މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,712 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 135 ވަނަ ޞަފްޙާ

ތުރުކީގެ ފުރަތަމަ ދާއިމީ މުވާސަލާތީ ސެޓެލައިޓް ޖައްވަށް ފޮނުވާލައިފި

ތުރުކީގެ ފުރަތަމަ ދާއިމީ މުވާސަލާތީ ސެޓެލައިޓް ޖައްވަށް ފޮނުވާލައިފި

ތުރުކީގެ ފުރަތަމަ ދާއިމީ މުވާސަލާތީ ސެޓެލައިޓް ޖައްވަށް ފޮނުވާލައިފިއެވެ. ތުރުކީގެ ޓްރާންސްޕޯޓް އަދި އިންފްރާސްޓްރަކްޗަރ ވަޒީރު އަބްދުލްޤާދިރު އުރަލޯގުލު ވަނީ އެ ގައުމުގެ ފުރަތަމަ އަމިއްލަ މުވާސަލާތީ ސެޓެލައިޓް ތުރުކްސަޓް 6އޭ، އޭގެ ދާއިމީ އޯބިޓް ކަމުގައިވާ އިރުމަތީ 42 ޑިގްރީގައި ހުންނަ ޖިއޯސިންކްރޮނަސް އޯބިޓަށް ވަދެފައިވާ ކަމަށް ހޮނިހިރު ދުވަހު އިއުލާނުކޮށްފައެވެ. އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިއުކުރި ބަޔާނެއްގައި އޭނާ ވިދާޅުވީ، ހަ ފަހަރެއްގެ މަތިން ދަތުރުކުރުމަށްފަހު ތުރުކްސަޓް 6އޭ ވަނީ އޭގެ...

އަޙްމަދު ދާއޫދު
އުތުރު ކޮރެއާގެ ސިފައިން ޔުކްރެއިންގައި ބޮޑެތި ގެއްލުންތަކެއް

އުތުރު ކޮރެއާގެ ސިފައިން ޔުކްރެއިންގައި ބޮޑެތި ގެއްލުންތަކެއް

ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ފްރޮންޓް ލައިންގައި އުތުރު ކޮރެއާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ހާމަކޮށްފިއެވެ. ވައިޓް ހައުސްގެ ސްޕޯކްސްޕަރސަން ޖޯން ކާރބީ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަފްތާގައި އެކަނި ވެސް ރަޝިއާގެ ކުރްސްކް ސަރަޙައްދުގައި އުތުރު ކޮރެއާގެ އެއްހާސް ސިފައިން މަރުވެ ނުވަތަ ޒަޚަމްވެފައިވެއެވެ. މި އަދަދަކީ އެމެރިކާގެ އިސްވެރިން ކުރިން ހާމަކޮށްފައިވާ އަދަދަށްވުރެ މާ ބޮޑު އަދަދެކެވެ. ކާރބީ ވިދާޅުވި ގޮތުގައި ރަޝިއާ...

އަޙްމަދު ދާއޫދު
އަޒަރުބައިޖާނުގެ މަތިންދާބޯޓް ވެއްޓުނު މައްސަލައިގައި ޕުޓިން މައާފަށް އެދިއްޖެ

އަޒަރުބައިޖާނުގެ މަތިންދާބޯޓް ވެއްޓުނު މައްސަލައިގައި ޕުޓިން މައާފަށް އެދިއްޖެ

ރަޝިއާގެ އެއަރ ޑިފެންސް ސިސްޓަމުން އަޒަރުބައިޖާނުގެ މަދަނީ ފްލައިޓަކަށް ހަމަލާދީ އެބޯޓް ވައްޓާލުމާ ގުޅިގެން ޕުޓިން މަޢާފަށް އެދިއްޖެއެވެ. އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިއެވްއާ ފޯނުން ގުޅުއްވާ ޕޫޓިންވަނީ މަޢާފަށް އެދި، ހިތާމައާއެކު ތަޢުޒިޔާ ދަންނަވައިފައެވެ. ކްރެމްލިންގެ ބަޔާނެއްގައި ބުނެފައިވަނީ، މި ހިތާމަވެރި ހާދިސާއަށް މަޢާފަށް އެދި، މަރުވެފައިވާ މީހުންގެ ޢާއިލާތަކަށް ފުން ހިތާމައާއެކު ތަޢުޒިޔާ ދަންނަވައި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް ރައީސް ޕޫޓިން އެދިވަޑައިގަންނަވާ ކަމަށ...

އަޙްމަދު ދާއޫދު
ވަޓްސްއެޕް ބިޒްނަސް އެކައުންޓްތަކަށް އޭއައި ޓޫލްސް ތަޢާރަފުކޮށްފި

ވަޓްސްއެޕް ބިޒްނަސް އެކައުންޓްތަކަށް އޭއައި ޓޫލްސް ތަޢާރަފުކޮށްފި

ވަޓްސްއެޕްގެ ބިޒްނަސް އެކައުންޓްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްސް ތަޢާރަފުކޮށްފިއެވެ. މި އައު ފީޗަރތަކުގެ ތެރޭގައި އޭއައި މެދުވެރިކޮށް މެސެޖު ފޮނުވުމާއި އޭއައި ޕްލެޓްފޯމްތަކާ އެޕްތައް ގުޅުވުމުގެ ޓޫލެއް ހިމެނެއެވެ. ވަޓްސްއެޕްގެ އައު އަޕްޑޭޓްތަކާ ބެހޭ މަޢުލޫމާތު ހާމަކުރާ ވެބްސައިޓް ވާބެޓާއިންފޯ އިން ބުނާ ގޮތުގައި މި ފީޗަރތައް މިހާރު ވަނީ އައިއޯއެސް ބީޓާ ވަރޝަން 10/24/25/84 ގައި ތަޢާރަފުކޮށްފައެވެ. އެންޑްރޮއިޑް ވަރޝަންގައި މި ފީޗަރތައް ކުރިން ވެސް ލިބެން ހުއްޓެވެ. މި އައު ފީޗަރތަކުގެ...

އަޙްމަދު ދާއޫދު
ޖަރުމަނު ރައީސް އެ ގައުމުގެ މަޖިލިސް އުވާލައްވައިފި

ޖަރުމަނު ރައީސް އެ ގައުމުގެ މަޖިލިސް އުވާލައްވައިފި

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރު އެ ގައުމުގެ ޕާލަމެންޓް އުވާލައްވައިފިއެވެ. މިއާއެކު، ޗާންސެލަރ އޯލަފް ޝޯލްޒްގެ ސަރުކާރު ވެއްޓުމާ ގުޅިގެން ކުއްލި އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާކަން ކަށަވަރުވެއްޖެއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ. ހުކުރު ދުވަހު ބަރލިންގެ ބެލްވިއު ގަނޑުވަރުގައި ދެއްކެވި ވާހަކަފުޅެއްގައި ރައީސް ސްޓައިންމަޔަރު ވިދާޅުވީ، މި “އުނދަގޫ ދުވަސްވަރު” ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި “މަސައްކަތްކުރުމުގެ ގާބިލުކ...

އަޙްމަދު ދާއޫދު
ސްޕެއިނަށް ދިޔަ ބޯޓެއް ބަންޑުން ޖަހާލައި 69 މީހުން މަރުވެއްޖެ

ސްޕެއިނަށް ދިޔަ ބޯޓެއް ބަންޑުން ޖަހާލައި 69 މީހުން މަރުވެއްޖެ

ސްޕެއިނަށް ދަތުރުކުރަމުންދިޔަ އުޅަނދެއް ބަންޑުން ޖަހާލި ހާދިސާގައި 69 މީހުން މަރުވެއްޖެއެވެ. މޮރޮކޯގެ އައްސޭރިފަށުގައި ސްޕެއިނުގެ ކެނަރީ ޖަޒީރާތަކަށް ދަތުރުކުރަމުންދިޔަ އެ އުޅަނދު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މާލީގެ 25 ރައްޔިތުން ހިމެނެއެވެ. މާލީގެ ބޭރުގައި ދިރިއުޅޭ މާލީގެ ރައްޔިތުންނާބެހޭ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ 19 ޑިސެމްބަރުގައި ކަމަށާއި، އެ އުޅަނދުގައި 80 މީހުން ތިބިކަމަށެވެ. އަދި މި ހާދިސާއިން ސަލާމަތްވެފަ...

އަޙްމަދު ދާއޫދު
އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް 92 އަހަރުގައި އިއްޔެ ރޭ އަވަހާރަވެއްޖެއެވެ. އިންޑިޔާގެ އިޤްތިޞާދު ލިބަރަލައިޒް ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޑރ. ސިންގް ވަނީ ދެ ދައުރު އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އިޤްތިޞާދީ މާހިރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، އިންޑިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަންވެސް ކުރެއްވި ޑރ. ސިންގް ވަނީ އުމުރުފުރައާ ގުޅުންހުރި ބައެއް ބަލިތަކާ ގުޅިގެން ބޭސްފަރުވާ ކުރައްވަމުން ގެންދަވާފައެވެ. ބުރ...

އަޙްމަދު ދާއޫދު
ސުނާމީ އެރިތާ 20 އަހަރު: އޭޝިއާގެ ޤައުމުތަކުގައި އެ ހިތިހަނދާންތައް އައުކޮށްފި

ސުނާމީ އެރިތާ 20 އަހަރު: އޭޝިއާގެ ޤައުމުތަކުގައި އެ ހިތިހަނދާންތައް އައުކޮށްފި

އިންޑިއާ ކަނޑު ހިއްސާކުރާ އޭޝިއާގެ ގިނަ ގައުމުތަކަކަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާއަށް 20 އަހަރުފުރުމުގެ ހިތާމަވެރި އަހަރީ ދުވަސް ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ އެކި ޤައުމުތަކުގައި ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތުތަކުގައި ސުނާމީގައި ދުނިޔެ ދޫކުރި މީހުންގެ ޢާއިލާތަކާއި، ސުނާމީން ސަލާމަތްވި މީހުން ބައިވެރިވެ، ގަބުރުސްތާނުތަކަށް ޒިޔާރަތްކޮށް، ތަޢުޒިޔާކިޔާ، އެކަކު އަނެކަކަށް ހިތްވަރު ދީފައިވެއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު އައި ސުނާމީގައި 230,000 އަށްވުރެ ގިނަ މީހ...

އަޙްމަދު ދާއޫދު
ދުނިޔޭގެ އެންމެ އަގުބޮޑު އިންޖީނު ވޯކްސްވެގަން އިން ތަޢާރަފުކޮށްފި

ދުނިޔޭގެ އެންމެ އަގުބޮޑު އިންޖީނު ވޯކްސްވެގަން އިން ތަޢާރަފުކޮށްފި

ދުނިޔޭގެ އެންމެ އަގުބޮޑު އިންޖީނު ވޯކްސްވެގަން އިން ތަޢާރަފުކޮށްފިއެވެ. މިއީ 60 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް އެކުންފުނިން ބުނެއެވެ. ދުނިޔޭގެ ބޮޑެތި އޮޓޯމޮބައިލް ކުންފުނިތަކުން އިޔާދަކުރަނިވި ހަކަތައަށް މިލިއަން ޑޮލަރު އިންވެސްޓްކުރަމުންދާއިރު، ވޯކްސްވެގަން އިން ވަނީ އާ ދިމާލަކަށް ސަމާލުކަން ދީފައެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކަންބޮޑުވުން އިތުރުވަމުންދާއިރު، އަދި ސަރުކާރުތަކާއި ކަސްޓަމަރުންގެ ފަރާތުން “ގްރީން” ވުމަށް ޕްރެޝަރު ބޮޑުވަމުންދާއިރު، ވޯކްސްވެގަން އިން ވަނީ އާ...

އަޙްމަދު ދާއޫދު
ޕާކިސްތާނުގެ ވައިގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުގެ 46 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ވައިގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުގެ 46 މީހުން މަރުވެއްޖެ

ޕާކިސްތާނުން އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދުގައި ދިން ވައިގެ ހަމަލާތަކެއްގައި 46 މީހުން މަރުވެއްޖެކަމަށް ޠާލިބާނު ސަރުކާރުގެ ތަރުޖަމާނު ޒަބީހުއްލާ މުޖާހިދު ބުދަ ދުވަހު އޭ.އެފް.ޕީއަށް ވިދާޅުވެއްޖެއެވެ. “އަންގާރަ ދުވަހުގެ ރޭ ޕާކިސްތާނުން ޕަކްޓިކާ ޕްރޮވިންސްގެ ބަރްމަލް ޑިސްޓްރިކްޓްގެ ހަތަރު ސަރަޙައްދަކަށް ބޮން އަޅާފައިވޭ. ޖުމްލަ 46 މީހުން މަރުވެފައިވާއިރު، އޭގެ ގިނަ އަދަދެއްގެ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން،” މުޖާހިދު ވިދާޅުވިއެވެ. އިތުރު 6 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ގިނައީ ކުޑ...

އަޙްމަދު ދާއޫދު
އަޒަރުބައިޖާނުގެ މަތިންދާބޯޓެއް ވެއްޓި 35 މީހުން މަރުވެއްޖެ

އަޒަރުބައިޖާނުގެ މަތިންދާބޯޓެއް ވެއްޓި 35 މީހުން މަރުވެއްޖެ

އަޒަރުބައިޖާނުގެ މަތިންދާބޯޓެއް ކަޒަކިސްތާނުގެ ދުރުހިސާބަކަށް ވެއްޓި 35 މީހުން މަރުވެއްޖެއެވެ. ބުދަ ދުވަހު އަޒަރުބައިޖާނުން ރަޝިޔާއަށް ދަތުރުކުރަމުންދިޔަ އެމްބްރެއާ މަތިންދާބޯޓެއް ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރީގައި އޮންނަ ހުސްބިމަކަށް ވެއްޓިފައިވާއިރު، 62 ފަސިންޖަރުންނާއި 5 ކުރޫ މެންބަރުންގެ ތެރެއިން 32 މީހުން ސަލާމަތްވެފައިވާކަމަށް ކަޒަކިސްތާނުގެ އިދާރާތަކުން ބުނެއެވެ. އަޒަރުބައިޖާން އެއަރލައިންސްގެ ޖޭ2-8243 ފްލައިޓް ވަނީ އޭގެ ޝެޑިއުލްކޮށްފައިވާ މަގުން ސަތޭކަ އެތައް މޭލެއް ދުރަށް ގޮސް، ކަސ...

އަޙްމަދު ދާއޫދު
އެއަރޕޮޑްސް ވިއްކައިގެން އެޕަލްއަށް އަހަރަކު 18 ބިލިއަން ޑޮލަރު

އެއަރޕޮޑްސް ވިއްކައިގެން އެޕަލްއަށް އަހަރަކު 18 ބިލިއަން ޑޮލަރު

އެއަރޕޮޑްސް ވިއްކައިގެން އެޕަލްއަށް ލިބޭ އާމްދަނީ އެހެން ބޮޑެތި ކުންފުނިތަކަށްވުރެ އިތުރުވެފައިވާ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ. ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި އެޕަލްގެ ވަޔަރލެސް އިޔަރބަޑް ކަމުގައިވާ އެއަރޕޮޑްސް ވަނީ ޓެކްނޮލޮޖީ ދުނިޔޭގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ބްލޫމްބަރގް އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި 2021 އިން ފެށިގެން އެއަރޕޮޑްސް ވިއްކައިގެން އަހަރަކު 18 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް އެޕަލްއަށް ލިބެއެވެ. މި އަދަދަކީ ނިންޓެންޑޯ ފަދަ ބޮޑު ކުންފުންޏެއްގެ 2...

އަޙްމަދު ދާއޫދު
އެމެރިކަން އެއަރލައިންސްގެ އެތެރޭގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

އެމެރިކަން އެއަރލައިންސްގެ އެތެރޭގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

އެމެރިކަން އެއަރލައިންސްއިން އެމެރިކާގެ އެތެރޭގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަން ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އަހަރީ ބޮޑު ޗުއްޓީގެ މޫސުމުގައި ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އެމެރިކާގެ ގަޑިން ހެނދުނު 7:55 އަށް މި ހުއްޓުން ނިމުމަކަށް އައިސްފައިވާކަމަށް އެމެރިކަން އެއަރލައިންސްގެ ތަރުޖަމާނެއް ސީއެންބީސީއަށް މަޢުލޫމާތު ދީފައިވެއެވެ. މި ހުއްޓުން ދެމިގެން ގޮސްފައިވަނީ އެންމެ ގަޑިއިރަކަށްވުރެ ކުޑަ ވަގުތުކޮޅެކެވެ. މި މަ...

އަޙްމަދު ދާއޫދު
ހަސީނާ އަނބުރާ ފޮނުވުމަށް އިންޑިއާއަށް ބަނގްލާދޭޝްއިން ބާރުއަޅައިފި

ހަސީނާ އަނބުރާ ފޮނުވުމަށް އިންޑިއާއަށް ބަނގްލާދޭޝްއިން ބާރުއަޅައިފި

ޝެއިޚް ހަސީނާ އަނބުރާ އެ ގައުމަށް ފޮނުވައިދިނުމަށް އިންޑިއާއަށް ބަނގްލާދޭޝް އިން ބާރުއަޅައިފިއެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް އެދި އިންޑިއާގެ ސަރުކާރަށް ފޮނުވާފައިވާ ޑިޕްލޮމެޓިކް ނޯޓަށް ޖަވާބު ނުލިބިއްޖެނަމަ، ހަނދާންކޮށްދިނުމުގެ ސިޓީއެއް ފޮނުވާނެކަމަށެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުޙައްމަދު ރަފީޤުލް އާލަމް ވިދާޅުވި ގޮތުގައި، އިންޑިއާގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ...

އަޙްމަދު ދާއޫދު
އިޓަލީ އިން އޯޕަން އޭއައި އަށް 15 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް

އިޓަލީ އިން އޯޕަން އޭއައި އަށް 15 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް

އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އޯޕަން އޭއައި އަށް 15 މިލިއަން ޔޫރޯ (15.6 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ކޮށްފިއެވެ. މިއީ އެ ކުންފުނީގެ މަޝްހޫރު ޗެޓްބޮޓް ޗެޓްޖީޕީޓީ އިން އަމިއްލަ މަޢުލޫމާތު އެއްކުރާ ގޮތާ ގުޅޭގޮތުން ކުރި ތަޙުޤީޤަކާ ގުޅިގެން ކުރި ޖޫރިމަނާއެކެވެ. އިޓަލީގެ ޕްރައިވަސީ ވޮޗްޑޮގް ކަމުގައިވާ ގަރަންޓޭ އިން ބުނެފައިވަނީ، އެ ތަޙުޤީޤުން ދައްކާގޮތުގައި އޯޕަން އޭއައި އިން ޗެޓްޖީޕީޓީ ތަމްރީނު ކުރުމަށް ބޭނުންކުރަނީ އެކަށީގެންވާ […]

އަޙްމަދު ދާއޫދު