާ ޑޮކްޓަރުން ވަނީ ސަރުކާރަށް  ގޮވާލައިފައެވެ. ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) އިން ބުނެފައިވަނީ މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، ޒުވާނުންގެ ދިރިއުޅުމުގައި ވޭޕްތަކަށް ޖާ...

އަޙްމަދު ދާއޫދު
ހުޅަނގު އައްސޭރިއަށް ހަނގުރާމަ ފުޅާނުކުރުމަށް އިސްރާއީލަށް އީޔޫއިން އިންޒާރުދީފި

ހުޅަނގު އައްސޭރިއަށް ހަނގުރާމަ ފުޅާނުކުރުމަށް އިސްރާއީލަށް އީޔޫއިން އިންޒާރުދީފި

ހުޅަނގު އައްސޭރިއަށް ހަނގުރާމަ ފުޅާނުކުރުމަށް އިސްރާއީލަށް އީޔޫއިން އިންޒާރުދީފިއެވެ. ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ބޮޑު އަސްކަރީ ހަމަލާތައް ޣައްޒާއިން ބޭރަށް ގޮސްގެން ނުވާނެ ކަމަށާއި، ޣައްޒާގައި ވެސް ފެނިގެންދިޔަ ބޮޑު ގަތުލުއާންމު އެހެންތަނެއްގައި ތަކުރާރުވެގެން ނުވާނެ ކަމަށް ބުނެފައެވެ. މި އިންޒާރު ދީފައިވަނީ އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްދަނިކޮށެވ...

އަޙްމަދު ދާއޫދު
ބައިޑެންގެ ސަރުކާރުން ކޯވިޑް-19 މަޢުލޫމާތު ސެންސަރ ކުރުމަށް އެދުނު: ޒަކަބާރގް

ބައިޑެންގެ ސަރުކާރުން ކޯވިޑް-19 މަޢުލޫމާތު ސެންސަރ ކުރުމަށް އެދުނު: ޒަކަބާރގް

ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވައިޓް ހައުސްއިން ބައެއް މަޢުލޫމާތު ސެންސަރ ކުރުމަށް އެ ކުންފުނީގައި އެދުނު ކަމަށް މެޓާ ޕްލެޓްފޯމްސްގެ ސީއީއޯ މާރކް ޒަކަބާރގް ވިދާޅުވެއްޖެއެވެ. މި ވާހަކަ ޒަކަބާރގް ވިދާޅުވެފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވި ސިޓީއެއްގައެވެ. އެ ސިޓީގައި ޒަކަބާރގް ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވަނީ  2021 ވަނަ އަހަރު ބައިޑެން އިދާރާގެ އިސް އޮފިޝަލުން، އޭގެ ތެރޭގައި ވައިޓް ހައުސް ވެސް ހިމެނޭ ގޮތަށް، މަސްތަކެއް ވަންދެން ކޯވިޑް-19 އާ ގުޅޭ […]

އަޙްމަދު ދާއޫދު
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 41 މަރު

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 41 މަރު

ޣައްޒާގެ ދެކުނު އަލް-ބަލަހާއި ޚާން ޔޫނިސްއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުވެގެން 41 މީހުން މަރުވެ، އެތައް ބަޔަކަށް ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް ދީފައިވަނީ އަންގާރަ ދުވަހުގެ ފަތިހު ސެންޓްރަލް ޣައްޒާގައެވެ. ސެންޓްރަލް ޣައްޒާއަށް އިޒްރޭލުން ވަދެގަތުމުގެ ސަބަބުން އެ ސަރަހައްދުގައި ހިންގަމުންދާ އިންސާނީ އެހީގެ މަސައްކަތްތަކަށް ވެސް ބުރޫއަރަމުންދާ ކަމަށް އދ. އިން ހޯމަ ދުވަހު ބުނެފައިވެއެވެ. ދެއިރު އަލް-ބަލަހް އިން މީހުން ފޭބުމަށް އެންގުމާ ގުޅިގެން ބައެއ...

އަޙްމަދު ދާއޫދު
އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ކުރާ މުޒާހަރާއަށް ފުލުހުން ބަޑި ޖަހައިފި

އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ކުރާ މުޒާހަރާއަށް ފުލުހުން ބަޑި ޖަހައިފި

އިންޑިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ކޮލްކަތާ ސިޓީގައި ޓްރެއިނީ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައާއި ގުޅިގެން ކުރަމުންދާ މުޒާހަރާތަކަށް ފުލުހުން ބަޑިޖަހައިފިކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. އަލްޖަޒީރާއިން ބުނެފައިވަނީ ކަރުނަ ގޭހާއި ފެން ޖަހައި، އަދި ލަޓިބުރިން ތަޅައި ސިފައިން ވަނީ މުޒާހަރާ ރޫޅާލާން މަސައްކަތް ކޮށްފައި ކަމަށެވެ. މި މުޒާހަރާތަކުގައި ޔުނިވަރސިޓީ ދަރިވަރުންގެ އިސްނެގުމުގެ ދަށުން ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ފޯސްތަކުން ޖަހާފައިވާ ބެރިކޭޑްތައް ތަޅާލައި ކުރިއަށް ގޮސްފައެވެ. އަދ...

އަޙްމަދު ދާއޫދު