ބެއިން އެންޑް ކޯ އާއި އޯޕަން އޭއައި ގުޅިގެން އޭއައި ޓޫލްސް ވިއްކުމަށް އެއްބަސްވެއްޖެއެވެ.

ބެއިން އެންޑް ކޯ އިން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، އެ ކުންފުނިން އޯޕަން އޭއައި އާ އެކު އޮތް ވިޔަފާރި ގުޅުން އިތުރަށް ފުޅާކޮށް، އޯޕަން އޭއައި ގެ އޭއައި ޓޫލްތައް ބެއިންގެ ކްލައިންޓުންނަށް ވިއްކުމަށް ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ޗެޓްޖީޕީޓީ ވެސް ހިމެނެއެވެ.

Ad
d

މިދިޔަ އަހަރު މި ދެ ކުންފުނިން ވަނީ ގްލޯބަލް ސަރވިސަސް އެލައިއަންސްއެއް ޤާއިމުކޮށް، އޯޕަން އޭއައިގެ ޓެކްނޮލޮޖީ އާ ބެހޭ ގޮތުން ބެއިންގެ ކްލައިންޓުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށާފައެވެ. ބޮސްޓަން ގައި މައި އޮފީސް ހުންނަ ބެއިން އެންޑް ކޯ އިން ވަނީ ޗެޓްޖީޕީޓީ އެންޓަރޕްރައިޒް ހިމެނޭ ގޮތަށް އޯޕަން އޭއައިގެ ޕްލެޓްފޯމްތައް އެ ކުންފުނީގެ މުވައްޒަފުންނަށް ދުުނިޔޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައެވެ.

މީގެ އިތުރުން ބެއިން އިން ވަނީ އޯޕަން އޭއައި ސެންޓަރ އޮފް އެކްސެލެންސްއެއް ޤާއިމުކުރުމަށް އިންވެސްޓްކުރުމަށް ނިންމާފައެވެ. މި ސެންޓަރު ހިންގާނީ ބެއިންގެ ޓީމަކުންނެވެ. މި ޕާޓްނަރޝިޕްގެ ދަށުން ބެއިން އާއި އޯޕަން އޭއައި އިން ގުޅިގެން ރީޓެއިލް އަދި ހެލްތްކެއަރ ލައިފް ސައިންސަސް އިންޑަސްޓްރީތަކަށް ޚާއްޞަ ހައްލުތަކެއް ފަރުމާކުރާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އިންޑަސްޓްރީތަކަށް މި މަސައްކަތް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.

Ad
df

މި ޕާޓްނަރޝިޕްގެ މާލީ ތަފްސީލުތައް ހާމަކުރުމަށް ބެއިން އިން ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ބެއިން އިން މި އެއްބާރުލުމުގެ މަސައްކަތަށް 50 އެއްހާ މުވައްޒަފުން ވަނީ ކަނޑައަޅާފައެވެ.