މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,712 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 142 ވަނަ ޞަފްޙާ

ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރު ތަންފީޒު ކުރާނެކަމަށް އިޓަލީ، ނެދަލެންޑްސް، ކެނެޑާއިން ބުނެފި

ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރު ތަންފީޒު ކުރާނެކަމަށް އިޓަލީ، ނެދަލެންޑްސް، ކެނެޑާއިން ބުނެފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައި.ސީ.ސީ) ނެރެފައިވާ ހައްޔަރު އަމުރާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ހުޅަނގުގެ ތިން ޤައުމުކަމަށްވާ އިޓަލީ ވިލާތާއި، ނެދަލެންޑްސް އަދި ކެނެޑާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ. ހޭގްގައި ހުންނަ ކޯޓުން މި އަމުރުތައް ނެރެފައިވަނީ އެދުވަހުގެ ކުރީކޮޅުގައެވެ. އަދި ނެތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ޣައްޒާގައި ހިންގާފައިވާ ހަނގުރާމައާ ގުޅިގެން ހަނގުރާމައިގެ ކުށްތަކާއި އިންސ...

ޔުމްނާ ޢަލީ
އައިފޯނުން އެންޑްރޮއިޑަށް ބަދަލުވުން ފަސޭހަކޮށްދޭ ގޫގުލްގެ އާ އެޕެއް

އައިފޯނުން އެންޑްރޮއިޑަށް ބަދަލުވުން ފަސޭހަކޮށްދޭ ގޫގުލްގެ އާ އެޕެއް

އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެންޑްރޮއިޑް ފޯނަކަށް ބަދަލުވުން ފަސޭހަކޮށްދޭ އާ އެޕެއް ގޫގުލްއިން ތަޢާރަފުކޮށްފިއެވެ. މިހާރު “އެންޑްރޮއިޑް ސްވިޗް” ގެ ނަމުގައި ނަން ބަދަލުކޮށްފައިވާ މި އެޕަކީ އައިފޯނުން އެންޑްރޮއިޑަށް މަޢުލޫމާތު ބަދަލުކުރުމަށް ކުރިން ބޭނުންކުރަމުން އައި “ޑޭޓާ ރިސްޓޯ ޓޫލް” އަށް ގެނެސްފައިވާ އައު ބަދަލެކެވެ. މި އެޕް މެދުވެރިކޮށް އައިފޯނު ޔޫޒަރުންނަށް އެމީހުންގެ ޗެޓްތަކާއި، ކަލަންޑަރު، އަދި ކޮންޓެކްޓްތަކުގެ އިތުރުން ވައިފައި ނެޓްވޯކްތަކާއި ގޫގުލް އެކައުންޓްގެ މަޢުލޫމާތު އައިފޯނުން...

އަޙްމަދު ދާއޫދު
ޔޫގެންޑާގެ އިދިކޮޅު ލީޑަރު ކިޒާ ބެސިގްޔޭ "ކިޑްނެޕް" ކޮށް، އަސްކަރީ ކޯޓަކަށް ގެންގޮސްފި

ޔޫގެންޑާގެ އިދިކޮޅު ލީޑަރު ކިޒާ ބެސިގްޔޭ "ކިޑްނެޕް" ކޮށް، އަސްކަރީ ކޯޓަކަށް ގެންގޮސްފި

ޔުގަންޑާގެ އިދިކޮޅު ސިޔާސީ ލީޑަރު ކިއްޒާ ބެސިގޭ (68 އަހަރު) ކެންޔާއިން ވަގަށް ނެގުމަށްފަހު، ބުދަ ދުވަހު ކަމްޕާލާގައި ހުރި އަސްކަރީ ކޯޓަކަށް ހާޒިރުކޮށްފިއެވެ. ޔުގަންޑާގެ ރައީސް ޔޮވެރީ މުސެވެނީގެ ފާޑުކިޔުންތެރިއެއް ކަމުގައިވާ ޑރ. ބެސިގޭ ކޯޓަށް ގެނެވުނީ ހަތިޔާރު އަޅައިގެން ތިބި އަސްކަރީ ބަޔަކާ އެކުގައެވެ. ބެސިގޭގެ ވަކީލު އެރިއަސް ލުކްވަގޯ އޭއެފްޕީއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ބެސިގޭ އާއި އެހެން އިދިކޮޅު ލީޑަރެއް ކަމަށްވާ ހާޖީ ލުޓާލޭ ކަމުލެގޭޔާ ކޯޓަށް ހާޒިރުކުރެވުނު ކަމަށެވެ. އޭނާ […]

އަޙްމަދު ދާއޫދު
ޔޫކޭގެ މިސައިލް ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިއާއަށް ހަމަލާދީފި

ޔޫކޭގެ މިސައިލް ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިއާއަށް ހަމަލާދީފި

އިނގިރޭސިވިލާތުން ފޯރުކޮށްދީފައިވާ ސްޓޯމް ޝެޑޯ މިސައިލްތަކުން ރަޝިޔާގެ ސަރަޙައްދަށް ޔުކްރެއިނުން ހަމަލާ ދީފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔޫކޭގެ ސްޓޯމް ޝެޑޯ މިސައިލްތަކުން ޔުކްރެއިނުން ރަޝިޔާގެ ސަރަޙައްދަށް ދެ މިސައިލް އަމާޒުކޮށްފައިވެއެވެ. ނަމަވެސް މި ދެ މިސައިލްވެސް ވަނީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވާލެވިފައި ކަމަށް ރަޝިއާއިން ބުނެއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ދެ ސްޓޯމް ޝެޑޯ...

އަޙްމަދު ދާއޫދު
ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި

ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު ދީފްގެ މައްޗަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިއެވެ. އައިސީސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް “2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން 2024 ވަނަ އަހަރުގެ މެއި 20 އާ ހަމައަށް އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ […]

އަޙްމަދު ދާއޫދު
ގޫގުލް ކީޕްގައި އޭއައި ބޭނުންކޮށްގެން ކުރެހުން ފުރިހަމަކޮށްދޭ ފީޗާއެއް ތައާރަފުކުރަނީ

ގޫގުލް ކީޕްގައި އޭއައި ބޭނުންކޮށްގެން ކުރެހުން ފުރިހަމަކޮށްދޭ ފީޗާއެއް ތައާރަފުކުރަނީ

ގޫގުލްގެ ނޯޓު ލިޔުމަށް ބޭނުންކުރާ އެޕްލިކޭޝަން، ގޫގުލް ކީޕްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަތުން ކުރަހާ ކުރެހުންތައް ފުރިހަމަ ކޮށްދޭ ފީޗަރެއް ތަޢާރަފުކުރަން އުޅޭ ކަމަށް ޓެކް ރިޕޯޓުތައް ބުނެފިއެވެ. “ހެލްޕް މީ ޑްރޯ” ގެ ނަމުގައި ތަޢާރަފުކުރާ މި ފީޗަރ އެންޑްރޮއިޑް ފޯނުތަކަށް ލިބޭ ގޫގުލް ކީޕްގެ އެންމެ ފަހުގެ ވާޝަންގައި ހިމެނިފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެންޑްރޮއިޑް އޮތޯރިޓީ އާއި އެސެމްބްލް ޑީބަގް އިން މި ފީޗަރ ފާހަގަކޮށްފައިވަނީ އެޕްލިކޭޝަން ޕެކޭޖް ކިޓް (އޭޕީކޭ) ޓިއަރޑަ...

އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާގެ ދެބައިކުޅައެއްބައި ހަލާކުކޮށްލައިފި: ބްރެޒިލްގެ ރައީސް

އިސްރާއީލުން ޣައްޒާގެ ދެބައިކުޅައެއްބައި ހަލާކުކޮށްލައިފި: ބްރެޒިލްގެ ރައީސް

އިސްރާއީލުން ޣައްޒާގެ ދެބައިކުޅައެއްބައި ހަލާކުކޮށްލައިފިކަމަށް ބްރެޒިލްގެ ރައީސް ލޫލާ ވިދާޅުވެއްޖެއެވެ. ރިއޯ ޑި ޖެނެއިރޯގައި ބޭއްވުނު ޖީ20 ސަމިޓުގެ އަރިމަތީގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު އާބަން ސިޓީސް (ޔޫ20) ސަމިޓުގައި ވާހަކަދައްކަވަމުން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވިދާޅުވެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދެބައިކުޅައެއްބައި ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. “އިންސާނިއްޔަތުގެ އެންމެ ހިނގާބިނގާވެ އުޅޭ ސަރަހައްދުތަކުގެ ތެރެއިން އ...

އަޙްމަދު ދާއޫދު
ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޕޫޓިން ފަސްނުޖެހޭނެ: ސާބިއާގެ ރައީސް

ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޕޫޓިން ފަސްނުޖެހޭނެ: ސާބިއާގެ ރައީސް

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ފަސްނުޖެހޭނެ ކަމަށް ސާބިއާގެ ރައީސް އަލެކްސަންޑަރ ވުޗިޗް ވިދާޅުވެއްޖެއެވެ. ވުޗިޗް ވިދާޅުވެފައިވީ ރަޝިއާގެ ސަލާމަތާއި ސިފައިންނަށް ނުރައްކާވެ، އެހެން ގޮތެއް ނެތް ހާލަތެއްގައި ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެކަމަށެވެ. އަންގާރަ ދުވަހު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކި ވާހަކައެއްގައި ވުޗިޗް ވިދާޅުވެފައިވަނީ ދުނިޔެ މިހާރު ވަނީ ނުރައްކާތެރި ހާލަތަކާ ވަރަށް ކައިރިވެފައި ކަމަށެވެ. އަދި ދެން އަޅާ ފިޔަވަޅަކުން ނިއުކްލިއާ ހަނ...

އަޙްމަދު ދާއޫދު
މައިކްރޯސޮފްޓުން އައު ޗިޕްތަކެއް ފަރުމާކޮށްފި

މައިކްރޯސޮފްޓުން އައު ޗިޕްތަކެއް ފަރުމާކޮށްފި

މައިކްރޯސޮފްޓުން އެ ކުންފުނީގެ ޑޭޓާ ސެންޓަރުތަކަށް ޚާއްޞަކޮށް ދެ އިތުރު އިންފްރާސްޓްރަކްޗަރ ޗިޕެއް ފަރުމާކޮށްފިއެވެ. މި ޗިޕްތަކުގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޮޕަރޭޝަންތައް އަވަސްވެ، ޑޭޓާ ސެކިއުރިޓީ އިތުރުވާނެ ކަމަށް މައިކްރޯސޮފްޓުން ބުދަ ދުވަހު ބޭއްވި އިގްނައިޓް ކޮންފަރެންސްގައި ވަނީ ބުނެފައެވެ. މައިކްރޯސޮފްޓުން ވަނީ އާންމު ބޭނުންތަކަށާއި އާޓިފިޝަލް އިންޓެލިޖެންސްއަށް ޚާއްޞަކޮށް އަމިއްލަ ސިލިކޮން ތައްޔާރުކުރުމަށް ގިނަ ވަސީލަތްތަކެއް ހޭދަކޮށްފައެވެ. އެމެޒޯން އަދި ގޫގުލް ފަދަ ވާދ...

އަޙްމަދު ދާއޫދު
ސޯމަލިލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު ސިރޯ ކާމިޔާބު ކޮށްފި

ސޯމަލިލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު ސިރޯ ކާމިޔާބު ކޮށްފި

ސޯމަލިލޭންޑްގެ ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު ސިރޯ ކާމިޔާބު ކޮށްފިއެވެ. ސޯމަލިލޭންޑްގެ އިލެކްޝަން ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، ފާއިތުވި ހަފްތާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތުގެ ލީޑަރު އަބްދުރަހްމާން ސިރޯ ވަނީ މިހާރުގެ ރައީސް މޫސާ ބިހީ އަބްދީ ބަލިކޮށް ކާމިޔާބު ހޯދާފައެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް މަސައްކަތްކުރަމުންދާ ސޯމަލިލޭންޑްގައި ވެރިކަން ބަދަލުވާނެ ކަމުގެ އިޝާރާތެކެވެ. ސޯމަލިލޭންޑްގެ އިލެކްޝަން ކޮމިޝަންގެ ޗެއަރމަން މޫސާ...

އަޙްމަދު ދާއޫދު
''ރަޝިއާގެ ދިފާޢުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ''

''ރަޝިއާގެ ދިފާޢުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ''

ނިއުކްލިއަރ ސަޕޯޓާއެކު ރަޝިއާއަށް ހަމަލާދިނުމުން ދިފާޢުގައި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ރަޝިޔާގެ ވެރިކަން ހިންގާ ކްރެމްލިންގެ ޑިޕްލޮމެޓިކް ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ. ޔޫކްރެއިންއިން ހަނގުރާމައިގައި ހަތިޔާރު ބޭނުންކުރުމަކީ ނިއުކްލިއަރ ބާރުތަކުގެ އެހީތެރިކަމާއެކު ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް މަގުފަހިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައް...

އަޙްމަދު ދާއޫދު
 ޔާހޫ މެއިލްއަށް އޭއައިގެ ފީޗާތަކާއެކު އައު ބަދަލުތަކެއް

 ޔާހޫ މެއިލްއަށް އޭއައިގެ ފީޗާތަކާއެކު އައު ބަދަލުތަކެއް

މަޝްހޫރު އީމެއިލް ޕްލެޓްފޯމް ޔަހޫ މެއިލްއަށް އޭއައިގެ ފީޗާތަކާއެކު އައު ބަދަލުތަކެއް ގެނެސްފިއެވެ. މިދިޔަ ހަފްތާގައި ޔަހޫ ކުންފުނިން ވަނީ އެ ކުންފުނީގެ މެއިލް އެޕްލިކޭޝަން އަލުން ފަރުމާކުރަމުންދާ ކަމަށް އިއުލާނުކޮށްފައެވެ. މި އައު ބަދަލުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް އިސްކަމެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އައު އެޕްލިކޭޝަނުގައި މެސެޖުތައް ޚުލާސާކޮށްދިނުމާއި، އީމެއިލް ލިޔުމުގައި އެހީތެރިވެދިނުމާއި، އަދި އީމެއިލްތައް ތަރުތީބުކޮށް ބައިބައިކޮށްދިނުން ފަދަ އައު ޚިދުމަ...

އަޙްމަދު ދާއޫދު
ދިއްލީގެ ވައި ތަޣައްޔަރުވުމުން ސްކޫލްތައް ބަންދުކޮށްފި

ދިއްލީގެ ވައި ތަޣައްޔަރުވުމުން ސްކޫލްތައް ބަންދުކޮށްފި

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ރެކޯޑް މިންވަރަކަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން އެ ސިޓީގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށް މިކަމާ ގުޅިގެން ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. އިންޑިޔާގެ ތަޣައްޔަރުވުން ކޮންޓްރޯލްކުރާ އޮތޯރިޓީން ބުނާ ގޮތުގައި ވެރިރަށުގެ 24 ގަޑިއިރުގެ ވައި ތަޣައްޔަރުވުމުގެ މިންގަނޑު (އޭކިއުއައި) ވަނީ 484 ގައެވެ. މިއީ “ސިވިއަރ ޕްލަރ ޕްލަސް” ކަމަށް ބެލެވޭ އަދި މިއަހަރުގެ އެންމެ މަތީ މިންވަރެވެ. މޫސުމުގެ ހާލަތު ގޯސްވެ، ވައިގެ ބާރު ކުޑަވުމާ ގުޅިގެން އޮތޯރިޓީތަކުން […]

އަޙްމަދު ދާއޫދު
އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ތާރީޚީ މަޒާރެއް ވައްޓާލައިފި

އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ތާރީޚީ މަޒާރެއް ވައްޓާލައިފި

އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ތާރީޚީ މަޒާރެއް (ޒިޔާރަތެއް) ވައްޓާލައިފިއެވެ. ލުބުނާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ހުކުރު ވިލޭރޭ ލުބުނާނުގެ ދެކުނުގައިވާ ޗަމާއާ ރަށަށް ވަދެ، އެތަނުގައިވާ ތާރީޚީ ދީނީ މަޒާރެއް ވަނީ ބިމާ ހަމަކޮށްލާފައެވެ. މި ޙަމަލާ ދީފައިވަނީ އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވަދެ، އެތަނުގައި ހިންގަމުންދާ ހަނގުރާމަވެރި ޙަރަކާތްތަކުގެ ތެރެއިންނެވެ. ޗަމާއާ ރަށަކީ ލުބުނާނާއި އިސްރާއީލާ ދެމެދުގައިވާ ސަރަޙައްދީ ބޯޑަރު ކައިރީގ...

އަޙްމަދު ދާއޫދު
ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިއްޖެ

ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިއްޖެ

ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ސައިންސްވެރިންނަށް ފެނިއްޖެއެވެ. މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިފައިވަނީ ސޮލަމަން ޖަޒީރާތަކުން ކަމަށް ސައިންޓިސްޓުން ވަނީ ހާމަކޮށްފައެވެ. މި މުރަކައިގެ ސަބަބުން ދުނިޔޭގެ ސަމާލުކަން އެ ސަރަހައްދަށް އަމާޒުވެފައިވާއިރު، މިއީ ތިމާވެށީގެ ގޮތުން ވެސް ވަރަށް މުހިންމު ހޯދުމެއް ކަމަށް ބެލެވެއެވެ. ނޭޝަނަލް ޖިއޮގްރެފިކްގެ “ޕްރިސްޓިން ސީސް” އެކްސްޕެޑިޝަންގެ ތެރެއިން އޮކްޓޯބަރ މަހު ފެނުނު މި މުރަކައިގެ ފުޅާމިނުގައި 111 ފޫޓު ހުރި...

އަޙްމަދު ދާއޫދު